ކަލްކަތާގައި ބުރިޖެއް ދަށުވެ 10 މީހުން މަރުވެ އެތައް ބަޔަކު ޒަހަމުވެއްޖެ — Ihavandhoo.com

ކަލްކަތާގައި ބުރިޖެއް ދަށުވެ 10 މީހުން މަރުވެ އެތައް ބަޔަކު ޒަހަމުވެއްޖެ

31 މާރިޗު 2016 0

ވެއްޓިފައިވާ ބުރިޖުގެ ބައި. ފޮޓޯ: އަލްޖަޒީރާ

އިންޑިއާގެ ކަލްކަތާގެ ކާރޫބާރޫ ބޮޑު މަގެއްގެ މަތިން އިމާރާތް ކުރަމުންދިޔަ ބްރިޖެއްގެ ބައެއް ވެއްޓުމުގެ ސަބަބުން 10 މީހަކު މަރުވެ، އެތައް ބަޔަކު ބްރިޖުގެ ދަށުވެފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

ފުލުހުންނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯރޓުކޮށްފައިވާ ގޮތުގައި ވެއްޓިފައިވާ ބުރިޖުގެ ދަށުގައި އަދިވެސް އެތައްބަޔަކު ތާށިވެފައި އެބަތިބި ކަމަށާއި ބުރިޖުގެ ދަށުގައި ތިބީ ކިތައް މީހުންކަން ބުނަން ނޭނގޭ ކަމަށެވެ.

ވެއްޓިފައިވާ ބުރިޖަކީ 2009 ވަނަ އަހަރުން ފެށިގެން ބިނާ ކުރަމުންދާ ތަނެއް ކަމަށް ރިޕޯރޓުތައް ބުނެއެވެ.

އަލިފާން ނިއްވާ ފަރާތްތަކުންނާއި އާއްމުން ބުރިޖުގެ ދަށުގައި ތާށީވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުދާއިރު ގިނަ ބަޔަކު ދަނީ ބުރިޖު ވެއްޓެން ދިމާވީ ކޮން ސަބަބަކާތޯ ސުވާލު ކުރަމުންނެވެ. ( އަލްޖަޒީރާ)

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ