ކިޔާންވީ ކީއްވެ؟ — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

64 ދުވަސް

ކިޔާންވީ ކީއްވެ؟

10 މާރިޗު 2016 2

ދިރާސާތަކުން ދައްކާ ގޮތުގައި ގިނަގިނައިން ފޮތް ކިޔުމަކީ މާޔޫސްކަމުން އިންސާނާ ދުރުކޮށްދޭކަމެކެވެ. ކިޔުމުގެތެރެއިން، ތިމާ ހާސްވާން ދިމާވާ ތަފާތު މައްސަލަތަކުގެ ބައެއް ހައްލުތައް ފެންނާނެއެވެ. އެ މައްސަލަތައް ހައްލުކުރާނެ އިތުބާރު، ތަފާތު މަޢުލޫމާތުގެ އަލީގައި ނަފުސުގައި އުފައްދައެވެ. ގިނަގިނައިން ފޮތްބަލައި ކިޔައި އުޅޭ މީހުންނަކީ ދިރިއުޅުމުގައި ސާދާ، ކާމިޔާބު މީހުންނަށް ވެދެއެވެ. ދަރިވަރުންނަށް އިމްތިހާނުތަކުގައި އެދެވޭ ނަތީޖާއެއް ނުނެރެވޭ އެއް ސަބަބަކީ ފޮތާއި ދުރުވުމުވެ. ދުނިޔޭގައި، ވޭތުވެ ދިޔަ 20 އަހަރު ދުވަހު އެންމެ މުއްސަނދި މީހާގެ ގޮތުގައި ދެމިހުރި ، ބިލްގޭޓްސް އަކީ ފޮތް ލިޔުއްވައި، ކިޔުއްވައި ބޮލްގާއި ޝޯޝަލް މީޑިއާގައިވެސް އެހާމެ ހަރަކާތްތެރި ، އަބަދުވެސް ލިޔުންތައް ކިޔުއްވާ ބޭފުޅެކެވެ.

ފަރުތެރިކަމާއި އަދި ވިސްނުންތެރިކަމާއެކު ފޮތްތައް ކިޔަން ތިބާ ފޫހިކުރުވަނީ ކޮން ސަބަބުތަކެއްތޯއެވެ.! ލިޔުމުގެ މަޢުލޫމާތު ކަމުނުދަނީތޯއެވެ. މަޢުލޫއާއި ގަޔާ ނުވަތީތޯއެވެ؟ ނޫނީ މައްސަލައަކީ ވަގުތު ތޯއެވެ؟ ކިޔާލަން ފަސޭހަ ހިތްގައިމު މާހައުލެއް ނުލިބެނީތޯއެވެ؟ ނުނީ މި އާދަ ކުޑައިރުންސުރެން ނުގެންގުޅޭތީ އުނދަގޫވަނީތޯއެވެ؟ ފޫހިކަމާއެކު، ކިޔުމުގެ ވިސްނުމުގައި ފޮތަށް ބެލުމުން، ބައެއް މީހުން ބޮލުގައި ރިއްސައި ، އާދަޔާ ޙިލާފަށް ބަނޑުހައި ވެދެއެވެ. މިއީ ތިމާގެ އަމިއްލަ ނަފުސު އެކަމަށް ތައްޔާރު ނުވަނީސް ، ކިޔުމަށް މަސައްކަތްކުރުމުން ވާގޮތެވެ. ވީމާ، ކިޔުމަށް ނަފުސު ތައްޔާރު ކުރުވާށެވެ.

ކިޔާންވީ އެހެން ސަބަބެއްވެސް އެބަ ވިސްނެއެވެ. ލިޔުންތެރިންނަކީ މަޢުލޫމާތު މުއްސަނދި ބައެއްގެ ގޮތުގައި ބެލެވިފައިވާތީވެ، މި ގޮތަށް ތަފާތު ފޮތްތައް ބަލައި އުޅޭ ބޭފުޅުންނަށް އެ އުޅެވެނީ އެތައްބައެއްގެ ސިކުނޑިތެރޭގައެވެ. ނޭނގުމުގެ ތެރެއިންވެސް މީހާގެ އަމިއްލަ ނަފުސު ޢިލްމުވެރި ކުރެވެނީއެވެ. ނަފުސަށް ވަރުގަދަ ބާރެއް އުފެއްދެނީއެވެ.

ކިޔުމުން ވިސްނުންތެރިކަމަށް ދަތުރުކުރެވެއެވެ. މި ވިސްނުންތެރިކަމުގެ ބޭނުން ހެޔޮގޮތުގައި ހިފައި ދިރިއުޅުމުގެ މައިޒާނުގައި ދިމާވާ ހުރަސްތަކާއި ކުރިމަތި ލުމަށް ނަފުސަށް ހިތްވަރު ދެއެވެ. ކަންކަމުގައި ރަނގަޅު ގޮތާއި މަގު އިޙްތިޔާރުކުރުމަށް ފަސޭހަވެއެވެ. ރަނގަޅު ސިފަތައް ދެނެގަތުމާއި އަށަގަތުގެ އަޞްލަކީ "ކިޔުން" ކަމުގައި ބުނެލަން ފަސޭހައެވެ.

ކިޔުމުން ވާހަކަ ދައްކަން ފަސޭހަވެއެވެ. މަޢުލޫމާތުގެ މުއްސަނދިކަމުން، މީހާ ވާހަކަ ދައްކާއިރު ހުއްޓޭގޮތް ވުމުގެ ބަދަލުގައި ފުރިހަމަ ހިނިތުންވުމަކާއި އެކު ޖުމުލަތައް ނިންމާލެވެއެވެ.

ކިޔުމުން އޯގާތެރިކަމާއި ޙަމްދަރުދީ އުފައްދައެވެ. ތަފާތު ވާހަކަތަކުގެ ހާދިސާތަކާއި، ޝަހުޝިއްޔަތުތައް ލިޔުންތެރިން ބިނާކޮށްފަހުންނަ ގޮތުން، ވަރުގަދަ އިޙްޞާސް ތަކެއް އުފައްދައެވެ. "އަމިއްލަ އެދުމާ" ދުރަށް ދިއުމަށް ފަސޭހަ ވެއެވެ. މުޖުތަމަޢުގެ ތިމާގެ ދައުރުގެ މަތިން ހަނދާންކޮށްދެއެވެ. ކިޔުމުން ލޯބި އުފައްދައެވެ. އެލޯބީގެ ޖަޖުބާތާއި ވޭނާއި ކެކުޅުން ތަޖުރިބާ ކުރުމަށް މީހާ ތައްޔާރު ކުރުވައެވެ. "ކިޔުން" އިތުރު ކޮށްގެން މުޖުތަމަޢުގެ ބައެއް އިޖްތިމާޢި މައްސަލަތަކަށް ހައްލުގެނުވޭނެކަން ޔަޤީނެވެ. އަހަރެމެންގެ ވަގުތުތައް ހެޔޮ ގޮތުގައި ބޭނުން ކުރެވޭނެއެވެ.

ކިޔާންވީ މިހެންވެގެންނެވެ.

ކިޔުމަށްދޭށެ ސަމާލުކަން އަހަރެމެން، ކިޔެވުމުގެ ނަޒަރަކުން،

ލިޔުމެއްނެތި ކިތުންތެރިން، ވެދެޔެ މާސްޔޫ ކުރި އަސަރަކުން

ފެންތަށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އަހަރެން ކިޔަން․

– 10 މާރިޗު 2016 0

މަވެސް ކިޔާނަން․ ތޭންކްސް ސަރ․

– 10 މާރިޗު 2016 0