ކާވިޔާ ބޯޓް ކަނޑުމައްޗައް ހުއްޓިއްޖެ

1 ޖެނުއަރީ 2018 1

ހއ. އިހަވަންދޫން ފުރައިގެން މާލެ އަށް ދަތުރު ކުރަމުން ދިޔަ އިހަވަންދޫ ކާވިޔާ ބޯޓު ކަނޑުމައްޗަށް ހުއްޓިއްޖެ އެވެ.

 100 އަށްވުރެ ގިނަ މީހުންނާއި އެކު މާލެ އަށް ދަތުރު ކުރަމުން ދިޔަ ކާވިޔާ ބޯޓް ކަނޑުމައްޗަށް ހުއްޓި ހާލުގައި  ޖެހިފައި ވަނީ އެބޯޓުގެ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.

އެމްއެންޑީއެފުންބުނީ ކާވިޔާ ބޯޓްގެ އިންޖީނަށް މައްސަލަޖެހި ބޯޓް ހުއްޓިފައިވާކަމުގެ މައުލޫމާތު ލިބުނީ ރޭ މެންދަމު 00:03 ގައި ކަމުގައެވެ.

ބޯޓުން މިނޫހަށް މައުލޫމާތު ދިން ގޮތުގައި އެމްއެންޑީ އެފްގެ ކޯސްޓު ގާޑުން ވަނީ ބޯޓު ކަނޑުމަތިން ފަޅަކާއި ހިސާބަށް ގެންގޮސްދީފަ ކަމަށެވެ. ބޯޓުގައި ގިނަ އަދަދެއްގެ ފަސިޖަރުން  ތިބުމާއި އެކު އެމީހުން ކޯސްޓުގާޑަށް ނެގެން ނެތުމުން މިހާރު ބޯޓު މަސައްކަތް ކުރަމުން ދަނީ ބ. ކަމަދޫ އަށް ވަނުމަށް ކަމަށް ބޯޓުން މައުލޫމާތު ދެއްވި ފަރާތުން ބުނެއެވެ. މިހާރު ކުރަމުން ދަނީ ކަފުޖަހާނެ އުޅަނދެއް ހޯދުމެގެ މަސައްކަތް ކަމަށްވެސް ބޯޓުން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނެފައި ވަނީ، އެމްއެންޑީއެފް ނޮދަން އޭރިއާއިން ބޯޓްގެ ހާލަތު ގާތުން ބަލަމުން ދާކަމަށެވެ.

 

ކާވިޔާ ބޯޓު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ގާތުން ބެލުމަކީ ކޮބައިތަ؟ ބ ކަނބަދޫއަށް މީހުން ލާފަ އެމީހުންގެ ހާލަތު ނުބެލެ․ ހިޔާވަައްސެއްނެތިފަ އެމީހުން އެތިބެނީ․․․․ ސަރުކާރުގެ ހާލަތު

– 1 ޖެނުއަރީ 2018 0