ކުނިގޮނޑުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

1 އޭޕުރީލު 2018 0

ހއ. އިހަވަންދޫ ކުނިގޮނޑުގައި އަލިފާން ރޯވުމާއި ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ހދ.ކުޅުދުއްފުށި ފަޔަރސްޓޭޝަންގެ ފަޔަރމަނުން ހަރަކާތްތެރިވެއްޖެއެވެ.

ކުނިގޮޑަށް ކުނި އަޅަމުން ދަނީ އަންދާ ކުންޏޭ ނާންދާ ކުނި ވަކިން ކަމަށްވާއިރު، މިއަދު އަލިފާން ރޯވެފައި ވަނީ ނާންދާ ކުނި (ދަނގަނޑު ފުޅި، ޕުލާސްޓިކު ފަދަ ތަކެތި) ހުރި ސަރަހައްދުގައެވެ.

އެމްއެންޑީއެފް އިން ރިޕޯރޓުކޮށްފައިވާ ގޮތުގައި އަލިފާނުގެ ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ނޮދަން އޭރިއާ އަށް ލިބިފައިވަނީ މިއަދު ހަވީރު 15:00 ހާއިރު އެވެ. މި ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން އިހަވަންދޫއަށް އައިސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެ ކުރި މަސައްކަތުން މިރޭ 7:30 ގައި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ރިޕޯރޓު ކޮށްފައި ވެއެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ