ކުނީގެ މައްސަލާގައި ލުބުނާނުގެ ސަރުކާރު ވެއްޓެނީ — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

02 ދުވަސް

ކުނީގެ މައްސަލާގައި ލުބުނާނުގެ ސަރުކާރު ވެއްޓެނީ

27 އޮގަސްޓު 2015 0

ކުނީގެ މައްސަލައަށް ހައްލެއް ހޯދައި ނުދެވުމުން ލުބުނާނުގެ ސަރުކާރު ހޫނުފެނަށް ވެއްޓިއްޖެއެވެ. ރައްޔިތުން އެދޭފަދަ ރައްކާތެރި ކުނި މެނޭޖްކުރެވޭނެ ނިޒާމެއް ސަރުކާރަށް ގައިމް ކޮށްނުދެވުމުން، ތަފާތު ސިޔާސީ ފިކުރުގެ ފަރާތްތައް އެކުވެ މިހާރު ދަނީ ވެރިރަށް ބެއިރޫތުގައި ބޮޑެތި މުޒާހަރާތައް ބާއްވަމުންނެވެ. ވެރިރަށް ބެއިރޫތުގެ މަގުތަކުގައި ނުނަގާހުރި އެތައްހާސް ޓަނެއްގެ ކުނި މިހާރުވަނީ އެގައުމުގެ ސިޔާސީ ބަލިމަޑުކަމަކަށް ވެފައެވެ.

މިމަހުގެ 29 ވަނަދުވަހު މިކަމާއި ގުޅުވައިގެން ބިޔަ މުޒާހަރާއެއް ކުރުމަށް އެކްޓިވިސްޓުން މިހާރުދަނީ ތައްޔާރުވަމުންނެވެ.

ކުނީގެ މައްސަލަ ފެށުނީ ކިހިނެއް؟

މައްސަލާގެ ފެށުން އަންނަނީ ބެއިރޫތާއި މައުންޓް ލެބަނަންގައި އުފެދޭ ކުނި އުކާލަން 1996 ގައި ހުޅުވި ނާމެހް ކުނިގޮނޑު ބަންދުކުރުމާއި ހަމައިންނެވެ. ދެ މިލިއަން ޓަނުގެ ކުނިއެޅޭނެ ޖަގައޮތް ނާމެހް ކުނިގޮނޑަކީ 2 އަހަރު ބޭނުން ކުރުމަށްފަހު ބަންދުކުރުމަށް ހުޅުވި ވަގުތީ ކުނިގޮނޑެކެވެ.  

ނަމަވެސް ފާއިތުވި 19 އަހަރުތެރޭ އެ ގޮނޑަށްވަނީ 20 މިލިއަންޓަނުގެ ކުނި ޖަމާވެފައެވެ. އެކަމުގެ ސަބަބުން ތިމާވެއްޓަށާއި ސިއްހަތައް ލިބޭ ގެއްލުންތަކަށް އަޑު އުފުލައި އެސަރަހައްދުގައި ދިރިއުޅޭ މީހުންނާއި އެކްޓިވިސްޓުން ގުޅިގެން ޖެނުވަރީ 2014 ގައި އެ ގޮނޑު ބަންދުކުރިއެވެ. ނަމަވެސް އެކަމަށް ހައްލެއް ހޯދައިދޭނެކަމަށްބުނެ ސަރުކާރުން އަނެއްކާވެސް އަހަރެއްހާ ދުވަހު އެ ގޮނޑު ކުނިއަޅަން ބޭނުންކުރިއެވެ. ނަމަވެސް އަހަރެއްވީ އިރުވެސް އެކަމަށް ހައްލެއް ނުލިބުމުން މިއަހަރުގެ ޖެނުއަރީ މަހުވެސް ކުނިގޮނޑު ބަންދުކުރިއެވެ. އަނެއްކާވެސް ސަރުކާރުން އެދުނީ އިތުރު ހަމަސް ދުވަހަށެވެ.

ނަމަވެސް ހަމަސްވީއިރުވެސް ހައްލެއް ހޯދައެއް ނުދެވުނެވެ. އަނެއްކާވެސް އެސަރަހައްދުގައި ދިރިއުޅޭ މީހުންނާއި އެކްޓިވިސްޓުން ގުޅިގެން ޖަލައި 17 ގައި އެ ގޮނޑު ބަންދުކުރީއެވެ.

މިހާރު ބެއިރޫތުގައި ކޮންމެ ދުވަހަކަށް ގާތްގަނޑަކަށް އުފެދޭ 3000 ޓަނުގެ ކުނީ ޖަމާވާތަނަކަށް ވެފައިވަނީ އެރަށުގެ މަގުތަކެވެ. 

ލުބުނާން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ