ކެލާ ޕޮލިސް ސްޓޭޝަން އާއި ކެލާ ކައުންސިލްގެ އިދާރާ ގުޅިގެން ވޮލީބޯލް ކޯޗިންގ ކޭމްޕެއް ފަށައިފި — Ihavandhoo.com

ކެލާ ޕޮލިސް ސްޓޭޝަން އާއި ކެލާ ކައުންސިލްގެ އިދާރާ ގުޅިގެން ވޮލީބޯލް ކޯޗިންގ ކޭމްޕެއް ފަށައިފި

27 އޮކްޓޫބަރު 2014 0

ކެލާގައި ކުރިއަށްދާ ވޮލީބޯޅަ ކޯޗިންގ ކޭމްޕުގެ ތެރެއިން

ހއ.ކެލާ ޕޮލިސް ސްޓޭޝަން އާއި ކެލާ ކައުންސިލްގެ އިދާރާ ގުޅިގެން ދެޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ވޮލީބޯޅަ ކޯޗިންގ ކޭމްޕެއް ފަށައިފިއެވެ.

ފުލުހުންނާއި ޒުވާނުންނާ ދެމެދު އޮންނަ ގުޅުން އިތުރުކުރުމުގެ ގޮތުންނާއި ކެލާގެ ޒުވާނުންނަކީ ވޮލީބޯޅައަށް އަހުލުވެރި ބަޔަކަށް ހެދުމަށާއި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކުޅިވަރާ ކަސްރަތުގެ  މުހިންމުކަން އަންގައި ދިނުމަށް ކުރިޔަށްގެންދާ މި ކޯޗިންގ ކޭމްޕުގައި ޖުމްލަ 35 ބައިވެރިންވަނީ ބައިވެރިވެފައެވެ. މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން އެއްމަސް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިއުމަށް ރާވާފައިވާ މި ކޭމްޕުގައި ކިޔަވައިދެއްވަނީ ވޮލީބޯލް އެޝޯސިއޭޝަން އޮފް މޯލްޑިވްސް (ވީ.އޯ.އެމް)ގެ ފުންނާބު އުސް ކޯޗެއް ކަމަށްވާ ޕޮލިސް ލ.ކޯޕްރަލް މައުމޫރު މުޙައްމަދު އެވެ.

ކެލާގައި ކުރިއަށް ގެންދާ މި ކޯޗިންގ ކޭމްޕަކީ މޯލްޑިވްސް ޕޮލިސް ސަރވީސްގެ ބިޒްނަސް ޕްލޭނުގައިވާ "މުޖުތަމަޢުއަށް ވާސިލުވުން އިތުރުކުރުމާއި، ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، ގުޅުން އިތުރަށް ބަދަހިކުރުން" މި ލަނޑުދަނޑި ހާސިލް ކުރުމަށްޓަކައި ކުރިޔަށްގެންދާ ހަރަކާތެކެވެ.

ހއ. ކެލާ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ