މެލޭޝިޔަން އެއަރލައިންގެ ބޯޓެއް ޔޫކުރޭން ސަރަހައްދަށް ވައްޓާލައިފި

17 ޖުލައި 2014 0

ފުލައިޓު ޓުރެކު ކުރާ ވެބުސައިޓުން، ޔޫކުރޭން ސަރަހައްދުން ފުލައިޓުގެ ދަތުރަށް ހުރަސްއެޅިފައިވާކަން ދައްކާދޭ .

މެލޭޝިޔަން އެއަރލައިންގެ ބޯޓެއް ޔޫކުރެއިން ސަރަހައްދަށް ވައްޓާލައިފި އެވެ. ޔޫކްރޭން އިންޓީރިއާ މިނިސްޓްރީން ބުނާގޮަތުން މެލޭޝިޔަން އެއަރލައިން އެމް.އެޗް. 17، 295 ޕެސެންޖަރުންނާއި އެކު ވައްޓާލާފައި ވަނީ މިސައިލް ހަމަލައަކުން ނެވެ.

ބޯޓު ވައްޓާލި އިރު، ބޯޓު ދަތުރުކުރަމުން ގޮސްފައި ވަނީ، ނެދަލޭންޑްގެ އެމްސްޓެޑަމް އިން ފުރައިގެން މެލޭޝިއާގެ ކުއަލަލަމްޕޫރަށް ދިއުމަށެވެ. ބޯޓުން ދަތުރުކުރި އެންމެން މަރުވެފައިވާކަން މިހާރު ވަނީ ކަށަވަރު ވެފައެވެ. ބޯޓުން ދަތުރުކޮށްފައި ވަނީ 280 ޕެސިންޖަރުންނާއި 15 ކުރޫ މެންބަރުންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ