މަދަރުސަތުލް ޝެއިހް އިބްރާހީމްގެ ފުނަވާގެ މަގު ހެދުމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި. — Ihavandhoo.com

މަދަރުސަތުލް ޝެއިހް އިބްރާހީމްގެ ފުނަވާގެ މަގު ހެދުމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި.

20 އޮގަސްޓު 2014 0

މޯލްޑިވްސް ޕޮލިސް ސަރވީސްގެ ބިޒްނަސް ޕްލޭނުގައިވާ "މުޖުތަމަޢުއަށް ވާސިލުވުން އިތުރުކުރުމާއި، ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، ގުޅުން އިތުރަށް ބަދަހިކުރުން" މި ލަނޑުދަނޑި ހާސިލް ކުރުމަށްޓަކައި، މަދަރުސަތުލް ޝެއިހް އިބްރާހީމްގެ ފުނަވާގެ މަގު ހެދުމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އިއްޔެ ހަވީރު 16:00 އިން 18:00 އަށް ކުރިއަށްދިޔަ މި ހަރަކާތުގައި ހއ. ކެލާ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން، ހއ.ކެލާ ކައުންސިލްގެ އިދާރާއާއި މަދަރުސަތުލް ޝެއިހް އިބްރާހީމްގެ މުދައްރިސުންނާއި ބެލެނިވެރިން ބައިވެރިވިއެވެ. އިއްޔެގެ މަސައްކަތް ނިންމާލިއިރު، ގާތްގަނޑަކަށް 300 ފޫޓް ދިގުމަގެއް ވަނީ ސާފުކުރެވިފައެވެ.

މީގެ އިތުރުން، ސެޕްޓެމްބަރ މަހު ފެށުމަށް ހަމަޖެހިފައިވާ ހއ. ކެލާ ޔޫތުފޯރަމްގެ ނެޓްބޯލް މުބާރާތަށް ފަރިތަކުރުމަށް ބޭނުންވާ ނެޓްބޯލް ކޯޓް ޖެހުމުގެ މަސައްކަތަށްވެސް ފުލުހުންވަނީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ހއ. ކެލާ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ