ކުނި އުކައިދިނުމުގެ ހިދުމަތް އަލުން ފަށައިފި

31 އޮކްޓޫބަރު 2018 0

އިހަވަންދޫގެ ގެތަކުން ކުނި އުކައިދިނުމުގެ ހިދުމަތް މެދުކެނޑިފައި އޮތުމަށްފަހު މިއަދުން ފެށިގެން އެ ހިދުމަތް އަލުން ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އިހަވަންދޫ ބުރާންޗުން ބުނެފައި ވަނީ އިހަވަންދޫގެ ކުނިގޮނޑަށް ދިމާވި މައްސަލައަކާއި ގުޅިގެން ކުނިއުކުމުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު، ހއ. އިހަވަންދޫ ކައުންސިލުން ކުނިގޮނޑުގެ މައްސަލަ ހައްލުކުރުމާއި ގުޅިގެން 31 އޮކްޓޯބަރު 2018 ވަނަ ދުވަހުން ފެށިގެން އަލުން ކުނި އުކާދިނުމަށް ފަށާފައިވާ ކަމަށެވެ.

ފެނަކަ އިހަވަންދޫ ބުރާންޗުން ދެމުން ގެންދާ ކުނި އުކައިދިނުމުގެ ހިދުމަތް މެދުކަނޑާލީ، ކުނިގޮނޑު މެނޭޖު ނުކުރެވި އިހަވަންދޫ ކުނިގޮނޑަށް ދާން ހުރިމަގުތަކާއި އެކު ކުނިން ބެދުމުގެ ސަބަބުން ނެވެ. އެމައްސަލަ މިހާރު އިހަވަންދޫ ކައުންސިލުން ވަނީ ހައްލު ކޮށްފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ