މަންމައާއި ކުޑަދަރިފުޅު - 6 ވަނަ ހަފުތާ — Ihavandhoo.com

މަންމައާއި ކުޑަދަރިފުޅު - 6 ވަނަ ހަފުތާ

10 އޮގަސްޓު 2013 0

ބަނޑަށް 6 ވަނަ ހަފުތާގައި ދަރިފުޅުގެ ލޯ ކަޅުތިއްކެއްގެ ސިފާގައި ފާހަގަވާނެއެވެ.

ދަރިފުޅު:

ކެއުމަށްދީފައިވާ ފޯލިކުއެސިޑްމަތިން ހަނދާން ނައްތާނުލާށެވެ. އެއްވެސް ހާލެއްގައި އެއީ ކާންދީފައިވާ ގުޅަބޭސްތަކެއްކަމުގައި ހަދާ އެއްލާނުލާށެވެ. ދޫކޮށް ނުލާށެވެ. މިއީ، ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރި އެއްޗެކެވެ. ދަރިފުޅު، ސިކުނޑިއަށް އެހާމެ މުޙިއްމެވެ. އެހާމެ ބޭނުންތެރިއެވެ. ހަށިގަނޑުގެ ތެރޭގައިވާ ޅަފުރާނަ ފުރިހަމަ ސިއްހަތެއްގައި ބޮޑުވުމަށް މަގުފަހިކޮށްދެއެވެ. ނުކުޅެދޭ ކުދިން ލިބުމުގެ ފުރުޞަތު 98 އިންސައްތައަށް ދައްކޮށްދޭކަމުގައި ވެއެވެ.

މިދުވަސްވަރު ދަރިފުޅަށް އަންނާނޭ އެންމެ ބޮޑު އަދި އެންމެ ފާހަގަކޮށްލެވޭނޭ ބަދަލަކީ، ދަރިފުޅުގެ ނޭފަތާއި، އަނގައާއި ކަންފަތް އޭގެ ޠަބީއީ ސިފަޖެހެންފެށުމެވެ. ތިބާގެ ބަނޑުގެ ތެރޭގައިވާ ދަރިފުޅުގެ ބޮލުގެ ސައިޒު ހަށިގަނޑަށްވުރެ ބޮޑުވާނެއެވެ. ސީދާ ލޮލެއްގެ ސިފާގައި ފާޅުނުވިއެއްކަމަކު، ހަންލެވިފައިވާ ކަޅުކުލައިގެ ތިއްކެއް ފާޅުވާނެއެވެ.

ދަރިފުޅުގެ ހިތުގެ ވިންދު ހުންނާނީ މިނިޓަކު 100 ފަހަރާއި 160 ފަހަރާ ދެމެދެވެ. ގާތްގަނޑަކަށް ތިބާގެ ހިތުގެ ވިންދަންވުރެ ދެގުނަ ބާރަށެވެ. ދަރިފުޅުގެ ހަށިގަނޑުގައި ލޭދައުރުކުރަން ފަށަނީވެސް މިދުވަސްވަރުގައެވެ. ދަރިފުޅުގެ އެވަރެޖު ބޮޑުމިންވާނީ 40 މމ އާއި 50 މމ އާއި ދެމެދުގައެވެ. ( މމ * މިލިމީޓަރު)

މަންމަ:

އަޖައިބެއްފަދަ ބަދަލުތަކެއް ތިބާގެ މޫނުމައްޗަށް އަރައި ފައިބަމުންދާނެއެވެ. އެއްދުވަހުގައި ވަރަށް ރުންކުރުވެފައިހުރެދާނެއެވެ. އަނެއް ދުވަހުގައި ވަރަށް އުފާވެރިކަންމަތީގައި ހުރެފާނެއެވެ. ހަމަޖެހޭށެވެ. ހިތްހަމަޖައްސައިލާށެވެ. މިއީ، ތިބާގެ ހަށިގަނޑުގެ ހޯމޯންސްއަށް އަންނަ ބަދަލަކުންވާ ކަމެކެވެ. މިދުވަސްވަރު ތިބާޔަށް އަންނާނީ ހަމައެކަނި ހޯމޯންސް އަށް އަންނަ ބަދަލެއްނޫނެވެ. ތިބާގެ ދިރިއުޅުމަށްވެސް ބޮޑުބަދަލެއް އައުމުގެ ވަގުތު ގާތް ވަމުންދަނީއެވެ.

މިދުވަސްވަރުގައި، ކުޑަކަމުދިޔުމާ ވިއްދާލޭގެ އަސަރުވެދާނެއެވެ. ނިދާގެން ހޭލާ ވަގުތުގައިވެސް މެއެވެ. ހާސްނުވާށެވެ. މިއީ އާއްމުކަމެކެވެ. މިކަމާގުޅިގެން ތަދު އިހުސާސްވުމާއި، ކުޑަކަމުދާއިރު ދިލަނެގުންފަދަ ކަމެއް ނެތްނަމައެވެ. ނަމަވެސް، ވިސްނާށެވެ. ބައެއް ހާލަތުގައި، މިއީ ބޮޑުކަމެއްގެ އަލާމާތެކެވެ. އެކަމާމެދުގައި ވަރަށް ވިސްނަންޖެހޭ ކަމެކެވެ. ދުނިޔޭއެކިކަންކޮޅުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މާބަނޑުވާމީހުންގެ ތެރެއިން، އެވަރެޖުކޮށް 50 މީހަކުން 1 އެއްގެ ދަރިފުޅު، (uterus) ރަހިމުން ބޭރުގައި އަށަގަނެއެވެ. މިގޮތައް ދިމާވަނީ، އެގޮތުން އަންހެނާގެ ބިހާއި ފިރިހެނާގެ ދަރިފަނި ބައްދަލުވާއިރު ސީދާ ރަހިމުގައި ބިސް ހަރުލުމުގެ ބަދަލުގައި، ބިސްރަވަ (Ovary) އިން ރަހިމަށް ބިސްދަތުރުކުރާ ހޮޅީގެ ތެރޭގައި ބިސް ހަރުލުމުންނެވެ. މިކަމަށް، އެކްޓޯޕިކު ޕްރެގުނަންސީ (ectopic pregnancy  ) އޭ ކިޔާއުޅެއެވެ. އަދި މިގޮތަށް ލޭ ފެނުމަކީ، މިކަމުގެ ފުރަތަމަ އަލާމާތެވެ. އެންމެ ރައްކާތެރި ގޮތަކީ، ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމެވެ.

މަންމައާއި ކުޑަދަރިފުޅު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ