މާލޭގައި ދިރިއުޅޭ އިހަވަންދޫގެ ޒުވާނުން ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗަކަށް

1 މެއި 2017 0

މާލޭގައި ދިރިއުޅޭ އިހަވަންދޫގެ ޒުވާނުން ހިންގި ހަރަކާތެއްގެ ތެރެއިން. ފޮޓޯ: އިމަގު ފޭންސް ފޭސްބުކު ޕޭޖު

ލިޔުނީ: އަހްމަދު ޝާފިއު

މުޅި ދުނިޔޭގައިވެސް ކުލަގަދަކޮށް ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިވައިގެން، މާލޭގައި ދިރިއުޅޭ އިހަވަންދޫގެ ޒުވާނުން ބައިނަލްއަޤްވާމީ އެކުވެރިކަމުގެ ފުޓްބޯލް މެޗެއް ކުޅުމަށް ނިންމައިފިއެވެ.

މިރޭ 11ޖަހާއިރު ޓާފް ފުޓްބޯލް ދަނޑުގައި ކުޅުމަށް ނިންމާފައިވާ މިމެޗާ ބެހޭ ގޮތުން ވާހަކަދައްކަމުން މެޗް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އަދި މިރޭގެ މެޗްގައި ޓީމުގެ ކެޕްޓަން ބޭންޑާ ހަވާލުވާ މުހައްމަދު ފަޒީލް (މޯޑް) ބުނީ މިއީ މުޅިން ތަފާތު ތަޖުރިބާއަކަށް ވާނެކަމަށް އުއްމީދުކުރާކަމަށެވެ.

މޯޑް ބުނީ އިހަވަންދޫގެ ޒުވާނުން ކުރިއަށް ހުރި ދުވަސްތަކުގައި ރާއްޖޭގެ އެކި ރަށްތަކުންނާއި މާލެއިން ހޮވާލެވޭ ޓީމު ތަކާއެކު ވާދަކުރާނެކަމަށާއި، އެގޮތުން އެސިލްސިލާގެ ތެރެއިން މިރޭގެ މެޗް ކުޅެވިގެންދަނީ މިއަދު ފާހަގަކުރަމުންދާ މޭޑޭއާއި ގުޅުވައިގެން ކަމަށެވެ. އެގޮތުން މިރޭގެ މެޗްގައި ވާދަކުރާ އިދިކޮޅު ޓީމަކީ ރާއްޖޭގައިވެސް އެންމެ ގިނަ އަދަދަކަށް މަސައްކަތްތެރިން ތިބި ބަންގްލަދޭޝްއަށް ނިސްބަތްވާ ޓީމެއް ކަމަށެވެ.

ބަގްލާ ފްރެންޑްސް ޓީމް (ބީއެފްޓީ) އާއެކު މިރޭ މާލޭގައި ދިރިއުޅޭ އިހަވަންދޫ ޒުވާނުންގެ ޓީމު ނިކުންނާނީ މާލޭގައި ތިބި ހުނަރުވެރި ޒުވާން ކުޅުންތެރިންނާއެކު ކަމަށްވެސް މޯޑް ބުންޏެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކެލާ މެޗުގެ ނާކާމިޔާބީ މިރޭގެ މެޗުން ހޯދާ ކާމިޔާބީއާއެކު ހަނދާން ނައްތާލާ، މިކޮޅުގައި އޮތް ޓީމުގެ ހާލަތު ރަނގަޅުކޮށް ކުރިއަށް ހުރި މެޗްތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދުން" މޯޑް ބުންޏެވެ.

މިރޭގެ މެޗްގައި ރެފްރީކަން ކުރާނީ އެފްއޭއެމްގެ ރެފްރީ މުހައްމަދު ޝިހާން (ޝިގީ) އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ