ސަރުކާރު ގަބޫލުނުކުރާކަން މަޖިލީހުން އިޢުލާނުކުރުން، ފެބްރުއަރީ 7 ތަކުރާރުވުން — Ihavandhoo.com

ސަރުކާރު ގަބޫލުނުކުރާކަން މަޖިލީހުން އިޢުލާނުކުރުން، ފެބްރުއަރީ 7 ތަކުރާރުވުން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރީ "ބަޣާވާތަކުން"  ކަމަށްބުނެ ގިނަ އަދަދެއްގެ ބަޔަކު ސޮއިކޮށްފައިވާ ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީއިން މިދިޔަ ހުކުރު ދުވަހު ހުށަހަޅައިފި އެވެ. މަޖީލަހަށް ޕެޓިޝަން ގެންދިޔައީ ތަންޑިޔާތަކުގައި އެލުވައިގެން " އެރެއަށްވުރެ މާބަރޭ" އަންބާ ކިޔަމުންނެވެ. ތަންޑިޔާތަކުގައި ކޮނޑުޖަހައިގެން ތިއްބެވީ އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުންނެވެ. މި ޕެޓިޝަނުގައި ވަނީ ރައީސުލް ޖުމުހޫރިއްޔާގެ ނައިބު މުހައްމަދު ވަހީދު ހަސަން މަނިކު އިސްވެ ހުންނަވައިގެން އިއުލާންކުރެއްވި ސަރުކާރަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ބަޣާވާތެއްގެ ތެރެއިން އުފެދި ޣައިރު ގާނޫނީ ސަރުކާރެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި ޣައިރު ގާނޫނީ ސަރުކާރު ގަބޫލުނުކުރާކަން ރައްޔިތުންގެ މަޖީލީހުން އިޢުލާންކޮށް ދިނުމަށެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމެޓީން، ކޯނީގެ ރިޕޯޓް ވަނީ ކޯނިކޯނިން ދިރާސަކޮށްފަ އެވެ. ކޮމެޓީގައި ސަލާމަތީ ބާރުތަކުގެ ބޭފުޅުން ދައްކަވާފައިވާ ވާހަކަތައް ވަނީ އާއްމުކޮށްފަ އެވެ. އެމްޑީޕީގެ ޖަލްސާއެއްގައި " ބުޅާވަނީ ގޯނިން ނެރެ ދޫކޮށްލާފަ އެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިގޮތް ބެލުމަށް އެކުލަވައިލި ކޮމިޝަން އޮފް ނެޝިނަލް އިންކުއަރީ (ކޯނި)ގެ ހޯދުންތަކާމެދު އަލުން ވިސްނައި އެ ޕޯޓްގައި ނިންމާފައިވާ ނިންމުންތައް ބަދަލުކުރުމަށް ރައީސް ނަޝީދު ވަނީ ހުރިހާ ފަރާތްތަކަށް ގޮވައިލައްވާފަ އެވެ. އަދި ވެރިކަން ބަދަލުވީ "ބަޣާވާތަކުން" ކަން ފޮރުވުމަށް ކޯނިން ކުރި މަސައްކަތުގައި ކޮމަންވެލްތު ވެސް ބައިވެރިވާކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

ކޯނީގެ ރިޕޯޓް ދިރާސާކުރުމުގެ ނަމުގައި ކޮމެޓީން ކުރިކަމަކީ ގައިރުގާނޫނީ އަމަލެއްކަމަށް މެންބަރު ނަޝީދު ވަނީ ބުނެފަ އެވެ. އަދި މިކަމުގައި މަޖިލީހުގެ ރައީސް އެގުމާއި އަމަލުގައި، އެހީތެރިކާމާއި މަދަދުގައި، އެއްބާރުލުންދީފާކަމަށް ބުނެ މެންބަރު ނަޝީދު ވަނީ މަޖިލީހުގެ ރައީސަށް ވަށިވަށިން ދީފަ އެވެ.

މި ހިނގާދާ ކަންތައްތަކާމެދު ސިޔާސީ މާހައުލުގެ ކަންތައްތައް ފިކުރުކޮށް ފައިސަލާކޮށް ވިސްނާމީހުން ދެކޭގޮތުގައި މި ހިނގާނީ ދެކަމެއްގެ ފެށުން ކަމަށެވެ.

އެއީ ރައީސް ވަހީދުގެ އިތުބާރުނެތްކަމުގެ ވޯޓަށް ރައްކާކުރާ ފައްކާކުރުމާއި، ފެބްރުއަރީ 7 އަށް، އެމްޑީޕީ ދޮންކުރާ ޖަޒުބާތުތަކެވެ.

ކޯނީގެ ރިޕޯޓް ދިރާސާކުރާ ކޮމެޓީން ކުރާ ކަންތަކަށް ޞައްހަކަމެއް ނުލިބުނަސް، 2013 ގެ އިންތިހާބުގެ ޖަޒުބާތުގައި މަޖިލީހުގައި ހިމެނޭ ބޮޑެތި ސިޔާސީ ޕާޓީތަކުން، މިހާރު މިއޮތް ސަރުކާރު ގަބޫލުނުކުރާކަން ފާސްކޮށްފިނަމަ، އަދި ރައީސް ވަހީދުގެ އިތުބާރު ނެތްކަމަށް ނިންމައިފިނަމަ 7 ފެބްރުއަރީ ތަކުރާރުވުމަކީ ދުރުކަމެއް ނޫނެވެ.

 

ސޮންދު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ