ކުނިގޮނޑުގައި މިހާރު އަލިފާން އެޖަހަނީ ފެނަކާގެ މުވައްޒަފުންނެއް ނޫން : ކައުންސިލަރ ރިލުވާން

15 ޖުލައި 2017 1

އިހަވަންދޫ ކުނިގޮނޑުގައި މިހާރު އަލިފާންޖަހަމުން އެދަނީ ފަނަކައިގެ މުވައްޒަފުން ނޫން ކަމަށް އިހަވަންދޫ ކައުންސިލް މެމްބަރ އަޙުމަދު ރިލްވާން ވިދާޅުވެއްޖެ އެވެ.

ވޭތުވެދިޔަ ރޭ ތަކާއި އިއްޔެ، ހުކުރު ވަގުތާއި ދިމާކޮށް ކުނިގޮނޑުގައި ރޯކުރުމުގެ ސަބަބުން ގިނަ ބަޔަކަށް އެކަމުގެ އުނދަނގޫ ފޯރާ، އެކަން ސޯޝަލްމީޑީއާގައި ހާމަކުރަމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައި އަޙުމަދު ރިލްވާނު، އެބޭފުޅާގެ ފޭސްބުކު އައިޑީން ކުރެއްވި ޕޯސްޓެއްގައި ވަނީ ބަޔަކު ކައުންސިލް ބަދުނާމު ކުރުމުގެ ނިޔަތުގައި އަލިފާން ޖަހާ ޖެހުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރިލުވާން ވަނީ އެއަމަލު ހިންގާ ފަރާތްތަކަށް އެކަން ހުއްޓާލުމަށް އާދޭހާއެކު އެދިފައެވެ.  ރިލުވާނުގެ އެ ޕޯސްޓަށް ކޮމެންޓު ކުރައްވަމުން ކައުންސިލް މެމްބަރު ޢަލީ ރަމީޒުވެސް ވިދާޅުވެފައި ވަނީ ކުނިގޮނޑުގައި އަލިފާން ޖަހަނީ ބަޔަކު ރާވައިގެން ކަމަށެވެ.

މިނޫހަށް ދެއްވި ބަސްދީގަތުމެއްގައި އިހަވަންދޫ ކައުންސިލް މެމްބަރ އަޙުމަދު ރިލްވާނު ވިދާޅުވީ ކުރިންރޭވެސް ކުނިގޮނޑުގަ ބަޔަކު ރޯކޮށްލާފައި ވަނީ ޕެޓުރޯލް ފަދަ އެއްޗެއް ބޭނުންކޮށްގެން ކަމަށް އެނގިފައިވާ ކަމަށެވެ. އަދި އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވާނެ ކަމަށް ރިލުވާން ވިދާޅުވިއެވެ.

އިހަވަންދޫ ކައުންސިލަށް އިންތިހާބު ވެލައްވާފައިވާ އެމްޑީޕީގެ 5 މެމްބަރުން، އެބޭފުޅުންގެ މެނިފެސްޓޯގައި ފާހަގަ ކޮށްފައިވަނީ، ގޭބިސީތަކަށް ދުމުގެ އަސަރު ފޯރާގޮތަށް ކުނި އެންދުން ވަގުތުން ހުއްޓާލާނެ ކަމުގައެވެ. 

އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އަސުރުމާކުލަިއގެ ކުދިންގެ ސަބަބަުން އިހަވަންދޫގެ ރައްޔިތުން ހަލާކުވެ ނެތި ހިނގާދާނެ

– 16 ޖުލައި 2017 2