ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޑޮކްޓަރުން، އިހަވަންދޫގައި ބަލިމީހުން ބަލަނީ — Ihavandhoo.com

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޑޮކްޓަރުން، އިހަވަންދޫގައި ބަލިމީހުން ބަލަނީ

10 އޮކްޓޫބަރު 2019 1

އާމިނާދިޔޯ ސިއްހީމަރުކަޒު

 

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ހާއްސަ ބަލިތަކުގެ ތިން ޑޮކްޓަރުން އާމިނާދިޔޯ ސިއްހީ މަރުކަޒުގައި ބަލިމީހުން ބަލާގޮތަށް ހަމަޖެހިއްޖެއެވެ.

ހާ އަލިފު އަތޮޅު ހޮސްޕިޓަލުން އިއުލާނުކޮށްފައިވާ ގޮތުގައި އަންނަ ހަފުތާގެ ބުދަ ދުވަހު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ކަރުންމަތީގެ ހާއްސަ ޑޮކްޓަރ, ނަފުސާނީ ބަލިތަކުގެ ޑޮކްޓަރ އަދި ހަމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރ އާމިނާދިޔޯ ސިއްހީމަރުކަޒުގައި ބަލި މީހުން ބަލާނެއެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒުން އިޢުލާނުކޮށްފައިވާ ގޮތުގައި މި ޑޮކްޓަރުންނަށް ދެއްކުމަށް ބޭނުންވާ ފަރާތްތަށް 10 އޮކްޓޯބަރ (މިއަދު) އިން ފެށިގެން 15 އޮކްޓޯބަރ ގެ ނިޔަލަށް އެ މަރުކަޒުގައި ނަންނޯޓު ކުރެވޭނެ އެވެ. ކޮންމެ ޑޮކްޓަރެއްވެސް ބެލުމަށް ހަމަޖެހިފައި ވަނީ 20 މީހުންނެވެ. ޑޮކްޓަރުންނަށް ދައްކަން ބޭނުންފުޅުވާ ބޭފުޅުން ނަންނޯޓު ކުރުން ކުރިއަށް ގެންދަނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށެވެ. އަދި ނަން ނޯޓު ކުރި ފަރާތްތަކަށް ނަންބަރު ދޫކުރާނީ ބުދަ ދުވަހުގެ ހެނދުނު 08:30 އިން 11:00 އަށެވެ.

މި އައުޓްރީޗް ޕްރޮގުރާމުގެ ދަށުން ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޑޮކްޓަރުން ގޮސް ބަލިމީހުން ބަލަމުންދެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޝުކުރިއްޔާ އެމްޕީ ޝިފާއު

– 12 އޮކްޓޫބަރު 2019 0