ޖޯކު: ބަނޑުހިނަދައިގެން ލުއިވުން
7 ޖުލައި 2014
2

ކޮންމެ ދުވަހަކުވެސް ޖޮގިން ނިންމާލަފަ އާމިނަގެ ފިރި އަލީ އައިސް ދައު ޓީޝާޓުގަނޑު ދާވަށިގަނޑަށް ލުމަށްފަހު ކައްޓާ އަށް އަރައި ހުރެގެން ބަނޑު ހިންދަ ހިންދާފައި ކައްޓާގެ ރީޑިންގް އަށް ބަލާތީ ފެނެއެވެ. މިކަމާ އާމިނަ އަށް ސުވާލު އުފެދުނު ވަރުން އެއްދުވަހަކު ފިރިމީހާކުރެން އެބަ އަހައެވެ.
އާމިނަ: ބަލަ އައްޔާ، ތިޔައީ ކާކު ބުނެގެން ކުރާ ކަސްރަތެއްތަ؟ ކޮންމެ ދުވަހަކު ކައްޓާ މައްޗަށް އަރާ ހުރެ ތި ބަނޑު ހިންދަނީ؟ ތިހެން ހެދީމަ ކިތައް ކިލޯ ލުއިވޭތަ؟
އަލީ: (ނުރުހުންވެ ހުރެ އާމިނައަށް ބަލާލަމުން) ބަލަ މަ މިބަލަނީ ބަރުދަން ލުއިވޭތޯ އެއް ނޫނޭ. މިއުޅެނީ މި ކައްޓާގެ ރީޑިންގ ނުފެނިގެން. ރީޑިންގ ފެނޭތޯ އެއްނު.
ޚިޔާލު ފައުޅުކުރުން