މާހޯރަ 3 އިން މާވަހަރެއް ހޮވައިފި — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

64 ދުވަސް

މާހޯރަ 3 އިން މާވަހަރެއް ހޮވައިފި

18 ޑިސެމްބަރު 2018 0

މާހޯރަ 3 އިން ހޮވި މާވަހަރެއްކަމަށް ބެލެވޭ އެތި.

ކަންނެލި މަސްވެރިކަމަށް ނިކުމެ އުޅުނު އިހަވަންދޫގެ ދޯންޏެއް ކަމަށްވާ މާހޯރަ 3 އިން މާވަހަރެއްކަމަށް ބެލެވޭ އެއްޗެއް ހޮވައިފިއެވެ.

ދޯނީގެ ކެޕްޓަން އިބްރާހީމް ރަޝީދު މި ނޫހަށް މައުލޫމާތު ދެމުން ބުނީ އިއްޔެ ހެނދުނު 10:00 ހާއިރު ހއ. ތުރާކުނާ 30 ވަރަކަށް މޭލު ބޭރުން ހޮވި، މާވަހަރެއްކަމަށް ބެލެވޭ މި އެތީގެ ބަރުދަނުގައި 12 ކިލޯވަރު ހުންނާނެ ކަމަށެވެ.

"އަދި ޓެސްޓެއް ނުކުރަން. ބައެއް ރައްޓެހިންނަށް ފޮޓޯ ފޮނުވީމަ އެބަ ބުނޭ މި މާވަހަރެކޭ. ދެން މާލެ ގޮސް ކަންނެލިކޮޅު ކިރާލައިފަ ޓެސްޓް ހަދާލީމަ ޔަޤީންވާނީ" މި ވަގުތު މާލެ ދިއުމަށް ދަތުރު ކުރަމުންދާ މާހޯރަ 3ގެ ކެޕްޓަން ބުންޏެވެ.

 އިހަވަންދޫގެ މަސްދޯންޏެއް ކަމަށްވާ "އައްޑަނަ" އިން 2015 ވަނަ އަހަރުވަނީ 60 ކިލޯގެ ބަރުދަންހުރި މާވަހަރެއްކަމަށް ބެލެވޭ އެއްޗެއް ހޮވައިފަ އެވެ. ނަމަވެސް ފަހުން މައުލޫމާތު ލިބުނު ގޮތުގައި ހއ. ހަތިފުއްޓާ ދިމާލުން 46 މޭލު ބޭރުން ހޮވި އެ "މާވަހަރު" ޓެސްޓު ހެދެމުންވީ ތެޔޮގަނޑަކަށެވެ.

މާވަހަރު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ