ކުނިގޮނޑުން އަރާ ދުމުން އުނދަގޫވާ މިންވަރު ބައެއްފަހަރު ބޮޑުވަނީ ކީއްވެގެންކަން އެނގޭތަ؟ — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

04 ދުވަސް

ކުނިގޮނޑުން އަރާ ދުމުން އުނދަގޫވާ މިންވަރު ބައެއްފަހަރު ބޮޑުވަނީ ކީއްވެގެންކަން އެނގޭތަ؟

7 ޖުލައި 2016 6

ކުނިގޮނޑުގައި ފައިބަރު ވޭސްޓު ތަކެއް އަނދަމުން ދަނީ. 7 ޖުލައި 2016

އިހަވަންދޫގެ ކުނިގޮނޑުން އަރާ ދުމުގެ ސަބަބުން ދިމާވަމުންދާ ސިއްހީ ގެއްލުން ތަކުގެ ސަބަބުން އިހަވަންދޫގެ ގިނަރައްޔިތުން ތަކެއް އެކަމުގެ ޝަކުވާ ކުރަމުންދާތާ އެތައް ދުވަހެއް ވީ އެވެ. ކޮނެމެވެސް ސަބަބު ތަކަކާހުރެ މިއަދާ ހަމައަށްވެސް ކުނިގޮނޑުގެ މައްސަލަ އޮތީ ހައްލު ނުވެފައެވެ. ކަމާބެހޭ ފަރާތްތަކަށް ރައްޔިތުންގެ ޝަކުވާތައް އަޑު "ނީވޭ" ކަން ނޭގެ އެވެ. ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތި އުނދަނގޫ "ނުފެންނަނީ" ކަން ނޭގެ އެވެ. ރައްޔިތުންނަށް ޖެހެމުންދާ ބަލިމަޑުކަމާއި ކުނިގޮނޑާއި ގުޅުން ވާކަން "ގަބޫލު ނުކުރެވެނީ" ކަން ނޭގެ އެވެ.

ދައްކަން މިއުޅެނީ ކުނިގޮނޑުން އަރާ ދުމުން ވާ ގެއްލުން ތަކުގެ ވާހަކަ އެއް ނޫނެވެ. ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތި އުނދަގުލުގެ ވާހަކައެއްވެސް ނޫނެވެ. ކުނިގޮނޑުގެ ސަބަބުން ރަށުގައި އުފެދެމުންދާ ބަލިމަޑު ކަމުގެ ވާހަކަވެސް ދައްކާކަށް ނެތީމެވެ.

އެއީ ކުނިގޮނޑެވެ. ރޭގަނޑަކަސް، ދުވާލަކަސް އަބަދާއި އަބަދު އަނދަ އަނދައި ހުންނަ ރައްޔިތުންނަށް "ހިދުމަތް" ކުރުމުގައި ދެމި އޮތް ކުނި ގޮނޑެވެ. ކުނިގޮނޑުން ލިބެމުންދާ "އަރާމް" ވަހަށް ގިނަ ރައްޔިތުންތަކެއް ހޭނި، އާދަވެފައި ތިބިނަމަވެސް، ބައެއް ދުވަސް ދަވަހު ކުނިގޮނޑުން އަރާ ދުމުގެ ސަބަބުން "ލިބޭ ހިތްހަމަޖެހުން" ބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟ "ހިތްހަމަޖެހުން" ބޮޑުވެ، އެނބުރުން އަރާ، ނޭވާލުމަށް އުނދަގޫ ވަނީ ކީއްވެ ހެއްޔެވެ؟  

ދެންވެސް ދައްކަން މިޖެހެނީ އައު ވާހަކަތަކެއް ނޫނެވެ. އެތައް ފަހަރެއްގެ މަތިން ދައްކާފައިވާ ވާހަކަ ތަކެކެވެ. މިއަދު (7 ޖުލައި 2016) ގައި އަނެއްކާ މިވާހަކަތައް އެހެން ރާގެއްގައި ނަމަވެސް ދައްކަން މިޖެހުނީ، މިއަދުވެސް މިބުނާ ޒާތުގެ "އަރާމުކަން" ލިއްބައިދޭ ވަހެއް ދުވާތީ މިއަދުވެސް ކުނިގޮނޑު ބަލާލީމެވެ. ސަބަބު ވަރަށް ސާފެވެ. ކަޅުދުން ޖަހާލާފައި އަނދަމުން އެދަނީ ގޭގެއިން އުކާލާ ކުނި ބުންޏެއް ނޫނެވެ. އިހަވަންދޫގެ "އިގުތިސާދީ މަސައްކަތް" ކުރާ ސަރަހައްދުން އުކާލާފައިވާ ކުނިބުންޏެވެ. ފައިބަރު ވޭސްޓެވެ، ފައިބަރު ފޯމް ތަކެވެ، ފައިބަރު މެޓު ތަކާއި ފައިބަރު ރެސިން އާއި ޖެލް އުނގުޅާފައިވާ ފައިބަރު ކެހެރި ތަކެވެ. އަޅުގަނޑު މިވާހަކަ މިދައްކަނީ ވަރަށް ސިއްރު ސިއްރުން ނެވެ. ރަށުގެ އިގުތިސާދީ މަސައްކަތަކާ ދެކޮޅު ހަދާ މީހުންގެ ލިސްޓުގެ 1 ވަނަ އަށް އަރަން ބޭނުން ނުވާތީ އެވެ.

ކުނިގޮނޑުގައި ރޯކޮލަށްލަން ތައްޔާރު ވެފައި ހުރި ފޯމް ތަކެއް

ފަރުދީ ހައިސިއްޔަތުން މިކަމަށް ހައްލެއް ގެނައުމަށް އަޅުގަނޑު ކުރި އެތައް މަސައްކަތް ތަކަކުން ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ "އެއީ" ރަށުގެ އިގުތިސާދުގެ މުހިއްމު މަސައްކަތެއް ކަމަށެވެ. ޖަވާބު ހުރީ އެކަމަށް ހައްލެއް ގެނައުމަކީ ނާދިރު ކަމެއް ގޮތަށެވެ. ހައްލުކުރުމަށް މަސައްކަތް ކުރާމީހުން ލޭބަލް ވެގެން ދަނީ ސިޔާސީ ބައެއްގެ ގޮތުގައެވެ. އެކި ރައްޔިތުން އެމީހުންގެ ކަންބޮޑުވުން ފާޅު ކުރާނީ އެކި ގޮތަށެވެ. "ވެރިން" ރައްޔިތު މީހާއަށް މޮޔައަށް ގޮވައި ގޯހުން ދާ ކަންތައް ރަނގަޅު ކުރުމަށް ކުރާ މަސައްކަތް ހުއްޓުވަން އުޅޭތަން ފެންނާތީ "ވެރިން" ގެ ވިސްނުމާއި، ނިޔަތާއި މެދު ސުވާލު އުފެދެއެވެ. ރަނގަޅު ވާހަކަ އެކެވެ. އެއީ އިގުތިސާދީ މަސައްކަތެކެވެ. އެކަމާ އަޅުގަނޑު ދެބަސްވަނީކީ ނޫނެވެ. އެކަމަކު އިގުތިސާދީ މަސައްކަތެއް ކުރުމަށްޓަކައި ރައްޔިތުން "ކަތިލަން" ޖެހޭނެބާވައެވެ. 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މަށަށް ކުރިންވެސް ހީވި ހަމީދުބޭ ކުނިގޮނޑުގެ ވާހަކަ ދެއްކުން ހުއްޓާލާ ފޭސްބުކުގަ ކޮށްފަހުރި ޕޯސްޓުތަކާ އެއްޗެތި ޑިލީޓު ކުރީމަ ސިޔާސީ ޕުރެޝަރެއް އާ ހެން․ މިލިޔުން ކިޔާލީމަ ޔަގީން ވެއްޖެ․

– 7 ޖުލައި 2016 0

ކައުންސިލަރުން ފޭލި ވެފައިވަނީ ހާދަހާ ބޮޑަކަށެވެ․

– 7 ޖުލައި 2016 0

ހިތެއް އޮތިއްޔަ މިކަން ހައްލު ކޮށްދީބަލަ ވެރިންނޭ․․․

– 7 ޖުލައި 2016 0

ބަލަ ހަމީދޫ ކަލޭއަށް އެކަނި ތިޔަ ކުނިގޮޑުން ފައިދާ ލިބެނީ․ އަހަރެމެންނަށް ތި ކުނި ގޮޑުން ލިބޭ އެއްވެސް މަންފާއެއް ނެތް․ އަހަރުމެންނަށް ޖެހެނީ މުޅި ރަށުން ކުނި ހޮވަން․ މިއަދުވެސް މުޅި ރަށުން ކުނި ހޮވަން ގޮސްފިން․

– 7 ޖުލައި 2016 0

ކައުންސިލްގެ ޑިރެކްޓަރާއި ކައުންސިލަރުން މިހާރުން މިހާރަށް އިސްތިއުފާ ދެއްވަވާ!

– 8 ޖުލައި 2016 0

ރަނގަޅު ލިޔުމެއް! ހަމީދު އަށް ސާބަސް

– 8 ޖުލައި 2016 0