މައިކަޕްގެ ކުއާޓަރ ފައިނަލްގެ މެޗްތައް މިއަދާއި މާދަމާ — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

60 ދުވަސް

މައިކަޕްގެ ކުއާޓަރ ފައިނަލްގެ މެޗްތައް މިއަދާއި މާދަމާ

27 ޑިސެމްބަރު 2017 0

މައިކަޕްގެ މެޗެއް ކުޅެނީ. ފޮޓޯ: މާޖިދު

މުހައްމަދު އަބުދުﷲ (މުހައްމާ)ގެ ވާދައިގެ ތައްޓަށް ކުޅޭ 11 ވަނަ މައިކަޕް މުބާރާތުގެ ކައާޓަރ ފައިނަލްގެ މެޗްތައް މިއަދާއި މާދަމާ ކޫޅޭނެއެވެ. ޖުމްލަ 17 ޓީމް ވާދަކުރާ މިމުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައިވަނީ ބީ.އެސް.އެސް.ސީ، ހައިޑްސް، އުތީމް ކައުންސިލް، އެމް.ޒީ.އައި، ކުޅިމަގު، އެންވީކޭ، ޖަންގަލް އަދި ސެންސިޓީ ފޭންސްއެވެ.

މިއަދު ހަވީރު 16:00 ގައި ފަށާ ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗްގައި ވާދަކުރަނީ ގްރޫޕް 1 އިން އެއްވަނަ ހޯދި މާރަންދޫ ބީ.އެސް.އެސް.ސީ (ބަނޑޭރި ސްޓަރ ސްޕޯރޓް ކްލަބް)  އާއި ގްރޫޕް 2 އިން ދެވަނައަށް ދިޔަ ހޯރަފުށީ ހައިޑްސްއެވެ. މިރޭ 20:00 ގައި ފެށޭ ކުއާޓަރ ފައިނަލްގެ ދެވަނަ މެޗްގައި ވާދަކުރާނީ ގްރޫޕް 3 އިން އެއްވަނަ ހޯދި އުތީމް ކައުންސިލާއި ގްރޫޕް 4 އިން ދެވަނައަށް ދިޔަ މާރަންދޫ އެމް.ޒީ.އައިއެވެ.

މާދަމާ ހަވީރު 16:00 ގައި ފަށާ ކުއާޓަރ ފައިނަލްގެ ތިންވަނަ މެޗްގައި ވާދަކުރަނީ ގްރޫޕް 4 އިން އެއްވަނަ ހޯދި ކުޅިމަގާއި  ގްރޫޕް 3 އިން ދެވަނައަށް ދިޔަ އެންވީކޭއެވެ. މާދަމާރޭ 20:00 ގައި ކުޅޭ ކުއާޓަރ ފައިނަލްގެ ފަހު މެޗްގައި ވާދަކުރާނީ ގްރޫޕް 2 އިން އެއްވަނަ ހޯދި ޖަންގަލްއާއި ގްރޫޕް 1 އިން ދެވަނައަށް ދިޔަ ސެންސިޓީ ފޭންސްއެވެ.

މިމުބާރާތުގެ ސެމީފައިނަލް ކުޅޭނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ. އަދި ފައިނަލް މެޗްކުޅޭނީ އަންނަ އަހަރުގެ ޖެނުއަރިމަހުގެ ފުރަތަމަ ދުވަހުއެވެ. ޗެމްޕިއަންޓީމަށް ޓީމަށް 75000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މިމުބާރާތުގެ ފައިނަލް މެޗްގައި މިފަހަރު ކުޅޭނީ އިހަވަންދޫ ޓީމަކާއި އިހަވަންދޫއަށް ނިސްބަތް ނުވާޓީމެކެވެ.

މައިކަޕް 2017, ކްލަބް ޕޯލްސްޓާރ, ހއ. ހޯރަފުށި, ހއ. އުތީމް, ހއ. މާރަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ