ކުޅުދުއްފުށިން މަހަށް ނުކުމެ އުޅުނު ދޯންޏަކުން ވެއްޓުނު މީހަކު މަރުވެއްޖެ — Ihavandhoo.com

ކުޅުދުއްފުށިން މަހަށް ނުކުމެ އުޅުނު ދޯންޏަކުން ވެއްޓުނު މީހަކު މަރުވެއްޖެ

9 ޖުލައި 2014 0

ފޮޓޯ: ޕޮލިސް

ކުޅުދުއްފުށި ޢަޒުމް ނަމަކަށް ކިޔާ ދޯނީގައި 10 މީހުންނާއެކު މަހަށްނުކުމެ އުޅެނިކޮށް އެދޯނިން މަހަށްދިޔަ މީހަކު ކަނޑަށް ވެއްޓި މަރުވެއްޖެއެވެ.

ފުލުހުން ހަމާ ކޮށްފައިވާ ގޮތުގައި މިހާދިސާގައި މަރުވެފައިވަނީ 58 އަހަރުގެ ދިވެއްސެކެވެ.

މިޙާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 06:31  ހާއިރު މަހަށް ނުކުމެ ހދ. ނޮޅިވަރަމް ފަރާދިމާ ބޭރުން ދަތުރުކުރަމުންދަނިކޮށް ކަމަށާއި މިޙާދިސާގެ މަޢުލޫމާތު ފުލުހުންނަށް ދީފައިވަނީ ހެނދުނު 06:31 ގައި ކަމަށް ފުލުހުން ހާމަކުރެއެވެ. އޭނާ މޫދަށް ވެއްޓުމާއެކު އެދޯނިވަނީ އަނބުރާލައި މިއަދުގެ 07:02 ހާއިރު ކުޅުދުއްފުއްޓަށް އައިސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އޭނާ ބެއްލެވުމަށްފަހު ޑޮކްޓަރު ފުލުހުންނަށް މަޢުލޫމާތު ދީފައިވަނީ ހޮސްޕިޓަލަށް ގެނައިއިރުވެސް އޭނާ މަރުވެފައިވާކަމަށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ