މަދިރިން ފެތުރޭ ބަލިތަކަށް ހޭލުންތެރިކުރުމުގެ ޕުރޮގުރާމެއް ކުރިއަށް ގެންގޮސްފި — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

04 ދުވަސް

މަދިރިން ފެތުރޭ ބަލިތަކަށް ހޭލުންތެރިކުރުމުގެ ޕުރޮގުރާމެއް ކުރިއަށް ގެންގޮސްފި

29 އޭޕުރީލު 2019 0

މަދިރީގެ ސަބަބުން ފެތުރޭ ބަލިތަކަށް ރައްޔިތުން ހޭލުންތެރިކުރުމާއި އިހަވަންދޫގެ ގެތަކުގައި މަދިރި އާލާވާނެ ގޮތަށް ހުރި ތަންތަން ނައްތާލުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ރައްޔިތުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދިޔަ މިޕުރޮގުރާމު ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެ ހަވީރު 4:00 އިން ފެށިގެން ނެވެ. އިހަވަންދޫ ކައުންސިލް އިދާރާއިން ރަށުގެ މުވައްސަސާތަކާއި ކުލަބު ޖަމިއްޔާތަކާ ގުޅިގެން ހިންގި މިހަރަކާތުގައި އިހަވަންދޫގެ ގެތަކަށް ޒިޔާރަތްކޮށް، މަދިރި އާލާވާގޮތަށް ހުރި ތަންތަން ދެނެގަތުމާއި މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން އިސްލާހު ކުރުމަށް ގޭގެ އަހުލުވެރިންނަށް އެންގުމުގެ އިތުރުން މަދިރީގެ ޒަރީޔާއިން ފެތުރޭ ބަލިތަކާ ގުޅޭ މަޢުލޫމާތު ހިމެނޭ ލީފުލެޓު ބެހުން ކުރިއަށް ގެންގޮސްފައި ވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑެންގީ އަދި ޗިކަންގުންޔާ ފަދަ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ޖެހިގެން ރިޕޯޓުކުރަމުން ދިޔަ ނަމަވެސް އިހަވަންދޫ އަދި ހއ. އަތޮޅުން މިފަދަ ބަލިތައް އެޗްޕީއޭއަށް ރިޕޯޓުކޮށްފައިވާ ނިސްބަތް މަދުކަން ފާހަގަ ކުރެވެއެވެ. 2017 ވަނަ އަހރުތެރޭގައި އިހަވަންދޫގެ ގިނަ ބަޔަކަށް ޑެންގީ ޖެހިފައިވެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ