ކިޔުންތެރިންނަށް ރަނުގެ ފުރުޞަތެއް — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

93 ދުވަސް

ކިޔުންތެރިންނަށް ރަނުގެ ފުރުޞަތެއް

18 ފެބުރުއަރީ 2014 36

އިހަވަންދޫ ދާއިރާއަށް ކުރިމަތިލައްވާ ކެނޑިޑޭޓުން / (ކަނާއަތުން ވާއްތަށް) އަޙްމަދު ޝާފިޢު، މުޙައްމަދު މަޠީން، އަޙްމަދު ޢަބްދުﷲ އަދި މުޙައްމަދު ޢަބްދުﷲ

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އިހަވަންދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ހަތަރު ކެނޑިޑޭޓުންނާ ކިޔުންތެރިން ކުރައްވަން ބޭނުންފުޅުވާ ސުވާލުތަކުގެ ޖަވާބު މި ނޫސް މެދުވެރިކޮށް ކިޔުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމުގެ ޚާއްސަ މަސައްކަތެއް މި ނޫހުން ކުރުމަށް ވަނީ ނިންމާފަ އެވެ.

ކެނޑިޑޭޓުންނާ ކިޔުންތެރިން ކުރައްވަން ބޭނުންފުޅުވާ ސުވާލުތައް މި އާރޓިކަލް އަށް ކޮމެންޓްގެ ގޮތުގައި ފޮނުއްވާދެއްވުން އެދެމެވެ. ކިޔުންތެރިން ސުވާލު ކުރެއްވުމުގައި އެއްވެސް ކެނޑިޑޭޓެއްގެ ޢިއްޒަތުއްނަފްސަށް އުނިކަން ލިބިދާނެފަދަ ސުވާލުތައް ނުކުރެއްވުން އެދެމެވެ. މަޖިލިސް އިންތިޚާބަށް ކުރިމަތިލެއްވުމުގެ ސަބަބުން ރައްޔިތުން ސާފުކުރައްވަން އެދިވަޑައިގަންނަވާނޭ ފަދަ ސުވާލުތަކަށް އިސްކަމެއް ދެއްވުން އެދެމެވެ. ސުވާލު ކުރައްވާއިރު، ސުވާލު ރައްދު ކުރާ ކެނޑިޑޭޓްގެ ނަން ބަޔާންކޮށްދެއްވަން ވާނެ އެވެ.

ކިޔުންތެރިން ފޮނުއްވާ ސުވާލުތައް މި ނޫހުން ބެލުމަށްފަހު ޝާއިޢުކުރެވޭނެ އެވެ.

ސުވާލު ފޮނުއްވުމުގެ ފުރުޞަތު ބަންދު ވާނީ ބުރާސްފަތި ދުވަހުގެ ރޭގަނޑު 12:00ގެ ނިޔަލަށެވެ.

ކިޔުންތެރިން ފޮނުއްވާ ސުވާލުތަކުގެ ޖަވާބު އަންނަ ހަފްތާގައި ޝާއިޢު ކުރުމަށް މި ނޫހުން ގަސްދުކޮށްފައިވެ އެވެ.

މި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި އެދެވޭ ގޮތުގައި ހިއްޕަވާނެކަމަށް އުންމީދުކުރަމެވެ. 

މަޖިލިސް އިންތިޚާބު 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތިއުޅެނީ ހީލަތްތެރި ރޭވުމެއްގެ ދަށުން ކުދިންކޮޅު ފަޞީހަތްކޮށްލަން ވެގެން..

– 18 ފެބުރުއަރީ 2014 6

އަޙްމަދު ޢަބްދުﷲގެ ކިތައް އަނބިން ތިބޭތޯ؟

– 18 ފެބުރުއަރީ 2014 0

ތިބާ އަށް އިތުބާރު ކުރަންވީ ކީއްވެ؟ (ހުރިހާ ކެނޑިޑޭޓުންނާ ކުރުމަށް)

– 18 ފެބުރުއަރީ 2014 0

އަންނަނިވި ސުވާލުތައް ހުރިހާ ކެނޑިޑޭޓުންނާ ކުރޭ! - ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް، ނަސަބާއި ހަސަބުގެ ތަފްޞީލް - އަނބިދަރިންނާ ބެހޭ މަޢުލޫމާތު - ތަޢުލީމީ ފެންވަރާއި، ބައިވެރިވެފައިވާ ތަމްރީން ޕްރޮގްރާމްތަކާއި، މި ނޫންވެސް މިފަދަ ކަންކަން - އަދާކުރި ވަޒީފާތަކާއި، މަޤާމުތައް އަދި ދިރިއުޅުމުގެ މި ނޫންވެސް މަސައްކަތްތެރިކަމުގެ ތަޖުރިބާތައް - ޙާސިލްކޮށްފައިވާ ކާމިޔާބީތައް - ދިރިއުޅުމަށް މިހާރު ކުރާ މަސައްކަތް

– 18 ފެބުރުއަރީ 2014 0

މަތީނުވެފައިވާ ވައުދުތަކަށް ފުއްދުމަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދު ވާނެ! އެހާވަރަށް ފައިސާ ހޯދާނީ ކިހިނެއްތޯ! ކުރިން އެކަންކަން ނުކޮށްދިނީ ކީއްވެތޯ؟

– 18 ފެބުރުއަރީ 2014 1

ހުރިހާ ކެނޑިޑޭޓުންނަށް / - މަޖިލިސް މެމްބަރުކަމަށް ކުރިމަތިލީ ކީއްވެ؟ - މަޖިލިސް މެމްބަރު ކަމަށް ތިބާ ހޮވަންވީ ކީއްވެ؟ - ރައްޔިތުންނަށް ވާ ވަޢުދު ތަކަކީ ކޮބާތޯ؟ - ރައްޔިތުންގެ ޙާލަތާއި ވިންދު އެނގި ވަޑައިގަންނަވާތޯ؟ ތަފްޞީލްދެއްވާ؟ ޙާލަތާއި ވިންދު ބަޔާންކޮށް ދެއްވާ! - މަޖިލިސް މެމްބަރެއްގެ ޒިންމާތައް އަދާކުރުމުގައި ތިބާ ގެންގުޅުއްވާނެ ހަމަތައް ބަޔާންކޮށްދެއްވާ؟ - އިހަވަންދޫއާ މެދު ގެންގުޅުއްވާ ޚާއްޞަ ތަޞައްވުރެއް އެބައޮތްތޯ؟ ތަފްޞީލް ދެއްވާ!

– 18 ފެބުރުއަރީ 2014 0

މުހައްމާ އަށް / - އަބަދު ޕާޓީ ބަދަލު ކުރަނީ ކީއްވެތަ؟ އެންމެ ފުރަތަމަ ފެނުނީ ޑީއާރުޕީން، ދެން ޖޭޕީން، ދެން އެމްޑީޕީން، ދެން އަނެއްކާ ވެސް ޖޭޕީން. އަސްލު ފިކުރަކީ ކޮބާތޯ؟

– 18 ފެބުރުއަރީ 2014 1

މުހައްމާ އަށް / - ހިލޭ އަންހެނުންނާ ގައިގޯޅިވެ އުޅުމަކީ ދީނާ ޚިލާފު ކަމެއް ނޫންތޯ؟ މަޖިލިސް މެމްބަރުކަން ނުލިބިއްޖެ ނަމަ އަނެއްކާ ވެސް ފިލްމުކުޅުއްވާނީތޯ؟

– 18 ފެބުރުއަރީ 2014 1

ހުރިހާ ކެނޑިޑޭޓުންނަށް / - މަރުގެ އަދަބު ތަންފީޒް ކުރުމަށާއި، ރަޖަމް ކުރުމަށާއި، ވައްކަން ކުރާ މީހުން އަތްކަނޑަން ތާއީދު ކުރަންތޯ؟ ސާފުކޮށް ޖަވާބު ދެއްވާނީ!

– 18 ފެބުރުއަރީ 2014 1

(ޝާފިއުއާ ކުރުމަށް) ބައެއްމީހުން ބުނޭ ޝާފިއު ކުރިމަތިލީ މަގާމެއް ހޯދާށޭ! އަދި ލާރިކޮޅެއް ހޯދާށޭ؟ މިކަމަށް ދޭރައްދަކީ ކޮބާތޯ؟

– 18 ފެބުރުއަރީ 2014 0

(އަހުމަދާ ކުރުމަށް) ކީއްވެގެންތޯ ރަށު ދާއިރާއަށް ކުރިމަތިނުލާ އިހަވަންދޫ ދާއިރާއަށް ކުރިމަތިލަނީ! އިހަވަންދޫ ދަރިން ނުވާލޯތްބެއް ތިޔަބޭފޫޅާއަށް ދާއިރާދެކެ ވެވޭނެތޯ؟

– 18 ފެބުރުއަރީ 2014 1

އަޙުމަދު އަބުދުﷲ ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ޙާޒިރީ އެންމެ ރަގަޅު މެމްބަރުންގެ ތެރޭގައި، އަދި ހަމަ ދާއިރާއަށް އެއްމެ ގިނައިން ދަތުރު ކުރި މަޖިލިސް މެމްބަރެއްގެ ގޮތުގައިވެސް ހިމެނެނީ އަޙްމަދު. ކިހިނެއްތޯ މަޖިލީހުގައި އެހާބުރަކޮށް އުޅުއްވަމުން ދާއިރާގެ ރައްތަކަށް އެހާގިނާން ދަތުރު ކުރަން ވަގުތް ހޯއްދަވަނީ؟.

– 18 ފެބުރުއަރީ 2014 1

ޝާފިއުއަށް. ޝާފިއުގެ ކެމްޕޭން ޓީމު ހަމައެކަނި ޕީޕީއެމްގެ ތާއިދު އޮންނަ ގޭތަކަށް ގޮސް ކެމްޕޭން ކުރާ ސަބަބު ބުނެދެއްވަ ފާނަންތޯ؟ އެމްޑީޕީގެ އެއްވެސް ވޯޓެއް އަނބުރާ ނުލެވޭނެ ކަން ޔަޤީން ވަނީތޯ؟ާ

– 19 ފެބުރުއަރީ 2014 1

ޝާމުކަރައިގެ ރަށްބޭރުން އާއްސަ ކުރިމަތިލާވަޑައި ގަންނަވަން އިގުނީ އިހަވަންދޫ ދާއިރާއަށްތަ؟ އަމިލް ރަށަށް ކުރިމަތި ލައްވަންވީނުންތޯ!

– 19 ފެބުރުއަރީ 2014 0

މީ ތަކަންދޫ އަހުމަދަށް ވިކިފައޮތް ސައިޓެއް، މިސައިޓް ބޮއިކަޓްކުރޭ

– 20 ފެބުރުއަރީ 2014 0

ހުރިހާ ކެންޑިޑޭޓުންނަށް: އިހަވަންދޫގެ ރައްޔިތުންނަށް މިވަގުތު އެންމެ ދަތިވެފައިވާ ކަންތައްތަކަކީ ކޮބައިތޯ؟ އެކަންތައްތައް ހައްލުކޮށްދިނުމަށްޓަކައި މަޖިލީހުގެ ތެރެއިން ކޮށްދެވޭނީ ކޮން ކަންތައްތަކެއްތޯ؟

– 20 ފެބުރުއަރީ 2014 0

އެންމެނަށް: އިހަވަންދޫގައި ގިނަވަމުންތާ މަސްތުވާކެތީގެ މައްސަލަތަކާއި ވަޒީފާއެއް ނެތި މަގުމަތީ ބިއްޖެހިފައި ތިބޭ ޒުވާނުންނާ މެދު. އެކަންތައްތަކުގެ ހައްލެއް ކަމަށް ދެކެނީ ކޮން ކަމެއްތޯ؟ ރަށުގައި ވަޒީފާގެ ފުރުޟަތު އިތުރުކުރުމަށް މަޖިލީހުގެ ތެރެއިން ތިބޭފުޅާ ކުރައްވާނީ ކޮންކަމެއްތޯ؟

– 20 ފެބުރުއަރީ 2014 0

އަހުމަދަށް: ހއ. އިހަވަންދޫ ގައި ޕުރީސުކޫލެއް އެ އަޅަނީ، އެއީ އަހުމަދުގެ ހަރަދުގައި ކޮށްދެއްވާ ކަމެއްތޯ؟ ނޫނީ އިހަވަންދޫ ކައުންސިލުން ކުރައްވާ މަސައްކަތެއްތޯ؟ މި ދެގޮތަށްވެސް މީހުން ވާހަކަދައްކާތީ ސާފުކޮށްލަން ބޭނުން.

– 20 ފެބުރުއަރީ 2014 0

މަތީނު އަށް: އިހަވަންދޫގެވެސް ގިނަ ބަޔަކަށް މަތީނު އަކީ ބީރައްޓެހި މޫނެއް. އިހަވަންދުއާއި އިހަވަންދޫ ދާއިރާ ކިހާވަރަކަށް އެނގިލައްވާގެންތޯ މިދާއިރާއަށް ކުރިމަތި ލެއްވީ؟

– 20 ފެބުރުއަރީ 2014 0

މަތީނު އަށް: ފަރުދީގޮތުން ވަޢުދުތަކެއް ވެފައި އެވަނީ. އެއީ ރިޝްވަތު ކަމަށް ޤަބޫލުފުޅު ނުކުރެއްވޭތޯ؟ ނޫނީ އިންތިހާބުގައި ވޯޓު ހޯދުމަށް ފައިސާގެ ނުފޫޒު ބޭނުން ކުރުން ނޫން ކަމަށް ވެދާނެތޯ

– 20 ފެބުރުއަރީ 2014 0

މަތީނު އާއި ޝާފިޢުއަށް: ތިބޭފުޅުން ނުހޮވިއްޖެ ނަމަ މަޖިލީހަށް މިދާއިރާއިން ހޮވުމަށް އެންމެ އެދެނީ ކޮން ބޭފުޅެއްތޯ؟ ސަބަބު؟

– 20 ފެބުރުއަރީ 2014 0

މަޖުލީހުގަ ޖަނަވާރުން އުޅޭ ވައްތަރަށް ނޫޅޭނެކެމަށް ޔަޤީންކަން ދީފަނަންތަ؟ މިހާރު އެއޮއްނަ މަޖުލީހަކާހެދި ބޯހަލާކު.

– 20 ފެބުރުއަރީ 2014 0

މަޖުލިސް މެމްބަރުންގެ މުސާރައާމެދު ބުނާނީ ކީކޭތޯ؟ ދިވެހިރާއްޖެ ފަދަ ތަނަކަށް އެކަށީގެންވާ އަދަދެއް ކަމަށް ފެނޭތޯ އެއީ؟

– 20 ފެބުރުއަރީ 2014 0

ދިވެހިރާއްޖޭގެ ޤާނޫނަށް ކިހާވަރަކަށް ލޯހުޅިވިފަ ވޭތޯ؟ ޤާނޫނާއި ޤަވާޢިދު ތަކުގަ ހުރި ބާގަނޑުތަކުން އުމުރަށް ޖަލުގަ ތިބޭމީހުންވެސް ރައްޔިތުންގެ ތެރެއަށް އެބަ އާދޭ. އިސްލާހު ކުރަންޖެހޭ ޤާނޫނު ތަކެއް ވާކަމަށް ޤަބޫލު ކުރައްވަންތޯ؟ މިހާރުން މިހާރަށް ކޮންމެހެން ބޭނުންވާ ޤާނޫނުތަކެއް ހުރިކަމަށް ދެކެމްތޯ؟

– 20 ފެބުރުއަރީ 2014 0

(އަހުމަދާއި މުހައްމަދު(މުހައްމާ) އަށް) އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ރައްތިތުންގެ މަޖިލީހުގެ މެމްބަރުންނަކީ އެބޭފުޅަކު ނިސްބަތްވާ ދާއިރާގެ ހުރިހާ މެމްބަރުން ތަމްސީލުކުރާ ބޭފުޅެއް. ހުރިހާ ރައްޔިތުންނަށް މަޖިލީހަށް ނުދެވޭނެތީ ރައްޔިތުންގެ ފަރާތުން ކަނޑައަޅާ ރައްޔިތުންގެ ވަކީލު. ވީއިރު މަޖިލީހުގައި ވޯޓު ނެގޭ ކަންކަމުގައ މެމްބަރުން ވޯޓު ދެއްވަންޖެހޭނީ އެދާއިރާއެއްގެ ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުން ބޭނުންވާގޮތަކަށް. ނަމަވެސް ޕާޓީތަކުން ވޯޓުދެއްވުމަށް ވިޕް ލައިނެއް ނެރޭ ވާހަކަ އިވޭ.. އަދި އެޔާއި ޚިލާފުގެން ފިޔަވަޅުއަޅާ ވާހަކަވެސް އިވޭ.. ބައެއްފަހަރު ޕާޓީ ކަނޑާލާ ވާހަކަވެސް އިވޭ.. ތިޔަބޭފުޅާ ވޯޓު ލުމުގެ ކުރިން ދާއިރާގެ ރައްޔިތުންގެ ވިޕް ލައިން ހޯދަވާނަންތޯ.. އެހެންނަމަ ތިޔަ ބޭފުޅާގެ ޕާޓީގެ ވިޕް ލައިނާއި ދާއިރާގެ ރައްޔިތުންގެ ވިޕްލައިނާ ތައާރަޒުވެއްޖެ ހިނދެއްގައި އިސްކުރާނީ ކޮން ވިޕްލައިނެއްތޯ؟

– 20 ފެބުރުއަރީ 2014 0

ހުރިހާ ކެނޑިޑޭޓުންނަށް. ރުޅި އަންނަ ހިނދު ރުޅި މަޑުކުރުމަކީ ކިހާވަރެއްގެ ގޮންޖެހުމަކަށް ވޭތޯ؟ ދުވަހަކުވެސް ރުޅި އައިސްގެން މުދަލަކަށް ގެއްލުން ދެވުނުތޯ؟

– 20 ފެބުރުއަރީ 2014 0

ހުރިހާ ބޭފުޅުންނަށް ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދު ހަސަންމަނިކަށް ނިސްބަތްކޮށް ދުވަހަކުވެސް "ބާޣީ ވަހީދު" ބޭނުންކުރެއްވިންތޯ؟

– 20 ފެބުރުއަރީ 2014 0

4 ބޭފުޅުންނަށް. މަޖިލީހުގެ ކަންކަމުގައި ދާއިރާގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފުރިހަމަ ނިޒާމެއް ގާއިމު ކުރާނަންތޯ؟ މިސާލަކަށް އިންޓާނެޓް ޕޮރޮޓޮކޯލްއެއްގެ ތެރެއިން ނޫނީ ދާއިރާގެ 3 ރަށުގައި މެމްބަރުގެ އޮފީހެއް ހުޅުވައިގެން ނަމަވެސް.. އަދި މުހިއްމު ބިލްތަކަށް ވޯޓު ދިނުމުގައި ރައްޔިތުންގެ ހިޔާލު ހުރިގޮތް ކިހާވަރަކަށް ބައްލަވާނަންތޯ އަދި އެއީ ކިހިނެއްތޯ؟

– 20 ފެބުރުއަރީ 2014 0

މީހުން ނުރުހޭ ލަގަބުތައް އެމީހުންނަށް ބޭނުން ކުރަންތޯ؟

– 20 ފެބުރުއަރީ 2014 0

ހުރިހާާ ބޭފުޅުންނަށް ބާޒާރުމަތީ ބަހުރުވައިން މަޖިލީހުގައި ވާހަކަ ދައްކަންޖެހޭ ޙާލަތަެއް އަތުވެދާނެކަމަށް ޤަބޫލުކުރަންތޯ

– 20 ފެބުރުއަރީ 2014 0

އަޙްމަދު ޢަބްދުﷲ އަށް: ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުގެ ބިލު ފާސްކުރުމަށް މަނިކުފާނު ވޯޓު ދެއްވީ ކޮންގޮތަކަށް ތޯއެވެ؟

– 21 ފެބުރުއަރީ 2014 0

އާބާދީ އެއްފަސް ކުރުމާމެދު ހިޔާލަކީ ކޮބާތޯ؟ މޮޅަދޫ ރައްޔިތުން އިހަވަންދުއަށް، މާރަންދޫ ރައްޔިތުން ތަކަންދުއަށް ބަދަލުކުރުމާމެދު ދެކިލައްވަނީ ކޮން ގޮތަކަށްތޯ؟

– 21 ފެބުރުއަރީ 2014 0

މުހައްމާ އަށް: ވަގު ނޯޓް ޖަހައިގެން އެއްވެސް ކަހަލަ ހުކުމެއް އައިތޯ އެވެ؟

– 23 ފެބުރުއަރީ 2014 0

މުހައްމާ އަށް: މުހައްމާ ހުރީ ޤާނުނީ ގޮތުން ކޮންކަހަލަ އިލްމެއް ތޯ؟ މަތީން އަށް: މިހާތަނައް ގައުމަށް ކޮންކަހަލަ ކަމެއްތޯ ކޮއްދިނީ؟ އަހްމަދުﷲ އަށް: މި 5އަހަރު ނިމުނީ އިރު އިހަވަންދޫ ދާއިރާއަށް ކޮށްދެވުނީ ކޮންކަމެއް ތޯ؟ ޝާފިއު އަށް: ޝާފިއުއަށް ވޯޓު ދޭންވީ ކީވޭތޯ؟

– 25 ފެބުރުއަރީ 2014 0

ައަޙްމަދަށް ކުޑަކުދިން ޕާކްގައިވާ ސާމަނަކީ ތިޔަބޭފުޅަގެ އަމިއްލަ ޚަރަދުގައި ގަނެފައިވާ ތަކެތި ތޯ؟

– 25 ފެބުރުއަރީ 2014 0

ޝަފިޢުއަށް ތިޔަބޭފުޅާގެ ކެމްޕެއިނަށް ޚަރަދުކުރަނީ ޔާމިނުއޭ ބޫނޭ ޝާފިއުގެ ކެމްޕެއިން ޓީމުން ބުނޭ؟ މީ ކިހާ ރަގަޅު މައުލޫމާތެއްތޯ؟

– 25 ފެބުރުއަރީ 2014 0