މާދަންނޫން އަނެއްދުވަސް - 5: ޙަޤީޤަތް — Ihavandhoo.com

މާދަންނޫން އަނެއްދުވަސް - 5: ޙަޤީޤަތް

ފަޔާޒުއަށް ސިފަވީ ހަމަ އެއްމަންޒަރެކެވެ. އަޝްރަފުވެސް މަރުވެގެން ވެއްޓިފައި ވަނީ، ހަމަ އެގޮތަށެވެ. ވަޅި އަޅާފައިވެސް ވަނީ ހަމަ އެއްތަންތަނެއްގައެވެ. ފަޔާޒުއަށް ބޮލުގައި ހިފަހައްޓައިލެވުނެވެ. އަދި މަޑުމަޑުން ދެއަތަށް ބޯހޫރާލުމަށްފަހު ބުނެލިއެވެ. "ކޮންމެވެސް ގޯހެއް އެބައުޅޭ..! މިރާޒު ހިނގާ އަހަރެންނާ އެކީ ގައި ދާން.." ފަޔާޒު ސައިކަލަށް އަރާ އިށީއިނެވެ. މިރާޒުވެސް ސުވާލެއް ނެތި ފަޔާޒުގެ ފަހަތަށް އެރިއެވެ.

ފަޔާޒުގެ މިޝްރާބު ހުރީ ކުރިން އައި ދިމާލަށެވެ. ފަންޑިތަ ބޮޑުބެމެންގެ ގެއާ ދިމާލަށެވެ. އެގޭދޮށަށް ދެވުނު އިރު ފަންޑިތަ ބޮޑުބެއާ އެގޮތްނޭނގޭ މީހާ، އެގޭތެރެއަށް ވަންނަނީއެވެ. ފަޔާޒުމެން މަޑުމަޑުން އެގެއާ ދިމާލަށް ހިނގާފައި ދިއައެވެ. ގަސްތަކާ ނިވާވަމުން ގޮސް ގޭގެ އަސްކަނި ކައިރީގައި މަޑުކޮށްލިއެވެ. އޭރު ގޭތެރެއިން ދެމީހުން ވާހަކަ ދައްކާ އަޑު ވަރަށް ސާފުކޮށް އިވެއެވެ.

މިރާޒު އާއި ދެމީހުން އަސްކަނި ކައިރީގައި މަޑުކޮށްލީ އެމީހުންގެ ވާހަކަ ދަކަށް ސަމާލުކަން ދެމުންނެވެ. "ބެއްޔާ! މިރޭވެސް އަހަރެމެންގެ މަގުސަދު ހާސިލެއް ނުވި.. މިކަމުގައި އިތުރު ފިޔަވަޅެއް ނާޅާ ކުރިއަކަށް ނުދެވޭނެ.." ފަންޑިތަ ބޮޑުބެ ބުނާއަޑު އިވުނެވެ.

"ކޮބައިތަ އެމީހުން ހާސިލް ކުރަން ބޭނުންވާ މަގުސަދަކީ މަރާލެވުނީމަ ވެސް ނުފުދެނީތަ.." މިރާޒު ފަޔާޒު ކައިރީ މަޑުމަޑުން ބުނެލިއެވެ. "މަޑުން ހުރެބަލަ.. އަޑު އަހާބަލަ، އެދައްކާ ވަހަކައެއް.." ފަޔާޒު މިރާޒުގެ ގާތުގައި އަޑުމަޑުކުރުމަށް އެދުނެވެ. "ބޮޑުބޭ އަހަރެމެންނަށްވެސް ތަންކޮޅެއް ލަސްވީ މިރޭގެ ކަންތައްތައް ފެށުނުލެއް. އަނެއްކޮޅުން ސީދާ ދިމާކުރާނީ ކާކާކަން ނޭނގޭތީ އަހަރެމެންނަށް އެމީހެއްގެ ސިފަ އެނގުނަސް، އެއްއިސްކޮޅާ ރޫފާގެ ގޮތުން އެއްގޮތް އެތައްބަޔަކުއުޅޭތީ، ސީދާ ކާކުން ނޭނގޭ މައްސަލަ ބޮޑީ..! އެނގިފައިވާ ގޮތުން ދެން ހުންނާނީ އެއްމެ މީހެއް އެއީ އެންމެ ފަހު މީހާ، އޭގެ ފަހުގައި މިކަންތައްތަކަށް ނިމުމެއް އަންނާނީ އެއުޅޭ ރޫޙާނީ އެއްޗެއްގެ މަގުސަދު އަދި އެއްކޮށް ފުރިހަމައެއްނުވޭ.." ބެއްޔާގެ ވާހަކަތަކުގެ ސަބަބުން ފަޔާޒު އާއި މިރާޒުއަށް ވަރުގަދަ ޝޮކެއް ލިބުނެވެ. އެއީ އެމީހުން ދެމީހުންގެ ހީކުރުން ނުބައިވީމައެވެ. ކުއްހީއަކަށް ވީމައެވެ.

"އަދި އެކަކު ހުންނާނޭ އެއީ ކާކުބާ..؟" މިރާޒު މަޑުމަޑުން ބުނެލިއެވެ. "އެރޫހާނީ އެއްޗެއްގެ މަގުސަދަކީ، ކޮބައިބާ؟" ޖަވާބެއްގެ ބަދަލުގައި ފަޔާޒު ވެސް ކުރީ ސުވާލެކެވެ.

"އެއީ ރޫހެއް. އިންސާނެއްގެ ރޫހެއް. އޭތީގެ އެއްމެ ބޮޑު މަގުސަދަކީ، އޭނާގެ މަރުގެ ބަދަލު ހިފުން. ޙަޤީޤަތަކީ، މިހާރު މަރުވަމުން އެދާ، ކޮންމެ މީހަކީ، އެރޫހުގެ ހަގީގީ ފުރާނަ، މިދުނިޔެއާ ވަކިކޮށްލި ނުބައި މީހުންކަން. އަސްލު އެމީހުންނަށް ލިބެމުން އެދަނީ، އެމީހުން ކުށެއްނެތް އިންސާނަކަށް ދީފައިވާ އަނިޔާގެ ބަދަލު. އޭނާ މަރާލައިފާވަނީ ވަރަށް އަނިޔާވެރި ގޮތަކަށް." ބެއްޔާގެ ވާހަކަ ތަކަކީ، ފަޔާޒު ބޭނުންވެގެން އުޅޭ ޖަވާބެވެ.

ޙަޤީޤަތަކީ، ފަޔާޒުއަށްވެސް، ޝައްކުކުރެވޭ، ކަންތައްތަކެއް ހިނގަމުންދާ ކަންތައްގަނޑުގެ ތެރޭގައި އުޅޭ ކަމެވެ. ފަޔާޒުގެ ވިސްނުމާ ފިކުރު ހުރިހާ ދުވަހަކުވެސް، ހުރީ ހަމަ އެމިޝްރާބުގައެވެ. ފަޔާޒުގެ ވިސްނުމުގައި، މިއީ ރޫހާނީ އެއްޗެއް ނުވަތަ ޖިންނިއެއް ކުރާކަމެއްކަމަށް ދެކެމުން ދިޔައެވެ. އަދި އޭނާގެ ޑިޕާޓުމެންޓްގެ ކުރީގެ އިސްވެރިޔާގެ މަރާ ގުޅުމެއް ވާކަން އެނގެއެވެ. އެހެންކަމުން މިހުރިހާ ކަމަކަށް ބަލާ، ފަޔާޒުއަށް ވިސްނުމަށް އައީ، އެންމެ ކަމެކެވެ. ޚިޔާލުކޮށް ވިސްނާލެވުނީ އެންމެ ކަމަކާ، ދޭތެރޭގައެވެ. އެއީ..

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ރެޔަކީ، ވިއްސާރަވެހި ދުނިޔެ މައްޗަށް ތެތްކަން ވެރިވެފައިވާ ރެއެކެވެ. އަޝްރަފު އަދި ފަޔާޒު މަސައްކަތް ކުރަމުން ދިޔައީ، އެމީހުންނަށް ހަވާލުވެފައިވާ މަސައްކަތް ނިންމާލުމަށެވެ. އެހެނީ، އެމީހުންގެ މަސައްކަތަކަށް ވެފައި ވަނީ، ތިޖޫރީ ފަޅާލެވިފައިވާ، ގޮތް ހޯދުމެވެ.

ހިނގާފައިވާ ވައްކަމުގެ ބޮޑު މައްސަލަ ތަހުގީގު ކުރަމުން ދިޔައީ، އަވަދިނެތިއެވެ. މަސައްކަތްތައް ނިންމުމުގެ ކަންތައްތައް ހިނގަމުން ދަނީ ކުރީދުވަހުގެ ރެއިން ފެށިގެންނެވެ. ކޮންމެވެސް ބަޔަކު، ރަށުގެ ކައުންސިލް އިދާރާގެ ދޮރުގެ ޕާސްވޯޑް ހެކުކޮށް، އެދޮރު ހުޅުވުމަށްފަހު އެތަނުގެ ތިޖޫރީ ވަގަށް ނަގާފައިވެއެވެ. ފަހުން ތިޖޫރީ ފެނުނުއިރު، އެތިޖޫރީ ވަނީ، ފަޅާލައިފައެވެ. އަދި މިމަސައްކަތް ބެލުމަށް ހަވާލުވީ، އެވަގުތު ޑިޕާޓުމަންޓުގެ ބޮޑު މީހާގެ ދަށުން މަސައްކަތް ކުރަމުންދާ އަޝްރަފުއާއެވެ.

އަޝްރަފު ވެސް، އަދި ޑިޕާޓުމަންޓްގެ އިސްވެރިޔާއަކީ ވެސް، ނުލާހިކު ހީވާގި ދެބޭފުޅުންނެވެ. އެހެންކަމުން، މަސައްކަތްކުރަމުން ދިޔައީ ނުހަނު ފޯރިއާ އެކުގައެވެ. އިރުކޮޅަކުން އަޝްރަފު ފަޔާޒުއަށް ބުންޏެވެ. "ފަޔާޒު، އަހަރެން އެބަ އަންނަން ގެޔަށް ގޮސްލައިފަ. އަދި މިރޭ ބަތްވެސް ނުކައި މިހުރީ. ފަޔާޒު އެއިރު ކައިގެން ދޯ އައީ؟" އަޝްރަފުގެ ސުވާލަށް ފަޔާޒު ޖަވާބު ދިނީ ވަރަށް ކުރުކޮންނެވެ. "ދޭ ގޮސްލަން. މަގޭ ކައިފިން" އަދި ފަޔާޒު އޭނާގެ މަސައްކަތްތަކުގައި މަސްޢޫލުވިއެވެ.

އަޝްރަފު ގޮސް ވިހިވަރަކަށް މިނިޓްފަހުން ފަޔާޒުއަށް ކޯލެއް އައެވެ. "އޭ ފަޔާޒު ކޮބައި ބޮސް؟" އެކޮޅުން ވާހަކަ ދެއްކީ، އަޝްރަފުއެވެ. "އެބައިން. ކިހިނެއްވީ.؟" ފަޔާޒު އަޝްރަފުގެ ބޭނުން އޮޅުން ފިލުވިއެވެ. "ފަޔާޒު.. ބޮސް ފޮނުވާލަންވީނު ގެއަށް. ރޭވެސް އެއިނީ ނުނިދާ..! މިއަދުވެސް އޮފީހުގަ ހަތަރުދަމު އަދި މިރޭވެސް ގޮސްބުނޭ އަރާމުކޮށްލަން ދާށޭ.." އަޝްރަފު އެކޮޅުން ވާހަކަ ދެއްކީ، އޭނާގެ ބޮސް ގެއަށް ފޮނުވާލަ ދިނުމަށް އެދިއެވެ. "ތެދެއް ތިބުނީ.. އަހަރެން ބުނާނަން.. އެކަމަކު ވަރަށް ހީނުވޭ ދާނެހެން. އެއީ ނުލާހިކު މަސައްކަތުގަ ވަރުހުންނަ ފަހުލަވާނެއް." ފަޔާޒު އޭނާގެ ބޮޑުމީހާއަށް ތަޢުރީފުކުރުމަށްފަހު ފޯނު ބޭއްވިއެވެ.

"ސާރ ގެއަށް ދުރުވަންވީ ނޫންތޯ..! ރޭވެސް ނިދި ނުކުރައްވާ.. އަދި މިއަދުވެސް، އަދި މިރޭވެސް.. ދާންވީނޫންތޯ އަޅުގަނޑު މިކޮޅުގަ މަޑުކުރާނަން.." ފަޔާޒު އޭނާގެ ބޮޑުމީހާއަށް އިޚްތިރާމާއެކުގައި ބުނެލިއެވެ. "ފަޔާޒު.. އަހަރެން ބޭނުންދާންވެސް.. އެކަމަކު މިއީވެސް ރައްޔިތު އެތައްބައެއްގެ ހައްގެއް.. ފަޔާޒު މިކޮޅުގައި މަޑުކުރަންޏާ އަހަރަން ގޮސްލަނީ.." ބޮޑުމީހާ ތެދުވުމުން ފަޔާޒު ހިނިތުންވެލިއެވެ. ބޮސް ނިކުންނަން ދަމުން ފަޔާޒަށް ބަލައިލިއެވެ. އަދި ފަޔާޒުއަށް ގޮވައިލިއެވެ. "ފަޔާޒު ތޭންކްސް އިނގޭ.." ޖަވާބުގައި ފަޔާޒު ހިނިތުން ވެލިއެވެ. އަދި އޭނާގެ ބޮޑުމީހަށް ސަލާމް އެރުވިއެވެ.

- ނުނިމޭ -

މާދަންނޫން އަނެއްދުވަސް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ