ޖޯކް: ކުލާހަށް ލަހުން އާދެވުނު ސަބަބު!
8 ޖުލައި 2014
0
އެއްދުވަހަކު ދަރިވަރަކު، ކުލާހަށް މާލަހުން އައުމުން މުދައްރިސް އެކަމާއި ހިންހަމަނުޖެހިގެން އެކުއްޖާ އާއި ސުވާލުކޮށްފިއެވެ.
މުދައްރިސް: "ހަސަން! ކީއްވެ މާލަހުން މިއަދު ކުލާހަށް ތިއައީ؟"
ހަސަނު: "މުދައްރިސް! އަޅުގަނޑު މިއަދު ކުލާހަށް އާ މަގުގައި އެބަހުރި އައު ބޯޑެއް ހަރުކޮށްފަ! އެހެންވެގެން ލަސްވީ!"
މުދައްރިސް: "ކީއްވެ ބޯޑަކާ ހުރެ ލަސްވަންވީ؟ ތިއުޅެނީ ހަމަ ބަހަނާއެއް ދައްކަންވެގެން!"
ހަސަނު: "ނޫން!ނޫން! މުދައްރިސް އެބޯޑުގައި ލިއެފައޮތީ "ކައިރީ ސުކޫލެއް! މަޑުންދޭ!" ދެން ކިހިނެއް އަޅުގަނޑު ބާރަށް އަންނާނީ؟"
ޚިޔާލު ފައުޅުކުރުން