ކީޕަރ އައްފާން އާއި ހުސައިން ރަޝީދު ޖަންގަލް އަށް — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

02 ދުވަސް

ކީޕަރ އައްފާން އާއި ހުސައިން ރަޝީދު ޖަންގަލް އަށް

9 މާރިޗު 2017 3

ކަނާތުން ވާތަށް: ޝަމްވީލް ޤާސިމް ، ހުސައިން ރަޝީދު ، މުހައްމަދު އައްފާން

އިހަވަންދޫގައި މިހާރު ހުރި އެންމެ އިތުބާރު އެއް ކީޕަރު މުހައްމަދު އައްފާން ( އައްޕެ ) އާއި އިތުބާރު މިޑްފީލްޑަރ ހުސައިން ރަޝީދު ( ހޮޅު ) 2017 ވަނަ އަހަރުގެ މައިކަޕްގައި ޖަންގަލް ޓީމަށް ކުޅެން ނިންމައިފިއެވެ. މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުސައިން ރަޝީދުއާއި އައްފާން އާއި ޖަންގަލްޓީމާއި މެދު މިހާރު ވަނީ އެއްބަސް ވުމަކަށް އާދެވިފައެވެ. މިކަން އެ ދެކުޅުންތެރިންގެ ފަރާތުންނާއި ޓީމްގެ ފަރާތުންވެސް ވަނީ މިނޫހަށް ކަށަވަރު ކޮށްދެއްވާފައެވެ.

ޖަންގަލް ޓީމު މައިކަޕަށް ނެރުމުގައި އިސްދައުރެއް އަދާކުރައްވަމުން ގެންދަވާ ފަރާތެއް ކަމަށްވާ އަލްފާޟިލް ހުސައިން ފަޔާޒް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ 2017 ވަނަ އަހަރުގެ މައިކަޕަށް ޖަންގަލް ޓީމްތައްޔާރު ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު ޓީމަށް ކުޅުނު ހުރިހާ ކުޅުންތެރިން މިއަހަރުވެސް ޓީމްގައި މަޑުކުރާނޭކަމުގެ ޔަގީންކަން ދީފައިވާ ކަމަށާއި އަލަށް ގުޅުނު ދެކުޅުންތެރިންގެ އިތުރުންވެސް ރަގަޅު އިތުރު ކުޅުންތެރިންތަކެއް ކައިރި މުސްތަގުބަލެއްގައި ޓީމާއި ގުޅުމުގެ ފުރުސަތު ބޮޑުކަމަށެވެ. އަދި މީގެ އިތުރުން ފުރަތަމަ ޑިވިޝަންގެ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުންގެންދާ ،ދިވެހިރާއްޖެއަށް ސާފްޗެމްޕިއަންޝިޕްގައި ރަންމެޑަލް ހޯދައިދިން ޓީމްގެ މެދުތެރޭގައިވެސް އިސްދައުރެއް އަދާކޮށްފައިވާ ޝަމްވީލް ޤާސިމް (ބޮންޑާ ) އާއި މިދިޔަ އަހަރު މުބާރާތުގައި ޖަންގަލް ޓީމުގައި މޮޅުކުޅުމެއް ދެއްކި އިހްސާން މަންސޫރު ( ގައްރަ ) ވެސް އެ ޓީމުން ފެންނާނޭކަމުގެ ޔަގީންކަން ދެއްވިއެވެ.

އިހްސާން މަންސޫރު ވެސް ޖަންގަލް ޓީމުން ފެންނާނޭކަމަށް ޖަންގަލްޓީމުން ބުނޭ

 

ޖަންގަލް ޓީމަކީ މައިކަޕް ހުރިހާ މުބާރާތެއްގައި ވާދަކޮށް އެއް ފަހަރު މި މުބާރާތުގެ ތަށި ހޯދާފައިވާ ޓީމެކެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ކްއާރޓާރ ފައިނަލަށް ޖަންގަލް ދަތުރުކޮށްފައި ވެއެވެ. ކްއާރޓަރ ފައިނަލްގައި ޖަންގަލް ބަލިވެފައިވަނީ އަރާދުވާ އާއި ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

2016 ވަނަ އަހަރު މައިކަޕްގައި ޖަންގަލްޓީމަށް އެކިގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކުގެ ޝަރަފްގައި ބޭއްވި ހަފްލާއެއްގައި ޖަންގަލް ޓީމްގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ އަބްދުލްވާހިދު ޢަބުދުﷲ ވިދާޅުވެފައިވަނީ 2017 ވަނަ އަހަރު މައިކަޕްގައި ޖަންގަލްޓީމަކީ ވަރުގަދަ ޓީމެއްގެ ގޮތުގައި ފާހަގަ ވެގެންދާނޭ ކަމަށެވެ. އަދި ޖަންގަލް މިފަހަރު މުބާރާތަށް ނިކުންނާނީ ކުރިން ނަމުގެ ގޮތުގައި ބޭނުންކުރި ޖަންގަލް ޑާކްޕޮއިންޓް މި ނަމުގެ ބަދަލުގައި ޖަންގަލް މިނަމުގައި ކަމަށެވެ.

މުހައްމަދު އައްފާން (އައްޕެ) މިދިޔަ އަހަރު ކުޅެފައިވަނީ މިދިޔަ އަހަރު މައިކަޕުގެ ޗެމްޕިއަންކަން ހޯދި ނިކަ ޓީމަށެވެ. އަދި  ހުސައިން ރަޝީދު ( ހޮޅު ) މިދިޔަ އަހަރު ކުޅެފައިވަނީ މައިކަޕުގެ ސެމީ ފައިނަލާހަމައިން މުބާރާތުން ވަކިވާން ޖެހުނު އަރާދުވާ ޓީމަށެވެ. 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ކިހާވަރަކަށްބާ ވިކުނީ؟

– 10 މާރިޗު 2017 4

HOLHU KULHEYNE MIRASHU HURIHAA TEAM AKAH ANGAAN

– 10 މާރިޗު 2017 4

ވިކުނީ އެއް ނޫ ގަނީ․

– 10 މާރިޗު 2017 2