މާއިންއަށް އެހީވުމަށް މާލެއިން އެކަނިވެސް 1.9 ލައްކަ ރުފިޔާ!

31 މާރިޗު 2018 0

ދެ ކިޑްނީ ފެއިލްވެ، އިންޑިޔާގައި ފަރުވާ ހޯދަމުން އަންނަ ހއ އިހަވަންދޫ، މިނާޒް މުހައްމަދު މާއިން މޫސާއަށް އެހީތެރިވުމުގެގޮތުން އިއްޔަ މާލޭގައި ހިންގި ހަރަކާތުން އެކަނިވެސް 192،558.85 (އެއްލައްކަ ނުވަދިހަ ދެހާސް ފައްސަތޭކަ ފަންސާސް އަށްރުފިޔާ އަށްޑިހަ ފަސްލާރި) ލިބިއްޖެއެވެ. މާލޭގެ ހަ ސަރަހައްދެއްގައި ފަންޑު ފޮށި ބަހައްޓައިގެން ހިންގި މިހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ އިއްޔަ ހެނދުނު 6 ޔަކުން ހަވީރު 6 ޔަކަށެވެ. މާލޭގައި ހިންގުނު ކާމިޔާބު މިހަރަކާތް ހިންގުމުގައި މާލޭގައި އުޅޭ އިހަވަންދޫގެ ޒުވާނުންގެ ހަރަކާތްތެރިކަން ފެނިގެންދިޔައެވެ.

އިއްޔަ މާލޭގައި ހިންގި ހަރަކާތާއި ގުޅިގެން މިނޫހާއި ވާހަކަދެއްކި އެހަރަކާތުގެ އިސް އެއް ދަރުމަވެރިޔާ ޝާއިރާ ބުނީ، އިއްޔެގެ ހަރަކާތުން ފެނިގެން އެދިޔައީ އިންސާނިއްޔަތައްޓަކައި މާލޭގައި ދިރިއުޅޭ އިހަވަންދޫގެ ރައްޔިތުން ދެއްކި ރީތި މިސާލެއްކަމަށެވެ. އޭނާ އިތުރަށްބުނީ އިއްޔަގެ ހަރަކާތަށްލިބުނު ކާމިޔާބީގެ ފަހަތުގައިވަނީ ހަރަކާތަށްނިކުތް ޓީމްތަކުގެ ކެރުމާއި ހިއްވަރުކަމަށާއި، ހަރަކާތަށްނިކުތް ޓީމްތަކަށާއި މާއިންއަށް އެހީތެރިވި އެންމެހާ ރަތްޔިތުންނަށް ޝުކުރު އަދާކުރާކަމަށެވެ. އަދި މިއެހީ މާއިންގެ އާއިލާއިން ޝުކުރުވެރިކަމާއިއެކު ބަލައިގަންނަ ކަމަށްވެސް އޭނާ ބުންޏެވެ. ޝާއިރާ އިތުރަށްބުނީ އިންސާނިއްޔަތަށްޓަކައި ކުރެވޭ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމަކީ ހިތަށްލިބޭ ވަރަށްބޮޑު އުފަލެއް ކަމުގައެވެ.

މާއިން އަށް އެހީތެރިވުމުގެ ގޮތުން އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން، އިމަގު މަދަދުގެ ނަމުގައި ހިންގާ މިހަރަކާތްތަކުގެ ދަށުން އިހަވަންދޫގެ ބައެއް ހޮޓާތަކާއި ފިހާރަތަކުގައިވެސް ފަންޑް ފޮށިވަނީ ބަހައްޓާފައެވެ.

މާއިންގެ އާއިލާ މަސައްކަތް ކުރަމުންދަނީ މާއިންއަށް ދާއިމީ ފަރުވާއެއްގެ ގޮތުން ކިޑްނީއެއް ލެއްވުމަށެވެ. އެކަމަށް ކުރަންޖެހޭ ހޭދައަކީ ބޮޑު ހަރަދެއް ހިނގާކަމަށްވުމުން އާއިލާއިން އެދެނީ ދީލަތު އެހީއަކަށެވެ.

މާއިންއަށް އެހީތެރިވެލެއްވުމަށް ބޭނުންވާ ފަރާތްތަކުން 7898999 ނުވަތަ 7644414 ފޯނާއި ގުޅުމަށް އާއިލާއިން އެދެއެވެ. މާއިންގެ ފަރުވާއަށް މާލީ އެހީ ދެއްވުމަށް މާއިންގެ މަންމަގެ 7714523536101 ނަންބަރު ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރެވޭނެއެވެ.

މަދަދު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ