ޖޯކް: ކައިވެނީގެ ޙަފުލާގައި ދެމަފިރިން އަތާއި އަތް ޖޯޑް ކޮށްގެން ތިބެނީ ކީއްވެ؟

29 ޖުލައި 2013 3

ރަށެއްގައި ކައިވެނި ޙަފުލާއެއް ނުބާއްވާތާ ޒަމާންތަކެއް ވުމަށްފަހު، އެއްދުވަހަކު އެރަށުގައި އޮތް ކައިވެނި ޙަފުލާއަކަށް ރަށުގެ އެކިއުމުރުފުރާގެ މީހުންނަށް ދަޢުވަތު ދެވުނެވެ. އެޙަފުލާގައި ބައިވެރިވި ޒުވާނަކު (ކައިވެނިކުރި ދެމީހުންނަށް އިޝާރާތް ކުރަމުން) ތަންކޮޅެއް ދުވަސްވީ މީހެއްގެ ގާތު،

ޒުވާނާ: ބޭބޭ! އެދެމީހުން އަތާއި އަތްޖޯޑު ކޮށްގެން އެތިބެނީ ކީއްވެގެން؟

ދުވަސްވީ މީހާ: ކޮއްކޮއަށް ފެނޭތަ ބޮކްސިން ތަޅާމީހުން އެމީހުންގެ ތެޅުމަށް ފެށުމުގެ ކުރިން އެކަކު އަނެކަކު އަތާއި އަތްޖޯޑުކޮށް ސަލާމް ކުރާތަން.

ޒުވާނާ: ދެން..!

ދުވަސްވީ މީހާ: މިއީވެސް އެފަދަކަމެއް..!

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ވަރަށް ވިޔާނުދާ ޖޯކެއް

– 29 ޖުލައި 2013 0

ގެޓެއް ނުވި

– 29 ޖުލައި 2013 1

އަސްލު މީގަ ބުނަން އުޅެފައި މިއޮތީ ދިރިއުޅުމެއް ފެށުމަށްފަހު ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގަ އެކަކު އަނެކަކު ފާޑެއްގެ ހަނގުރާމައެއް ހިންގާނޭ... އޭގެ ކުރިން އަތާ އަތް ޖޯޑުކޮށްލަނީއޭ ބޮކްސިން ތަޅަން ފެށުމުގެ ކުރިންވެސް އެކަން ކުރާހެން..

– 29 ޖުލައި 2013 0