ކެލާ ޕޮލިސް ސްޓޭޝަން އާއި ކެލާ މަދަރުސަތުލް ޝެއިޚް އިބްރާހީމް ގުޅިގެން ކޭމްޕެއް ހިންގައިފި — Ihavandhoo.com

ކެލާ ޕޮލިސް ސްޓޭޝަން އާއި ކެލާ މަދަރުސަތުލް ޝެއިޚް އިބްރާހީމް ގުޅިގެން ކޭމްޕެއް ހިންގައިފި

23 ސެޕްޓެމްބަރު 2014 0

ކެލާ ޕޮލިސް ސްޓޭޝަން އާއި ކެލާ މަދަރުސަތުލް ޝެއިޚް އިބްރާހީމް ގުޅިގެން ކުރިޔަށް ގެންދިޔަ ކޭމްޕްގެ ތެރެއިން

ހއ.ކެލާ ޕޮލިސް ސްޓޭޝަން އާއި ކެލާ މަދަރުސަތުލް ޝެއިޚް އިބްރާހީމް ގުޅިގެން، އެ މަދަރުސާގެ ސްކައުޓް އަދި ގައިޑް ދަރިވަރުންނަށް އަމާޒުކޮށްގެން، ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ.

ކެލާ މަދަރުސަތުލް ޝެއިޚް އިބްރާހީމްގައި ކުރިއަށްދިޔަ މިކޭމްޕް ޝަރަފްވެރިކޮށްދެއްވީ ހއ. އަތޮޅު ކޮމާންޑަރ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހީމް މުސްތަފާއެވެ. ހަތަރު ސްކޮޑަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ކޭމްޕްގައި ޓީމް ބިލްޑިންގ އެކްސަރސައިޒްގެ އިތުރުން، ކެލާ ޞިއްހީ މަރުކަޒުގެ ފަރާތުން ފަސްޓް އެއިޑް އަދި ކެލާ އިންޖީންގެއިން އިލެކްޓްރިކްއާ ބެހޭ މައުލޫމާތު ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށް ދީފައިވެއެވެ. މީގެ އިތުރުން އެއްގަމު ދަތުރު ފަތުރުގެ ޤާނޫނަށް ދަރިވަރުން އަހުލުވެރިކޮށް، އަމަލީ ގޮތުން ދަރިވަރުންވަނީ ޓްރެފިކް ބެލެހެއްޓުމުގައި ހަރަކާތްތެރިވެފައެވެ. ކޭމްޕް ނިންމާލީ ސްކައުޓް އަދި ގައިޑް ކުދިންގެ ޑްރިލްގެ ހަރަކާތަކުންނެވެ.

19 ސެޕްޓެމްބަރ 2014 ވަނަ ދުވަހުގެ 14:00 އިން 20 ސެޕްޓެމްބަރ 2014 ވަނަދުވަހުގެ 18:00 އަށް ކުރިއަށް ގެންދިޔަ މިކޭމްޕަކީ މޯލްޑިވްސް ޕޮލިސް ސަރވީސްގެ ބިޒްނަސް ޕްލޭނުގައިވާ "މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށްޓަކައި، ކުށްމަދުކުރުމާއި، ރަމަތަނުވުމާއި ދެކޮޅަށް މަސައްކަތްކުރުން" އަދި ""މުޖުތަމަޢުއަށް ވާސިލުވުން އިތުރުކުރުމާއި، ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، ގުޅުން އިތުރަށް ބަދަހިކުރުން"" މި ދެ ލަނޑުދަނޑި ހާސިލް ކުރުމަށްޓަކައި ކުރިއަށް ގެންދެވުނު ކޭމްޕެކެވެ.

ހއ. ކެލާ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ