މައި ކަޕް 2015: ޔުނައިޓެޑް ޔޫތު އަދި މާރަންދޫ ޔޫތު ސޮސައިޓީ ފައިނަލަށް — Ihavandhoo.com

މައި ކަޕް 2015: ޔުނައިޓެޑް ޔޫތު އަދި މާރަންދޫ ޔޫތު ސޮސައިޓީ ފައިނަލަށް

25 ޑިސެމްބަރު 2015 0

ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ޔޫތު އަދި ހޭސް ބައްދަކުރި މެޗުގެ ތެރެއިން. 

މައި ކަޕް 9 ވަނަ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ޔުނައިޓެޑް ޔޫތު އަދި މާރަންދޫ ޔޫތު ސޮސައިޓީ ދަތުރު ކޮށްފިއެވެ.

ޔުނައިޓެޑް ޔޫތު ފައިނަލުން ޖާގައެއް ކަށަވަރު ކުރީ ހޯރަފުށި އެޑްވާންސްމެންޓް ސޮސައިޓީ (ހޭސް) 2 - 0   ން ބަލިކުރުމަށްފަހުއެވެ. އިއްޔެ ހަވީރު ކުޅުނު މިމެޗުގައި ޔުނައިޓެޑް ޔޫތަށް 2 ގޯލުވެސް ޖަހާދީފައިވަނީ މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމު ހޯދި ޔުނައިޓެޑް ޔޫތުގެ ހުސެއިން ރަޝިދު 2، އެވެ.

މާރަންދޫ ޔޫތު ސޮސައިޓީ ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކުރީ ރޭ ކުޅުނު ސެމީފައިލަނުގެ 2 ވަނަ މެޗުގައި 5 – 4 ން މާރަންދޫ ޔޫތު ކޯޕަރޭޝަން ބަލިކުރުމަށްފަހު އެވެ. މިމެޗުގެ ނަތީޖާ ނެރެފައި ވަނީ ޕެނެލްޓީ ޖަހައިގެން ނެވެ. މިމެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމު ހޯދީ މާރަންދޫ ޔޫތު ކޯޕަރޭޝަންގެ ހަސަން 44 އެވެ.

2014 ވަނަ އަހަރު ބޭއްވި މައިކަޕް 8 ވަނަ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ އެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެރޭ 8:15 ގައި މުބާރާތް ކުރިޔަށްދާ އިހަވަންދޫ ހުރަވީ ދަނޑުގައެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 (ފަންސާސް ހާސް) ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.

މައިކަޕް 2015, ޔުނައިޓެޑް ޔޫތު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ