ކަނޑުމަތިން ފެނުނީ ގެއްލުނު ބޯޓުގެ ބައިތަކެއް ނޫން

20 މެއި 2016 0

ފްރާންސުގެ ޕެރިހުން މިސްރުގެ ކައިރޯއަށް ދަތުރު ކުރަމުން ދަނިކޮށް ގެއްލުނު އިޖިޕްޓްއެއާގެ އެމްއެސް804 ފްލައިޓުގެ ބައިތައް ކަނޑުމަތިން ފެނިފައިވާކަމަށް  އިޖިޕުޓު އެއާ އިން ކުރިން ބުނެފައިވީނަމަވެސް އެއީ ބޯޓުގެ ބައިތަކެއް ނޫން ކަމަށް ކަށަވަރު ކުރެވިއްޖެ އެވެ.

ފުލައިޓު ގެއްލުނު ހާދިސާ ތަހުގީގު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ގްރީސްގެ އޮފިޝަލް ބުނެފައިވަނީ ކާޕަތޯސް ސަރަހައްދުން ފެނުނު ލައިފް ޖެކެޓްތަކަކީ އެއަރބަސް 320 ފްލައިޓްގެ އެއްޗެއް ނޫންކަން ތަހުލީލުތަކުން އެނގިފައިވާ ކަމަށެވެ. 

މިސްރުގެ ރައީސް ޢަބުދުލް ފައްތާހު އަލް ސީސީ ވަނީ މިސްރުގެ ސިވިލް އޭވިއޭޝަން މިނިސްޓުރީ އާއި ސިފައިން ގުޅިގެން މީހުން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފަށެމަށް އަންގަވާފައެވެ.

ފްރާންސުގެ ޕެރިހުން މިސްރުގެ ކައިރޯއަށް ދަތުރުކުރަމުން ދިޔަ އެމްއެސް804  ގެއްލިފައި ވަނީ ރާއްޖޭގަޑިން އިއްޔެ ފަތިހު 5:30 ގަ އެވެ. ބޯޓު ރާޑަރަށް ގެއްލިފައި ވަނީ މިސްރުގެ ވައިގެ ސަރަހައްދުގެ 10 މޭލު އެތެރެއަށް ވަދެފައި ވަނިކޮންނެވެ. ބޯޓު ގެއްލުނު އިރު ބޯޓުން ޖުމުލަ 66 މީހުން ދަތުރުކުރަމުން ދިޔައެވެ. (ބީ.ބީ.ސީ)

 

މަތިންދާބޯޓު ގެއްލުން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ