މާދަމާ އިހަވަންދޫގައި ދީނީ ދަރުސްތަކެއް

10 އޮގަސްޓު 2017 0

އިހަވަންދޫ ކައުންސިލާއި އިހަވަންދޫ މަސްވެރިންގެ ގުޅުން އަދި އިހަވަންދޫ ސުކޫލުގެ ޕީޓީއޭ ގުޅިގެން އިންތިޒާމުކުރާ ދީނީ ދަރުސްތަކެއް މާދަމާ އިހަވަންދޫގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ސުކޫލު ދަރިވަރުންނަށް ހާއްސަކޮށްގެން ބާއްވާ ދީނީ ދަރުސް އޮންނާނީ މާދަމާ ރޭގަނޑު 6:45 ގައި އިހަވަންދޫ ސުކޫލުގެ ހޯލުގައެވެ. މި ދަރުސް ދެއްވުމަށް ހަމަޖެހިފައި ވަނީ ޝައިޚް ޢަބުދުﷲ ބިން މުޙައްމަދު އިބްރާހިމް އެވެ. މި ދަރުސް އަށް އިހަވަންދޫ ސުކޫލުގެ ގުރޭޑް 5 އިން މަތީގެ ކުލާސްތަކުގެ ދަރިވަރުންނަށް ވަނީ ދަޢުވަތު އަރުވާފައެވެ.

ރައްޔިތުންނަށް ބާއްވާ ދަރުސް އޮންނާނީ މާދަމާރޭ 8:30 ގައި އިހަވަންދޫ އޯޕަންސްޓޭޖުގަ އެވެ. މިދަރުސް ދެއްވުމަށް ހަމަޖެހިފައި ވަނީ ޝައިޚް މުޖުތަބާ ޙަމީދު އެވެ. 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ