ކުނިވެރިކަން — Ihavandhoo.com

ކުނިވެރިކަން

2 އޮގަސްޓު 2018 3

ހަވީރުގެ ހިތްގައިމު ވަގުތެވެ. އަތިރިމައްޗަށް ޖެހެމުންދިޔަ ނަލަ ރޯޅިތަކުން މީހުންގެ މޫނުމަތި އުޖާލާކުރަމުން ދިޔައެވެ. އަހަރެންވެސް މިހިތްގައިމުކަން ހޯދުމަށް އަތިރި މައްޗަށް ނުކުމެލީމެވެ. އަތިރިމައްޗަށް ނުކުމެވުމުން އަހަރެން މިސްރާބު ޖެހީ އިރުމަތީފަރާތު މަސްކަޑަޔަށެވެ. އެތަނުގައި މަސްބާނަން ތިބި މީހުންގެ މަސައްކަތްތައް ކުރިޔަށްދަނީ ކިހާވަރަކަށްތޯ ބަލައިލުމުގެ ގޮތުންނެވެ.

އަހަރެން: ކޮބާ އައްޔާ (އަސްލު ނަމެއްނޫން) ކިހިނެއް މަސްވެރިކަން ؟؟

އައްޔަ: އަހަރެން މިކަމަކަށް މަސްވެރިކަމެކޭ ނުކިޔާނަން!!

އަހަރެން: އެއީ ކީއްވެ؟ އެއްޗެއް ނުބެވެނީދޯ؟

އައްޔަ: ނޫނޭ. ބާލިދީ ބަލައިލަބަލަ ތިހުރީ ބޭނިފައި ހުރިހާ މަސް!!

އަހަރެން: (ބާލިދީއަށް ނަޒަރު ހިންގާލައިފައި) މި ރަނގަޅެއްނު؟؟ ދެން ކީއްވެ މަސްވެރިކަން ނުކިޔަންވީ؟؟

އައްޔަ: ބަލަ ތިބާލިދީގައި ހުރި މަހަށްވުރެއް ގިނައިން އަހަރެން މިފަޅުން ކުނި ބާނައިފިން ، އެހެންވީމަ މަސްވެރިންކަން ކިޔުމަށްވުރެއް ރަނގަޅުވާނީ ކުނިވެރިކަން ކީމަ، މުށިމަސްގަނޑު މިއޮތީ މިތަނުގައި، އެހެންނަމަވެސް މިތަނުން ގިނަ ފަހަރު ބެވެނީ ކުނި، މިއޮތި މިތަން އޮތްގޮތް !!

އައްޔަ އެހެން ބުނުމުން އަހަރެންވެސް އެދިމާލަށް ބަލައިލީމެވެ. ކުނި ގޮނޑަކަށްވުރެ ވަކިދެރައެއް ނޫނެވެ. އާއިކެވެ. އިހަވަންދޫގެ ފަޅަކީ ކުނިގޮނޑެކެވެ. އެފަޅަށް ކުނިއެޅޭ މިންވަރު ގިނަވެއްޖެއެވެ. އޮޔާއި ވައިގެ ސަބަބުން އެޅޭ ކުނިތަކާއި މީހުންގެ ނާތަހުޒީބުކަމުން އެޅޭ ކުނިތަކުން މުޅި ފަޅުތެރެ ތަޣައްޔަރުވެއްޖެއެވެ. މިކަންކަމަށް ހައްލުހޯދޭނީ އެމީހެއްގެ އަމިއްލަ ފަރުދީ ޒިންމާ އަދާކުރެވިގެންނެވެ. އަދި ހަމަ އެހެންމެ ކަމާބެހޭ ފަރާތަކަށް ފަޅު ސާފުކުރާނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސިގެންނެވެ. އެތަނުން އެންމެންވެސް ދެކެން ބޭނުންވާނީ ހިތްގައިމު ރީތި ފަޅެކެވެ. އިންތިޒާމެއް ރޭވުންތެރިކަމެއް ނެތް ކުނިގޮނޑެއް ނޫނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Very true

– 3 އޮގަސްޓު 2018 0

yes. mihen vaanjeheyne. siyaasee nuve abadhuves mikahala gothakah heylun therikan ithuru kuran v. varah rangalhu liyumeh. varah thafaathu ufehdhumeh

– 3 އޮގަސްޓު 2018 0

ކޮނެމް އެއްޗެއްވެސް ސިޔާސީ ކުރީމާ ސިޔާސީ ވާނެ․․․․ ސިޔާސީ ނަޒަރުން ނުވިސްނީމާ ސިޔާސީ ނުވާނެ․․․ ދިވެހިން މޮޔައީ․․․

– 6 އޮގަސްޓު 2018 0