ކެލާ ޕޮލިސް ސްޓޭޝަންއިން ހޯމް ވިޒިޓްގެ ސިލްސިލާ ޕްރޮގްރާމެއް ފަށައިފި — Ihavandhoo.com

ކެލާ ޕޮލިސް ސްޓޭޝަންއިން ހޯމް ވިޒިޓްގެ ސިލްސިލާ ޕްރޮގްރާމެއް ފަށައިފި

21 އޮގަސްޓު 2014 1

ކެލާ ޕޮލިސް ސްޓޭޝަންއިން ކުރިއަށްގެންދާ ހޯމް ވިސިޓް ޕްރޮގްރާމްގެ ތެރެއިން...

ހއ. ކެލާ ޕޮލިސް ސްޓޭޝަންއިން ހޯމް ވިޒިޓްގެ ސިލްސިލާ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން ކެލާގެ ގެތަކަށް ހަފުތާއަކު ދެދުވަހު ޒިޔާރަތްކުރުމަށްވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ވީހާވެސް ކައިރިން ރައްޔިތުންގެ ހާލުއަހުވާލު ބެލުމާއި، ކުށުގެ ބިރުވެރިކަން ރައްޔިތުންގެ ހިތްތަކުގައި އޮތް މިންވަރު ދެނެގަނެ އެކަމަށް ފިޔަވަޅު އެޅުމުގެ އިތުރުން ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ.

މިއީ މޯލްޑިވްސް ޕޮލިސް ސަރވީސްގެ ބިޒްނަސް ޕްލޭނުގައިވާ "މުޖުތަމަޢުއަށް ވާސިލުވުން އިތުރުކުރުމާއި، ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، ގުޅުން އިތުރަށް ބަދަހިކުރުން" މި ލަނޑުދަނޑި ހާސިލް ކުރުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ހއ. ކެލާ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މިސައިޓަށް ކެލާ.ކޮމް ކިޔަންވީނު

– 21 އޮގަސްޓު 2014 0