ލޯބިވާކަން ހާމަ ކުރުމުން ލިބުނު ހަދިޔާ

16 މާރިޗު 2014 8

(އިނގިރޭސި ލިޔުމެއްގެ ތަރުޖަމާއެއް) މެދުއުމުރަށްދާ ޒުވާން ފިރިހެނަކު، އެއްދުވަހު އޭނާގެ ގޭގެ ސިޓިންގ ރޫމުގެ ފާރުގައި ފޮޓޯ ލޯގަނޑު ތަކެއް ހަރުކުރުމުގެ މަސައްކަތުގައި އަވަދި ނެތި އުޅެމުން ދިޔައެވެ. އޭނާ ފޮޓޯލޯގަނޑުތައް ހަރުކުރަމުން ދަނީ ފާރަށް މޮހުރު ޖަހައިގެން، އެމޮހޮރުގައި ފޮޓޯލޯގަނޑު އަޅުވައިގެންނެވެ. ފާރަށް މޮހޮރު ޖެހުމުގެ ތެރޭގައި ބައެއް މޮހޮރުތައް ބަޅުވެގެން ސިޓިންގ ރޫމުގެ ތަޅަމަށް ވެއްޓެމުން ދިޔައެވެ.

އޭނާގެ 4 އަހަރަށް ދާ އަންހެން ދަރިފުޅު ސިޓިންގ ރޫމުގައި އޭނާގެ ހަލަނި އުޅުމުގައި އުޅެމުން ދެއެވެ. ބައްޕަ އާއި އެކު ކުޅެން ބޭނުންވެފައި ހުރި ދަރިފުޅު، މިހާރު ދެތިންފަހަރު އޭނާގެ ބައްޕައަށް ގޮވާލައިފި އެވެ. އެހެންނަމަވެސް ދަރިފުޅުގެ ގޮވުމަށް އެއްވެސް ވަރަކަށް ސަމާލުކަމެއް ނުދީ ޒުވާނާ ދިޔައީ އޭނާގެ މަސައްކަތުގައި ކުރިއަށެވެ. އެންމެ ފަހުން ދަރިފުޅުގެ ސަބަބުން މަސައްކަތައް އެޅެމުންދާ ހުރަހާއި ހެދި، "ބޭރަށްގޮސް ބޭބެ އާއި އެކީ ކުޅެލަން" ދިޔުމަށް ޒުވާނާ އޭނާގެ ދަރިފުޅުގެ ކިބައިން އެދުނެވެ. އޭނާގެ ދަރިފުޅު ބޭރަށް ދިޔައީ ތަޅަންމައްޗަށް ވެއްޓިފައި ހުރި މޮހޮރުތަކުން ދެތިން މޮހޮރު ހިފައިގެން ނެވެ.

ކުޑައިރުކޮޅެއްފަހުން ޒުވާނާގެ އެންމެ ދޮއްޓަށް ހުންނަ ފިރިހެން ދަރިފުޅު ދުވަމުންއައިސް "ބައްޕަގެ ކާރުގަ ކޮށްކޮ، މޮހޮރަކުން ކުރަހާބަ" އޭ ބުންޏެވެ. ގަތް ފަހުން އަދި މަސްދުވަސް ވެސް ނުވާ އައު ކާރުގަ މިހާރު ކޫރުން އެޅިފައި ހުންނާނެ ވަރު ހިތަށްއެރުމާއި އެކު، ޒުވާނާގެ ރުޅިގަނޑު ކޮންޓުރޯލުން ނެއްޓުނެވެ. ބާރު ބާރަށް ދުވެފައިކަހަލަ ގޮތަކަށް ގޮސް، ކާރުގައި ކުރަހަން ހުރި ދަރިފުޅުގެ އަތުގައި ހިފައި ދަމާގަތެވެ. ދަރިފުޅު ދަމަމުން ކަހަލަ ގޮތަކަށް ގަރާޖު ކައިރީ ރާނާފަ ހުރި ތިރި ފާރު ކައިރިއަށް ގެނެސް ދަރިފުޅުގެ އަތުގައި އޮތް މޮހޮރު އަތުލައި އަތުގައި ތަޅައިގަތެވެ. ކޮންޓުރޯލުން ނެއްޓިފައިވާ ޒުވާނާއަށް، ދަރިފުޅު އަތުގައި ތެޅެމުން މިދަނީ މަރުތޭލަކުން ކަން ރޭކަލީ އިރު މަރުތޭލާއި ދަރިފުޅުގެ އަތް ވަނީ ލެއިން ކަޅިވެފައެވެ.

ޒުވާނާއަށް ހޭވެރިކަން ވުމާއި އެކު ދަރިފުޅު، ގެއާއި އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަށް ގެންދިޔައެވެ. ޒުވާނާގެ ދަރިފުޅުގެ އެމަރޖެންސީ އޮޕަރޭޝަން އެއް ކުރެވުނެވެ. ކަނާތުގެ އަތުގެ އިނގިލިތަކުގެ ކަށިތަކަށް ލިބިފައިވާ ގެއްލުން ޑަކުޓަރުންނަށް ފަރުވާދެވޭ ވަރަށްވުރެ ބޮޑުވެފައި ވުމުގެ ސަބަބުން ޒުވާނާގެ ދަރިފުޅުގެ އަތުގެ އެންމެ އިނގިއްޔެއް ވެސް ސަލާމަތެއް ނުކުރެވުނެވެ.

ހޮސްޕިޓަލުގައި ވާޑުގައި އެނދުމަތި ކުރެވިފައިވާ ދަރިފުޅަށް ބައްޕަ ފެނުމާއި އެކު ބައްޕައަށް ގޮވާލީ އަސަރާއި އެކު އެވެ. އަދި "ބައްޕަގެ ކާރު ހަޑިކޮށްލެވުނީތީ މާފުކޮށްދިނުމަށް" އެދުނު އިރު އެތުއްތު ދަރިފުޅުގެ ލޮލުން ކަރުނަތައް އޮހެމުން ދެއެވެ. "ބައްޕާ އެވެ. އަހަރެން ދެން ބައްޕަގެ ކާރަށް އެއްވެސް ގެއްލުމެއް ނުދޭނަން ކަމަށް ވަޢުދު ވަމެވެ. ބައްޕާ އެވެ. އަހަރެންގެ އިނގިލިތައް އަނބުރާ ލިބޭނީ ކޮން އިރަކުން ތޯއެވެ؟" ދަރިފުޅުގެ ވޭނީ ސުވާލުގެ އަޑި އިވުމުން ދޭނެ ޖަވާބެއް ނޭނގި ބަސްހުއްޓިފައި ޒުވާނާ އަށް އިނދެވުނެވެ. ނުބައި ޝައިތޯނެއްފަދަ ގަދަފަދަ ރުޅިގަނޑު މައިތިރި ނުކުރެވި އަތުން ފައިން ހެދުނު ގޯހާއި މެދު ހިތާމަ ކުރާ ހާލު ޒުވާނާ ވާރޑުން ނުކުމެގެން ދިޔައެވެ.

ވާރޑަކުން ނޫނެވެ. ހޮސްޕިޓަލުން ވެސް ނުކުތެވެ. ހެދުނު ގޯހާއި ހެދި ހިތް ހަލާކުވާން ވެފައިވާ ޒުވާނާ ހޮސްޕިޓަލުގެ ގޯތި ތެރޭގައި ޕާކު ކޮށްފައި އޮތް އޭނާގެ ކާރު ގައި އެތައް ފަހަރަކު ކޮޅުފައިން ޖެހި އެވެ. ހެދުނު ގޯސް އިޔާދަ ނުކުރެވޭނެ ކަން އެނގި ހުރެ ޒުވާނާ އައިސް ކާރުގެ ކުރިމަތީގައި ބިންމަތީގައި ދެކަކޫ ޖަހައިގެން އިށީނެވެ. އިސްއުފުލާ ކާރާއި ދިމާއަށް ބަލާލިވަގުތު ކާރުގެ ކުރީ ކޮޅުގައި ދަރިފުޅު ކުރަހާފައިވާ ކުރެހުން ފެނުނެވެ. އެއީ ކުރެހުމެއް ނޫނެވެ. ލިޔުން ކޮޅެކެވެ. އެލިޔުން ފެނުމާއި އެކު ޒުވާނާގެ ބަޑި ފަޅައިގެން ދިޔައެވެ. އެއީ ތިން ލަފުޒުގެ އިނގިރޭސި ޖުމުލައެކެވެ. "ލަވް ޔޫ ޑޭޑް" (ބައްޕަދެކެ ލޯބި ވަމެވެ).

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އަޅެ. ރޮއްވާލާފި.

– 16 މާރިޗު 2014 0

އެހެންވީމަ ހަމަ ރުޅި އަކީ ނުބައި ޝައިތޯނެއްފަދަ އެއްޗެއްތާ ދޯ؟

– 16 މާރިޗު 2014 0

ހާމީނު އަށްވުރެ ދެރަ

– 17 މާރިޗު 2014 1

ޙާމީނުގެ ވާހަކަތައް މާ މޮޅު

– 17 މާރިޗު 2014 1

ވަޓް ދަ ހެކް

– 17 މާރިޗު 2014 0

ތިީއީ ތަރުޖަމާަަަަައެއް

– 17 މާރިޗު 2014 0

ހާމީން މާމޮޅު!!!!

– 18 މާރިޗު 2014 2

މަށަށް ހަމަ ޔަގީން މިއީ ތަރުޖަމާއެއް ކަން

– 16 މެއި 2014 0