ޖަންގަލްއަށް ލިބުނު ކާމިޔާބު ފާހަގަކޮށްފި

4 ޖެނުއަރީ 2014 2

ނިމިދިޔަ 7 ވަނަ މައިކަޕް ފުޓްބޮޅަމުބާރާތުން ޖަންގަލް ޑާކްޕޮއިންޓަށް ލިބުނު ކާމިޔާބު ފާހަގަކުރުމުގެ ގޮތުން ރޭ ހަފުލާއެއް ބާއްވައިފިއެވެ. ރޭގެ ހަފުލާ ފެށުނީ ރޭގަނޑު ނުވައެއް ޖެހިއިރުއެވެ.

ރޭގެ ހަފްލާ ކުރިއަށްދިއައީ ލައިވް ބޮޑުބެރާއި އެކުއެވެ. ރޭގެ ހަފުލާގައި އިހަވަންދޫގެ އިއްޒަތްތެރިއެއް ކަމަށްވާ އަދުނާނު އަބުދުﷲ ވިދާޅުވީ 12 ޓީމާއި ވާދަކޮށް މައިކަޕުން އެއްވަނަހޯދޭނީ ވަރަށް ހިއްވަރު ހުރެގެންކަމުގައެވެ. ރޭގެ ހަފްލާ ހުށަހަޅައިދިން ޕްރެޒެންޓަރ މިރާޒު ފާރޫގެވަނީ ޖާންގަލް ޑާކްޕޮއިންޓަށް ނިސްބަތްވާ ޒުވާނުންގެ އަހްލާގަށް ވަރަށްބޮޑަށް ތައުރީފް ކޮށްފައެވެ.

ޖަންގަލް ޑާކްޕޮއިންޓް މައިކަޕުން އެއްވަނަ ހޯދީ މާރަންދޫ ޒުވާނުންގެ ޖަމިއްޔާގެ މައްޗަށް ފައިނަލުގައި ކުރިހޯދައިގެންނެވެ.

ޖަންގަލް ޑާރކް ޕޮއިންޓް, މައިކަޕް 2013

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ރެފްރީގެ ނިންމުންތަކާއި އިދިކޮޅުހަދާ ދަނޑަށް އަރާ ކުޅުން ހުއްޓުވި ބައެއްގެ އަހުލާގުގެ ވާހަކަ ދެއްކުމެއް ނެތް!!!!ޖަންގަލި ސަރަހަައްދުގައި އުޅޭ ޒުވާނުންގެ އަހުލާގައި ބަސްމަގު ރަނގަޅު ކުރަންޖެހޭ ކަމަށް ގަބޫލު ކުރެވޭ!!!! "އަމާން އިހަވަންދުައަކަށް އަހުލާގު ރަނގަޅު ޒުވާން ޖީލެއް"

– 4 ޖެނުއަރީ 2014 3

އަސްލު މިރާޒުގެ ވާހަކައިން އެމީހުންނަށް ނުސީދާކޮށް އަންގާދޭން ބޭނުންވީ ޖަންގަލް މީހުންގެ އަހުލާގު ރަނގަޅު ކުރަން ޖެހޭކަން.

– 5 ޖެނުއަރީ 2014 2