ލޮސްޓް — Ihavandhoo.com

ލޮސްޓް

12 އޭޕުރީލު 2014 1

ލޮސްޓް - ޓީވީ ސީރީޒްގެ ކަވަރ ފޮޓޯއެއް.

 

މިވާހަކަ ފެށެނީ 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 22 ވަނަ ދުވަހުއެވެ. އޮސްޓްރޭލިއާގެ މަޝްހޫރު ސިޑްނީގެ އެއާރ ޕޯޓުންނެވެ. ސިޑްނީގެ އެއާރ ޕޯޓުން ފުރައިގެން އެމެރިކާގެ ލޮސް އެނޖަލީސް އަށް ދަތުރުކުރަން ނައްޓާލި ފުލައިޓްގައި ޖުމްލަ 324 މީހުން ހިމެނެއެވެ.

އެދުވަހު ދަތުރަށްފުރި އެހެން ފުލައިޓްތަކެކޭވެސް އެއްގޮތަށް މިބޯޓްގައިވެސް ތަފާތު ނަސްލުތަކުގެ ތަފާތު ގިންތިތަކުގެ އަދި ހަމައެހެންމެ ތަފާތު ވިސްނުމާއި ފިކުރުތަކުގެ ތަފާތު ބަޔަކު ހިމެނުނެވެ. އެމީހުންގެތެރޭގައި، ޑޮކްޓަރެއްގެ އިތުރުން، ކުއްވެރިއަކާއި، އިރާޤަށް ނިސްބަތްވާ ސިފައިންގެ މީހަކާ، މަސްތުވާތަކެއްޗަށް ދެވިހިފައިފާވާ ރޮކް ލަވަކިޔުންތެރިއެއް ހިމެނުނެވެ.

އަދި ހަމައެހެންމެ، ދުނިޔެގެ ކަންކަމުގައި މާސިރިއަސްނޫން މީހަކާއި، ނަސީބު އަތުގައި ހިފައި އެތައް މިލިޔަން ޑޮލަރެއް ލިބުނު ލޮޓަރީ ވިނާއެއްވެސް ހިމެނުނެވެ. މިއެންމެންގެ ތެރޭގައި ކޮރެއާއަށް ނިސްބަތްވާ އަދަޔާ ހިލާފް ދެމަފިރިއަކުވެސް ވެއެވެ. އަދި ހަމައެހެންމެ މަންމައަކަށް ވުމުގެ މަގުތަމީގައިވާ، ހުވަފަތް އަންހެނަކުވެސް ވިއެވެ. އަދި އޭނާގެ ދިރިއުޅުމުގެ މަގު އަނދިރިވެ ދެފައިގެ ބޭނުން ނުހިފި، ދިރިއުޅުންމަތިން ފޫހިވެފައިވާ މީހަކުވެސް ހިމެނުނެވެ.

މި އެންމެނާ އެކުގައި އޯޝިއާނިކް ފުލައިޓް ނަންބަރު 815 ދަތުރު ކުރަމުން ދިއައީ އާދައިގެ މަތިން ފުލައިޓްގެ ހުރިހާ ކަމެއް ޓެސްޓްކޮށް ޔަޤީންކުރުމަށްފަހުގައެވެ. ނަމަވެސް...

މުޅިހާލަތު ބަދަލުވެގެންދަނީ، ފުލައިޓްގެ އެއް އިންޖީނުގައި އަލިފާންރޯވެ، ފަލައިޓުން ދަތުރުކުރި އެތައްބަޔަކާއެކުގައި ފުލައިޓް ވެއްޓުމާ ގުޅިގެންނެވެ. ފުލައިޓް ދެބުރިވެ އެއްބައި ވެއްޓެނީ ކަނޑަށެވެ. އަދި އަނެއްބައި ގޮތް ނޭންގޭ ރަށަކަށެވެ.

މިރަށަކީ މުޅިން އާދަޔާ ޚިލާފް ރަށަކަށް ވިއެވެ. އެރަށުން މުޅިން އާދަޔާ ޚިލާފް ކަންތައްތަކެއް އެމީހުންނަށް ފެންނަމުންދިއައެވެ. އަދި އެރަށަކީ ސިއްރުތަކެއް އެކުލެވޭ ރަށެއްކަން ހާމަވަމުން ދެއެވެ. އެތައްބަޔަކަށްޓަކައި، ގޮތްނޭންގޭ ބަޔަކާ ހަނގުރާމަކޮށް ބައެއް މީހުން ފުރާނަ ދުއްވާލަން މަޖުބޫރުވަމުންދިއައެވެ.

މިގޮތުގައި މިމީހުންގެ ދިރިއުޅުން ހެދަކުރަމުންދާތާ 108 ދުވަސްފަހުން ނަސީބު އަތުގައި ހިފައެވެ. ރަށުގެ ސިއްރުތައް ހާމަވަމުންގޮސް، އެހެންބަޔަކާ، މުޥާސަލާތުކުރެވޭނެ މަގު ތަނަވަސްވެ، އެމީހުންގެ އަމިއްލަ ޤައުމަށް އެނބުރިދިއުމަށް ފުރުޞަތު ލިބެއެވެ. އެއީ އޭގެތެރެއިން އެންމެ 6 މީހުންނެވެ.

ނަމަވެސް، އަޖާއިބަކީ، އެމީހުން ރަށަށް އަންނައިރު އެމީހުންނަކީ މަރުވެފައިވާ ބައެއްގެ ގޮތުގައި ހަށިތައް ހޯދާ ވަޅުލާފައިވާ ބަޔަކަށް ވުމެވެ.

ބޯޓުގެ ބައިތައް ކަނޑުއަޑިން ނަގާފައި ވުމެވެ. ހަޤީޤަތް ހޯދުމަށް ކުރާ މަސައްކަތުން ހަޤީޤަތް ހާމަވެއެވެ. އެރަށަކީ، ވަޒަންވެރިން ކަމުގައި ދެކެމުން އާބަޔަކު، އެރަށް ހިމާޔަތްކުރުމަށް މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެރަށުން ބޭރަށް އެރަށުގެ ޚަބަރުތައް ހިނގާދާނެކަމަށްޓަކައި، އެރަށުގައި ދިރިއުޅޭ އެބައިމީހުންގެ އެންމެ އިސްމީހާގެ ރޭވުމުގެމަތިން، އޯޝިއާނިކް ފުލައިޓް ނަންބަރު 815 އާ އެއްގޮތަށް ބާވެފައިވާ ފުލައިޓެއްގެ ތޮށިގަނޑު ފަރުމާކޮށް، ސީލްޖަހާ، ކަނޑަށް ފައްތައެވެ. އަދި ފުލައިޓް ނަންބަރު 815 ގައި ދަތުރުކުރި ޕަސެންޖަރުންގެ ހަށިތަކާ އެއްވަރަށް ގަބުރުސްތާނެއް ކޮނެ ހަށިނަގައިގެން ގެނެސް ކަނޑަށް އަޅައެވެ. އަދި ތަހުލީލުކުރާ ޑޮކުޓަރުންނަށް ރިޝްވަތުތީ، އެމީހުންގެ ޑީއެންއޭ ސާމްޕަލްތައް އޮޅުވައިލައެވެ. މިހުރިހާކަމެއް ކުރަނީ އެރަށް ހިމާޔަތް ކުރުމަށެވެ. އެރަށުގެ ހަޤީޤަތް ހާމަވެދާނެތީއެވެ. ގެއްލިފައިވާ މީހުންގެ ފަރާތުންވިޔަސް މެއެވެ.

ފުލައިޓަށް ވާނުވާ ނޭންގިފައިތިބި މީހުންނަށް ފުލައިޓް ފެނުނު ޚަބަރު ލިބެއެވެ. ކަނޑުގެ އަޑިން ފުލައިޓް ނެގި ޚަބަރެވެ. އެންމެން މަރުވެފައިވާ ޚަބަރެވެ. އިތުރަށް ވާހަކަ އެނގެން ބޭނުންނަމަ، ލޮސްޓް ސީރީސް ބަލައިލާށެވެ. އަހަރެން ބުނަންމިއުޅެނީ ފުލައިޓް އެމްއެޗް 370 އަށްވީ ކިހިނެއް ހެއްޔެވެ؟

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މިސައިޓު ހާދަ އަޕްޑޭޓް ނުވެޔޭދޯ... ރަށުގައި ކަމެއް ނެތީތަ... މިހާރު ކޭބަލް ޓީވީ ގެ ކަންތައް އޮތީ ކިހިނެެއްބާ...

– 14 އޭޕުރީލު 2014 1