މައި ކަޕް 2016: ފުރަތަމަ މެޗުގައި ވީ ވަން ސްޕޯޓްސް އަދި ސެންސިޓީ ފޭންސް
މުބާރާތުގައި ވާދަކުރާ ޓީމުތައް ގުރޫޕްތަކަށް ބެހިފައިވާ ގޮތް
މި މަހުގެ 9 ވަނަ ދުވަހުގެ ރޭ އިހަވަންދޫ ހުރަވީ ދަނޑުގައި ފެށުމަށް ހަމަޖެހިފައިވާ މައި ކަޕް 10 ވަނަ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ވީ ވަން ސްޕޯޓްސް އަދި ސެންސިޓީ ފޭންސް ބައްދަލުކުރަން ޖެހިއްޖެއެވެ.
އިހަވަންދޫ މަދަރުސާގެ އޭވީ ރޫމުގައި ރޭ ބޭއްވި މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތުގައި މި އަހަރު މުބާރާތުގައި ވާދަކުރާ 16 ޓީމު ވަނީ 4 ގްރޫޕަކަށް ބެހިފައެވެ. ތިރީގައި މިވަނީ ޓީމުތައް ގުރޫޕްތަކަށް ބެހިފައިވާ ގޮތެވެ.
ގުރޫޕް 1:
ވީ ވަން ސްޕޯޓްސް، ސެންސިޓީ ފޭންސް، އަރާދުވާ، ހޯރަފުށި ޔޫތު ޑިވްލޮޕްމެންޓް ސޮސައިޓީ (ހައިޑްސް)
ގުރޫޕް 2:
އެފްސީ ބޮޑުމަގު، ޖަންގަލް ޑާކް ޕޮއިންޓް، މާރަންދޫ ޔޫތު ސޮސައިޓީ، އަރާދުވާ ކުރިމަގު
ގުރޫޕް 3:
ސެންސިޓީ، އެންވީކޭ، ކުޅިމަގު، މާރަންދޫ ޔޫތު ކޯޕަރޭޝަން
ގުރޫޕް 4:
ކުޅިމަގު ޕްލަސް، ޔުނައިޓެޑް ޔޫތު، ނިކަ ޗެއިން، ނިކަ
ޗެމްޕިއަން ޓީމަށް 75000 ރުފިޔާ އަދި ދެވަނަ ޓީމަށް 25000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެރެއެވެ.
ޚިޔާލު ފައުޅުކުރުން