އަންނަ އަހަރު ޖަންގަލް ޓީމަށްވުރެއް ވަރުގަދަ ޓީމެއް ނުނެރެވޭނެ: ޢަބްދުލްވާޙިދު — Ihavandhoo.com

އަންނަ އަހަރު ޖަންގަލް ޓީމަށްވުރެއް ވަރުގަދަ ޓީމެއް ނުނެރެވޭނެ: ޢަބްދުލްވާޙިދު

22 ޑިސެމްބަރު 2016 2

އިހަވަންދޫގެ ތާރީހަށް ބަލާއިރު ޖަންގަލް ޓީމަކީ ވަރަށް ވަރުގަދަކޮށް އޮތް ޓީމެއް ކަމަށާއި ސިޔާސީ ފިކުރެއްގެ ސަބަބުން ޓީމު މިއަދުވަނީ ވަރަށްބޮޑަށް ބައިބައިވެފަކަމަށް ޖަންގަލް ޑާކް ޕޮއިންޓް ހިންގުމުގައި އިސްކޮށް ހަރަކާތްރިވާ ބޭފުޅެއް ކަމަށްވާ ޢަބްދުލްވާޙިދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

މި އަހަރު މައި ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ޖަންގަލް ޑާކު ޕޮއިންޓުގެ ޓީމަށް އެހީތެރިވެދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް ޝުކުރުއަދާކުރުމުގެ ގޮތުން ކަނދޮޅުމާ ޖަގަހާގައި ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުލްވާޙިދު ވިދާޅުވީ ކުރިން އޮތް ވަރުގަދަ ޓީމު ބައިބައި ވުމުގެ ސަބަބުން މިއަދު ޖަންގަލް ޓީމުއޮތީ ހަގީގީ މަޤުޞަދަށް ވާސިލްނުވެވި ކުޑަކޮށް ފަހަތުގައި ކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޢަބްދުލްވާޙިދު ވިދާޅުވީ މާތްﷲގެ ވާގިފުޅާއެކު "މިއަންނަ އަހަރު އަޅުގަނޑުމެންގެ ހަގީގީ ކުލަޖައްސައި، އިހަވަންދޫގައި ޖަންގަލް ޑާކު ޕޮއިންޓަށްވުރެއް ވަރުގަދަ ޓީމެއް ނުނެރެވޭނެކަން" އެންމެހައި ފަރާތްތަކަށް ކަށަވަރުކޮށްދޭ ކަމަށެވެ.

މިހާރު ކުރިއަށްދާ މައި ކަޕް ފުޓްބޯޅަ މުބާރާތުން ޖަންގަލް ޑާކު ޕޮއިންޓް ކެޓީ ކުއާޓާރ ފައިނަލްގައި އަވަށްޓެރި އަރާދުވާ އަތުން ބަލިވެގެންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޖަންގަލް ޑީ․ޕީ ތޯ ނޫނީ އެމް ޑީ․ޕީ ތޯ؟ ބެކު ގުރައުންޑު ފެންނަ ގޮތުން ހަމަ ސުވާލު އުފެދޭތީ އަހާލީ․․․

– 22 ޑިސެމްބަރު 2016 2

ކުލައެއް ފެންނައިރަށް ހަމަ ސިޔާސީ ވަނީ ދޯ؟ ދެން ހަމައެކަނި ހުދާއި ކަޅުން އުޅެންވީނު․․․․․․

– 25 ޑިސެމްބަރު 2016 0