ޖޯކް: ކަނޑުފޭރޭ މީހުންގެ ކިބައިން ސަލާމަތްވުން
ދުވަސްވަރަކީ ސޯމާލިއާ ކަނޑުގައި ކަނޑުފޭރުން ހައްދުފަހަނަ އަޅާފައޮތް ދުވަސްވަރެވެ. ނަމަވެސް އަގުބޯޑެތި މުދަލާއި އެކު ދަތުރުކުރާ ބޯޓުފަހަރުތަކުގެ ދިފާއުގައި ، ބަޑިއެއްހާ ހިސާބުވެސް ގުންގުޅުމުގެ ހުއްދައެއް ބޯޓުތަކުގެ ފަޅުވެރިންނަކަށް ނޯވެއެވެ. ހަމައެކަނި ދިފާއީ ވަސީލަތަކަށް ހުންނަނީ ބޯޓުތަކުގެ ވަށައިގެން ހަރުކޮށްފަހުންނަ ފެންހޮޅިތަކެކެވެ.
ޖަރުމަނަށްނިސްބަތްވާ ބޮޑު ކާގޯ ބޯޓެއް ސޯމާލިޔާ ކަނޑުން ދަތުރުކޮށްފައި އެބަދެއެވެ. ކުއްލިއަކަށް ބޯޓުގެ ފަޅުވެރިޔަކު ބޯޓުގެ ކެޕްޓަންކާރިއަށް އައިސް އެބަބުނެއެވެ.
ފަޅުވެރިޔާ: "ކެޕްޓަން! އަހަރެމެންގެ ފަހަތުން ކަނޑުފޭރޭ އުޅަނދެއް އެބައާދޭ!"
ކައްޕި: "މާތް ކަލާކޯ! އަވަހަށް އަހަރެންގެ ރަތް ގަންޖުފަރާސް ގެނެސްދީ!"
ފަޅުވެރިޔާ "އެއީ ކީއްކުރަން؟" ހައިރާންކަމާއި އެކު ސުވާލުކުރިއެވެ.
ކައްޕި: "އޭރުން، އެމީހުން އަހަރެން ގަޔަށް ބަޑިޖަހާގެން ލޭއަޔަސް ވަތްކެއް ނުވާނެއްނު! ފަޅުވެރިންނަށް އަހަރެން ގައިން ލޭއަންނަތަން ފެނިއްޖެއްޔާ ހިއްވަރު އެލޭނެ!"
ކޮންމެއަކަށް އެދުވަހު، ފަޅުވެރިންދެއްކި ހިއްވަރުގެ ސަބަބުން ކަނޑުފޭރޭ އުޅަނދުގެ ކިބައިން އެބޯޓަށް ސަލާމަތް ވެވިއްޖެއެވެ.
އަނެއްކާ ޖެހިގެން އާދުވަހުވެސް އެއްކަލަ ފަޅުވެރިއާ ދުވަމުން އައިސް ބޯޓުގެ ކެޕްޓަން ކާރީ އެބަބުނެއެވެ.
ފަޅުވެރިޔާ: "ކެޕްޓަން! ކަނޑުފޭރޭ މީހުންގެ 50 އުޅަނދު އަހަރެމެންގެ ފަހަތުން އެބައާދޭ!"
ކައްޕި: "އެވަހަށް އަހަރެންގެ، ޗޮކްލެޓް ކުލައިގެ ފަޓްލޫން ގެނެސްދީ!"
ޚިޔާލު ފައުޅުކުރުން