މާލޭގައި އުޅޭ ޒުވާނުންނާއި މުސްކުޅިންގެ މެދުގައި ފުޓްބޯޅަ މެޗެއް ކުޅެފި — Ihavandhoo.com

މާލޭގައި އުޅޭ ޒުވާނުންނާއި މުސްކުޅިންގެ މެދުގައި ފުޓްބޯޅަ މެޗެއް ކުޅެފި

 

އައިކްލަބުން އިސްވެ، އުފާވެރި ކުޑަ އީދު ދުވަހާ ގުޅުވައިގެން، މާލޭގައި ދިރިއުޅޭ ޒުވާނުންނާއި މުސްކުޅިންގެ މެދުގައި ފުޓްބޯޅަ މެޗެއް ކުޅުވައިފިއެވެ. މި މެޗް ކުޅުވީ މާފަންނު ޓާފް ދަނޑުގައެވެ.

މެޗް ފެށީ މިރޭ ހަތެއް ޖެހި އިރުއެވެ. ނިންމާލި އިރު އަށްގަޑި ބައި ވެއްޖެއެވެ.

މެޗްގެ ސްކޯއާމެދު މުސްކުޅި ޓީމްގެ ކުޅުންތެރިން ޚިޔާލު ތަފާތުވުން އުފެއްދުމުން، ގިނަ ބަޔަކު އެއްބަސްވާ ގޮތް ކަމަށް ބުނެ، މެޗްގެ ސްކޯކަމަށް އިޢުލާނު ކޮށްފައި ވަނީ ފަސް ލަނޑު ހަތަރު ލަނޑުން ޒުވާން ޓީމް މޮޅުވީ ކަމަށެވެ. އެހެނަސް ޒުވާން ޓީމުން މަޢުލޫމާތު ދެނީ އަށް ލަނޑު ޖެހުނު ކަމަށެވެ.

މެޗުން ޒުވާން ޓީމް މޮޅުވި ކަމުގައި ވިޔަސް، ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ މުސްކުޅި ޓީމު ކަމަށް ގިނަ ބަޔަކު އެއްބަސްވާއިރު، ޒުވާން ޓީމްގެ ފޯވާރޑުން ހިފަހައްޓާލުމުގައި މުސްކުޅި ޓީމަށް ކުރެވުނު މާބޮޑު ކަމެއް ނެތެވެ.

މި މެޗަށް ޓީމް ބެހުމުގައި ވެސް ޚިޔާލު ތަފާތުވުން ބޮޑުވިއިރު، ހަވީރީގޭ ފާއިޒު އާއި ފުރައްދަގޭ ފިރާޒު، ޒުވާނުން ޓީމުގައި ހިމެނުމުން މުސްކުޅި ޓީމުގެ ކުޅުންތެރިން ހިތްހަމަނުޖެހުން ފާޅުކޮށްފައި ވެއެވެ.

މެޗަށް ފަހު ފިނިހިއްޕެވުމަކަށް އިންސާފުކުރެވުނެވެ.

އައިކްލަބު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ