އިހަވަންދޫ ކައުންސިލުން، ތަރައްޤީގެ ޕްލޭން އަދި ފައިނޭންޝަލް ޕްލޭން ނުފޮނުވާ — Ihavandhoo.com

އިހަވަންދޫ ކައުންސިލުން، ތަރައްޤީގެ ޕްލޭން އަދި ފައިނޭންޝަލް ޕްލޭން ނުފޮނުވާ

28 ޑިސެމްބަރު 2016 2

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ 108 ވަނަ މާއްދާގެ (ބ) އަދި 109 ވަނަ މާއްދާގެ (ބ) ގެ ދަށުން ރަށުކައުންސިލްތަކުން ތައްޔާރުކުރަންޖެހޭ ތަރައްޤީގެ ޕްލޭން އަދި ފައިނޭންޝަލް ޕްލޭން، ފޮނުވަންޖެހޭ މުއްދަތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ނުފޮނުވާ ކައުންސިލްތަކުގެ ތެރޭގައި އިހަވަންދޫ ކައުންސިލް ހިމެނިއްޖެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ރައްޔިތުންގެ ބައިވެރިވުމާއިއެކު ތަރައްޤީގެ ޕްލޭން އަދި ފައިނޭންޝަލް ޕްލޭން، މަދުވެގެން ކޮންމެ ފަސްއަހަރަކުން ތައްޔާރުކުރަންޖެހެއެވެ.

ލާމަރުކަޒީ ޤާނޫނުގައި ބުނާ މުއްދަތުގައި ތަރައްޤީގެ ޕްލޭން އަދި ފައިނޭންޝަލް ޕްލޭން އެއްވެސް ސީޓީ ކައުންސިލަކުން ހުށަހަޅާފައި ނުވާކަމަށް އެލްޖީއޭއިން ހާމަކުރެއެވެ. ލާމަރުކަޒީ ޤާނޫނުގައި ބުނާ މުއްދަތުގައި ތަރައްޤީގެ ޕްލޭން 14 އަތޮޅު ކައުންސިލަކުން ފޮނުވާފައިވާއިރު، ޤާނޫނުގައިވާ ގޮތަށް ފައިނޭންޝަލް ޕްލޭން ފޮނުވާފައިވަނީ 10 އަތޮޅުކައުންސިލަކުންނެވެ. އެލްޖީއޭއިން ހާމަކުރާގޮތުގައި ޤާނޫނާއި އެއްގޮތަށް 66 ރަށު ކައުންސިލަކުން ތަރައްޤީގެ ޕްލޭން ފޮނުވާފައިވާއިރު، ފައިނޭންޝަލް ޕްލޭން ފޮނުވާފައިވަނީ 56 ރަށު ކައުންސިލަކުންނެވެ.

ހއ އަތޮޅުކައުންސިލުން ލާމަރުކަޒީ ޤާނޫނުގައި ބުނާ މުއްދަތުގައި ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވާފައިވެއެވެ.

އިހަވަންދޫ ކައުންސިލުން، ލާމަރުކަޒީ ޤާނޫނުގައި ބުނާ މުއްދަތުގައި ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވާފައިނުވަނީ ކީއްވެތޯ ކައުންސިލަރު އަލީ ރަމީޒް އާއި ސުވާލުކޮށްލުމުން އެބޭފުޅާ ވިދާޅުވީ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން އަދި ނުފޮނުވިވަނީ ތައްޔާރުކޮށް ނުނިމޭތީ ކަމުގައެވެ. އެކަމަކީ ރައްޔިތުންގެ ބައިވެރިވުމާއިއެކު ކުރަންޖެހޭ ކަމެއްނޫންތޯ އާއި އެކަމުގައި ރައްޔިތުންގެ ބައިވެރިވުން ހޯދާތޯ ސުވާލުކޮށްލުމުން އެބޭފުޅާވިދާޅުވީ، އެކަން ކުރިޔަށްގެންދަނީ ރައްޔިތުންގެ ބައިވެރިވުން ނުހޯދާކަމުގައެވެ.

އިހަވަންދޫ ކައުންސިލް, ހއ.އަތޮޅު ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ދެން އަންނަ އިންތިހާބުގަ ވޯޓް ދޭއިރު ސަމާލުވާންޖެހޭ ޤާނޫނީ ޒިންމާ އަދާ ކުރެވޭވަރުގެ ބަޔަކު ކައުންސިލަށް ހޮވަން.. ބަހަނާ ދައްކާފަ ކަންކަމުން ރެކޭ މީހުން ތިބެގެން އެއްކަމެއްވެސް ނުވާނެ.. މި ހއ ގަވެސް އޮތް އެންމެ ކަޑަ ކައުންސިލް މިއީ

– 29 ޑިސެމްބަރު 2016 0

ކިޔެއކުރަން ފޮނޫވާއެއްޗެއް މި ސަރުކާރަކު އެއްވެސް ޔަގީން ކަމެއްނެތް ކޮށްދޭނެކަމަށް

– 29 ޑިސެމްބަރު 2016 0