މާތްﷲ ގަންދީ ހުވާކޮށް، ކުރި ހުވާ އުވައިލުމަށްފަހު ދައްކާ ވާހަކަ ރައްޔިތުން ޤަބޫލެއް ނުކުރާނެ: ޖޭޕީގެ ސެކެޓްރީ ޖެނެރަލް — Ihavandhoo.com

މާތްﷲ ގަންދީ ހުވާކޮށް، ކުރި ހުވާ އުވައިލުމަށްފަހު ދައްކާ ވާހަކަ ރައްޔިތުން ޤަބޫލެއް ނުކުރާނެ: ޖޭޕީގެ ސެކެޓްރީ ޖެނެރަލް

11 ޖުލައި 2014 6

އިހަވަންދޫ ދާއިރާގެ ކުރީގެ މަޖްލިސް މެމްބަރު އަހުމަދު އަބުދުﷲ އާއި މުހައްމަދު އަބުދުﷲ ފޮޓައަކަށް ހުއްޓިގެން

އެއްވެސް މީހަކު، މާތްﷲ ގަންދީ ހުވާކޮށް، ކުރި ހުވާ އުވައިލުމަށްފަހު އެކަން އިންޞާފުވެރި ކުރުވުމަށް ރައްޔިތުންގެ ކުރިމަތީގައި ދައްކާ އެއްވެސް ވާހަކައެއް ރައްޔިތުން ޤަބޫލު ނުކުރާނެކަމަށް ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވެއްޖެކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފިއެވެ.

ސަމީރު މިގޮތަށް ވިދާޅުވީ ޖުމްހޫރީ ޕާޓީން ބޮޑު ޚަރަދެއްކޮށް، ގިނަ މަސައްކަތްތަކެއް ކޮށްގެން އިހަވަންދޫ ދާއިރާއަށް އެދާއިރާގެ ރައްޔިތުން އިންތިޚާބުކުރި މުޙައްމަދު އަބްދުﷲ، ޕީޕީއެމްއަށް ސޮއިކުރުމަށްފަހު ދެއްކި ވާހަކަތަކާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން ރޭ ޖުމްހޫރީ ޕާޓީން ނެރުނު ނޫސްބަޔާނުގައި ވަނީ މުހައްމާއަށް އިހަވަންދޫ ދާއިރާގެ ޓިކެޓް ދިނުމަށް ނިންމާފައިވަނީ އެހެނިހެން ކެނޑިޑޭޓުންނެކޭ އެއްފަދައިން، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ ވަޑައިގަތަސް އަދި ނުގަތަސް  އެޕާޓީގައި ދެމި ހުރުމަށާއި، އެ ޕާޓީގެ އަސާސީ ޤަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށާއި، ޕާޓީގެ ޤައުމީ ހިންގާ ކޮމެޓީން ނިންމާ ނިންމުންތަކާއި، އަދި ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާ ނިންމުންތަކާ އެއްގޮތަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވަންދެން ދެމިހުރުމަށް ދެހެކިންގެ ހާޒިރުގައި، މާތް ﷲގެ ކަލާންފުޅުގައި އަތްޕުޅުލައްވައިގެން ހުރެ އެކަލާންގެ ގަންދީ ހުވާކުރައްވާ އިނގިލީގެ ނިޝާން ޖައްސަވައި އެއްބަސްވެ ވަޑައިގެންނެވި އަހުދުކަށަވަރެއް ގެ މައްޗަށްކަމަށެވެ.

ދާއިރާގެ ތަރައްޤީއަށް ޖުމްހޫރީ ޕާޓީގެ ލީޑަރަށް ކޮށްދެއްވޭނެ ކަމެއް ނެތް ކަމަށާއި ދާއިރާ ތަރައްޤީ ކޮށްދެވޭނީ ޕީޕީއެމްއަށް ނުވަތަ ސަރުކާރަށް ކަމަށް، ޕީޕީއެމްއަށް ސޮއެކުރުމަށްފަހު  މުޙައްމަދު އަބްދުﷲ ވިދާޅުވެފައިވުމަކީ އޭނާ ދެއްކެވި ވަރަށް ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށާއި ސަރުކާރު އޮވެ މިސަރުކާރު ހިނގަމުން ދަނިކޮށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިމަތިލައި، ޖުމްހޫރީ ޕާޓީން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށް އެތައް މަސައްކަތްތަކެއް ކޮށްގެން އިންތިޚާބުވިއިރު މުހަންމާއަށް މިއިންތިޚާބު ވެވެނީ ޕީޕީއެމްގެ ތެރެއިން ނޫންކަން ނުއެނގުނުކަމާއިމެދު ހިތާމަކުރައްވާ ކަމަށް ސަމީރު ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ ކަމަކަށް ވިސްނައިލަންވީ ކުރިން ބޭއްވުނީ ކޮން އިންތިޚާބެއްކަން. މަޖިލިސް އިންތިޚާބުކަން ނުވަތަ ރިޔާސީ އިންތިޚާބުކަން. މުހަންމާއަށް އެހެން ބުނެވޭނީ ކުރިން ބޭއްވީ މަޖިލިސް އިންތިޚާބު ކަމަށްވާނަމަ. އަދި އޭނާ މަޖިލީހަށް އިންތިޚާބުވީ މިސަރުކާރު ޤާއިމުކުރެވުމުގެ ކުރިން ކަމަށްވާނަމަ" ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ މިހުރިހައި ކަމަކަށްވުރެ މުހިންމީ އަދި ވިސްނަންޖެހެނީ ކުރިއަށް އޮތް 5 އަހަރު ދުވަހު ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ދެމިހުރުމަށް މާތްﷲ ގަންދީ ކޮށްގެންހުރި ހުވާ އުވާލުމުން ކަމަށެވެ. އަދި އެކަމަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެ ކަމަށެވެ.

"މުހަންމާއަކީ އެންމެ ބޮޑު ހޭދައެއް ކުރަންޖެހުނު އެއް ކެންޑިޑޭޓް. މީހުން އުފުލުމަށް 4 ފްލައިޓު ބާއްވަންޖެހުނު. ނަމަވެސް މިއަދު މިއިން އެއްވެސް ކަމެއް މުހަންމާގެ ހަނދާނުގައި ނެތްނަމަވެސް ރައްޔިތުން މިކަންކަން ހަނދާން އެބެހުރި.” ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރު ޢަބްދުﷲ ރިޔާޟް ވިދާޅުވީ އުއްތަމަ ފަނޑިޔާރު ހުވާ ލައްވަވައި ދެއްވެވުމުން މާތްﷲ ގަންދީ ރައްޔިތުންގެ ކުރިމަތީގައި ހުވާކޮށްގެން ތިބޭ ބައަކު އެމީހުން ކޮށްގެން ތިބޭ  ހުވާ އުވާލުމަކީ ރައްޔިތުން އެކަމަށް ވަރަށް ފުންކޮށް ވިސްނާނެ ކަމެއް ކަމަށެވެ. އަދި އެއީ ހުރިހައި ގޮތަކުންވެސް ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

"މިވާހަކަތައް މީޑިއާތަކުން ދައްކަން ޖެހޭނެ. ރައްޔިތުންނަށް ކަމުގެ ހަޤީޤަތް އަންގައިދޭންޖެހޭނެ. އެއީ މީޑިއާތަކުގެ ޒިންމާއެއް." ކަމަށްވެސް ޢަބްދުﷲ ރިޔާޟް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވި ދެ މެންބަރަކު މީގެ ކުރިންވެސް ވަނީ ޕީޕީއެމްއަށް ސޮއިކޮށްފައެވެ. އެކަމާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވަނީ "މާތްﷲ ގަންދީ ކޮށްގެންތިބި ހުވައާއިމެދު ވިސްނައި ހުވާގެ މައްޗަށް ރުޖޫއަވުމަށް" ގޮވާލައްވާފައެވެ.

މުޙައްމަދު ޢަބްދުﷲ (މުހައްމާ) ޕީޕީއެމް އަށް ސޮއިކުރެއްވުމާއެކު އެޕާޓީއަށްވަނީ 43 ތިންގޮނޑިއާއެކު މަޖިލީހުގެ ސާފު މެޖޯރިޓީ ލިބިފައެވެ.

މުހައްމަދު އަބުދުﷲ, ޖޭޕީ އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މުހައްމާ ރުފިޔާގަނޑެއް ހިތްލާލީ ދޯ..

– 11 ޖުލައި 2014 1

ރީދޫ ޕާޓީ މީހުން ތިހާ ވަރުތިއަރަނީ ކީއްވެތަ

– 12 ޖުލައި 2014 4

މިވީބޮޑު ހިޔާނާތެއް މިއީގައްދާރުވުން އެއައް ވުރެބޮޑު ކަމަކީ ހަތިމުގަ އަތްލާފަ ކުރިހުވާ މިއީ ގަވްމައްްވީ ހިޔާނާތެއް، ދީނައްވީހިޔާނާތެއް، މިއީ ރައްޔިތުންނައް ވީހިޔާނާތެއް

– 12 ޖުލައި 2014 1

ލިބުނު ލާރިގަޑުގަ ރަށުގަ ފިހާރަހުޅުވަނީދޯ

– 12 ޖުލައި 2014 0

ކޮބާ އިހަވަންދޮއައް ގެނާ ވިލާކޮލެޖުގެ ގޮފި

– 12 ޖުލައި 2014 0

ކޮބާހޭ ވިލާކޮލެޖު އިހަވަންދުއައް ގެނާ

– 12 ޖުލައި 2014 0