ކުޑަކުދިންގެ ޕާކުގެ ވާހަކަ — Ihavandhoo.com

ކުޑަކުދިންގެ ޕާކުގެ ވާހަކަ

2 އޮގަސްޓު 2014 9

 

އިހަވަންދޫގެ ކުޑަކުދިންގެ ޕާރކަކީ 2009 ވަނަ އަހަރު އިހަވަންދޫގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް، ރަށް ޒީނަތްތެރިކުރުމުގެ މަސައްކަތުގެ ތެރެއިން، އިހަވަންދޫގެ ރައްޔިތުންގެ ބަޖެޓުން ހޭދަކޮށްގެން އިމާރާކޮށްފައިވާ ޕާރކެކެވެ. 

މި ޕާރކު ހަދާފއިވަނީ އިހަވަންދޫ ރާނާގެ މުހައްމަދު ރަޝީދުގެ ވެރިކަމުގައެވެ. ރައީސުލް ޖުމުހޫރިއްޔާ އައްޔަންކުރެއްވި ރަށުކައުންސިލެއްގެ ގޮތުގައި އެބޭފުޅާ އިހަވަންދޫގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ދުވަސްވަރުއެވެ. 
އެއިރު " ޙޯމްމޭޑް: ސީސޯވް އާއި އެނބުރޭކުޑައާއި ތަފާތުވައްތަރުގެ ކުޅޭ ތަކެތި ޕާރކުގައި ހުއްޓެވެ. 

ކުދިން ކުޅެ މަޖާކޮށް ހީސަމާސާކޮށް ޕާރކުގައި މަސަލަސްވެއުޅުނީ ނުހަނު އުފަލުންނެވެ. 
ޕާރކު ހެދިއިރުއާއި ހެދިފަހުންވެސް ޕާރކުހެދުމާ ހިތްހަމަނުޖެހޭފަރާތްތަކުން ، ޕާރކު ހެދުމުގެ ޚަރަދުތައްކުރަނީ ގާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފަށްކަމަށް ތުހުމަތުކޮށް ކޯޓަށް ހިގައިއުޅުނެވެ. މައްސަލަތައް ކުރިއަށް ދިޔައީ ފަނޑިޔާރުގޭގައެވެ. 
ޕާރކު ބަންދެއްނުކުރެއެވެ. ޕާރކުގައި ހުރި ކުޑަތަކާއި ހެއްލާޖޯލިތަކާއި ސީސޯވްތަކަށް އަދަބެއްވެސް ނުދެއެވެ. އަދި ކީއްތޯއެވެ! އެޕާރކުން އުފާހޯދާ އިހަވަންދޫގެ ކުޑަކުދިންނަށްވެސް އަދަބެއް ނުދެއެވެ. 
ލޯކަލްކައުންސިލްގެ ގާނޫނުގެ ދަށުން އިހަވަންދޫ ރައްޔިތުން އިންތިހާބުކުރި ކައުންސިލްގައި އޮތީ އިއިރު ވެރިކަންކުރަމުންދިޔަ އެމްޑީޕީގެ މެޖޯރިޓީއެވެ. ކައުންސިލްގެ 5 މެންބަރުންގެ ތެރެއިން 4 މެންބަރުންނަކީ އެޕާޓީގެ މެންބަރުންނެވެ. ރަށުގެ ތަރައްގީއަށް މަސައްކަތްތަކެއްކުރި ކައުންސިލްއެކެވެ. ޕްރީސްކޫލެއް ހަދަންފަށާފައި އެބަހުއްޓެވެ. ރައްވެހިގެއެއްހަދާ، އެތަނުން އާއްދަނީ ލިބެއެވެ. އޮޑިދޯނިފަހަރު އެހެލާ ވިންޗެއް ހޯދިއެވެ. ގެސްޓްހައުސްއެއް ހަދަންފަށާ ހިޔާކޮށް ސިމެންޓިޖަހާ ސީލިންގކޮށް މުށިޖެހިއެވެ. ސެޓްލިންގް ކިޔާ ކުންފުންޏަކާގުޅިގެން އިންޓަރނެޓާއި ކޭބަލް ޓީވީ ޚިދުމަތް ދިނުމަށް ތައްޔާރުވިއެވެ.
މިވާހަކަދައްކާ ކުޑަކުދިންގެ ޕާރކަށް ކުދިން ހިތްއުފާކުރަން ޕާރކް ތަރައްޤީކުރަން އެންމެ މިސަމާނުގެ ޕާރކުގައި ހުންނަތަކެތި ހޯދިއެވެ. މިތަކެތި ޕާރކުގައި ރުކުރުވާލީ އެކައުންސިލް ނިމެންވެފައި އޮއްވައެވެ. 
މިދެންނެވި ކަންތައްތަކާދޭތެރޭ މޭނުބާކުރި ފަރާތްތަކުން ތަފާތު ތުހުމަތުތައްކޮށް އޭސީސީއަށާއި ފަނޑިޔާރުގެއަށާއި މިހިރަ މިހުރި ތަންތަނަށް ދިޔައެވެ. 
މައްސަލަތައްވެސް ބެލިއެވެ. މިމައްސަލަތަކުގެ އެންމެ ފަހު ކަމަކީ މިވާހަކަ ދައްކާ ކުޑަކުދިންގެ ޕާރކެވެ. 
ޕާރކަށްތަކެތި ހޯދައި އެތަކެތި ޕާރކުގައި ހަރުކުރުމަށްފަހުވެސް ދުވަސްކޮޅަކަށް ޕާރކުހުޅުވައި ، ޕާރކު ބަންދުކޮށް، ޕާރކުހުޅުވައި، މިހާރުހުރީ ދިގުބަންދަކުން ބަންދުކޮށްފައެވެ. ރަށުގެ ކުޑަކުދިން އިހްސާސްތަކާއި އުފާތަކާއި ޖަޒުބާތުތައް ކަތިލުމަށްފަހުއެވެ. 
ޕާރކަށް ތަކެތި ހޯދާފައިހުރީ ގޯހުންކަމަށްވިޔަސް، ކޮރަޕްޝަނަށް މަގުފަހިވާ މަގަކުން ކަމަށްވިޔަސް، އަދި އެހެން ދޮރަކުންކަމަށްވިޔަސް ޕާރކުގައި ހުރިތަކެއްޗަށް އަދަބުދޭ ގާނުނޭއް ވުޖޫދުވީކަމެއް އެނގިފައެއްނެތެވެ. ކޮންމެގޮތެއްވިޔަސް އެތަކެތި ދެން ، އެތަކެތި ގެނައި ޗައިނާގެ ބާޒާރަކަށް ގެންދާނެހެނެއް ހިއެއްނުވެއެވެ. 
މިހާރު މިއޮތްކައުންސިލަކީ "ހިތެއްނެތް" ބަޔެކޭ ، ރަށުގެ ކުޑަކުދިންނާއި ބެލެނިވެރިން ބުނަމުންދާއިރު އެޕާރކު ބަންދުކޮށްފައި ބޭއްވުމުގެ މާނައެއް އަޅުގަނޑުގެ މިޅަސިކުނޑިއަކަށް ނުވިސްނެއެވެ. ޕާރކުގައި އެހުރި އަގުބޮޑު ރީތި ކުޅޭ ސާމާނުތައް ރަށުގެ އެއްވެސް ކުއްޖަކަށް ބޭނުންކުރަންނުލިބި "ޑެޕްރެޑޭޝަން" ވާތަންބަލަން ކެތްނުކުރެވިގެން ކުޑަކުދިންގެ ޕާރކުގެ ވާހަކަ ލިޔަންޖެހުނީއެވެ. އެތަކެތި ހޯދީ އިހަވަންދޫގެ ކައުންސިލް ބަޖެޓުންނެވެ. ރައްޔިތުންގެ ފައިސާއިންނެވެ.

ނޯޓް: މިއީ ކިޔުންތެރިއެއްގެ ޚިޔާލެވެ.

އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ކަލޭ ސިކުނޑި ވަރަށް ޅަ

– 2 އޮގަސްޓު 2014 4

ކައުންސިލަރުން ގިނަވި ވަރަކަށް ރަށް ހިންގުން ދަނީ ގޯސްވަމުން.

– 2 އޮގަސްޓު 2014 2

ކުޑަކުދިން ހިތް އުފާކުރުމާ މަޖާ ކުރުމަށް ހެދި ޕާކު މިފަހަރުގެ ކައުންސިލުން މިވަނީ ކުޑަކުދިން ރޮއްވާ ޕާކަކަށް ބަދަލުކޮށްފަ.

– 2 އޮގަސްޓު 2014 2

ތިޔައީއަސަރުގަދަ ލޯބީގެ ވާހަކައެކެވެ. ކުޑަކުދިންގެ ޖަޒުބާރުތަކާގުޅިފައިވާ ވޮއްޑަވީ ހުރާފަތެކެވެ. ކުޅޭއެއްޗެއްސަށް އަދަބުދޭ ވާހަކައެކެވެ. ރޯދަމަހު ހަވީރު ފިނި ޕޭޖްގައި ޖަހަން ކަމުދާ ވާހަކައެއްދޯއެވެ.

– 2 އޮގަސްޓު 2014 1

ކިހާދެރަކަމެއް، ގެނެވުނު ކައުންސިލަކުން ވާގޮތް

– 2 އޮގަސްޓު 2014 1

މީ ކުޑަ ކުދހިންނަށް ހެދި ތަނެއްތަ ނޫނީ ރަސހުގެ ޒުވާނުން ބިއްޖެހިފަ ތިބެން ހެދި ތަނެއްތަ... މިތަން ހުންނަނި އަބަދުވެސް ބަންދު ކޮއްފަ ހުލުވާފަ ހުންނަ ތަނެއް ނުފެނެ ހިވަނި މީ ރަށުން ބޭރު ސަފަރަވެރިންނަށް ދައްކަން ހަދާފަ ހުރި ތަނެއްހެން.... ރަށައް ލެވުނު ކައުންސިލަރުން އިސްތިއުފާ އަށް ގޮވަންވީ މިހާރު

– 3 އޮގަސްޓު 2014 1

މިހާރު މިތިބި ކައުންސިލަރުން ރަށުގެ ތަރައްގީއަށް ކުރަނީ ކޮންކަމެއްބާ!

– 3 އޮގަސްޓު 2014 1

ދަންދޮރު ނުދަންނަ ޤަމާރު ކައުންސިލެއް.. ރަށުގެ ތަރައްޤީއަށް އެއްވެސް މަސައްކަތެއް ނުކޮށް އޮތް ޒިންމާދާރުކަން ކުޑަ ކައުންސިލެއް

– 4 އޮގަސްޓު 2014 1

އެކުދިން އަދި ޅައީ ނޫނީ ނޭގެނީ ގަމާަޜިޓ

– 4 އޮގަސްޓު 2014 1