BREAKING NEWS

↵ ހުވާސް ފިހާރަ ފަޅާލައި ވައްކަން ކޮށްފި

މައި ކަޕް 2016: ގުރުލުން މާދަމާރޭ

3 ޑިސެމްބަރު 2016 0

މައި ކަޕް 9 ވަނަ ފުޓްބޯޅަ މުބާރާތުގެ ތެރެއިން...

އިހަވަންދޫގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ މައި ކަޕް 10 ވަނަ ފުޓްބޯޅަ މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތު މާދަމާރޭ އިހަވަންދޫ މަދަރުސާގެ އޭވީ ރޫމުގައި ބާއްވަން ހަމަޖެހިފައިވާކަމަށް މުބާރާތް އިންތިޒާމުކުރާ ކުލަބު ޕޯލްސްޓަރއިން މައުލޫމާތު ދީފިއެވެ.

ކުރިން މިމަހުގެ 6 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މައި ކަޕް ފުޓްބޯޅަ މުބާރާތް މިހާރު ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގެރެއެވެ. ޖުމްލަ 16 ޓީމުން ވާދަކުރާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 75000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި އަހަރު މައި ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތައް:

ވީ ވަން ސްޕޯޓްސް، އަރާދުވާ، މާރަންދޫ ޔޫތު ސޮސައިޓީ، އެފްސީ ބޮޑުމަގު، އަރާދުވާ ކުރިމަގު، ސެން ސިޓީ ފޭންސް، ސެން ސިޓީ، ޖަންގަލް ޑާކް ޕޮއިންޓް، އެންވީކޭ، ކުޅިމަގު ޕްލަސް، ކުޅިމަގު، ނިކަ ޗެއިން، ނިކަ، މާރަންދޫ ޔޫތް ކޯޕަރޭޝަން، ހޯރަފުށި ޔޫތު ޑިވްލޮޕްމެންޓް ސޮސއިޓީ އަދި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ޔޫތު

މައި ކަޕް ފުޓްބޯޅަ މުބާރާތަކީ އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަލްފާޟިލް މުޙައްމަދު ޢަބްދުﷲ (މުހައްމާ)ގެ އެހީތެރިކަމާއެކު ބާއްވަމުން އަންނަ މުބާރާތެކެވެ.

މައިކަޕް 2016, ކްލަބް ޕޯލްސްޓާރ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ