މަނަފަރު ރިސޯޓުގެ މުވައްޒަފުންނަށް މެރިޓައިމް ސޭފްޓީ އެވެއަރނެސް ޕްރޮގްރާމެއް ފަށައިފި — Ihavandhoo.com

މަނަފަރު ރިސޯޓުގެ މުވައްޒަފުންނަށް މެރިޓައިމް ސޭފްޓީ އެވެއަރނެސް ޕްރޮގްރާމެއް ފަށައިފި

18 އޮގަސްޓު 2016 0

ޖޭއޭ މަނަފަރު ރިސޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މެރިޓައިމް ސޭފްޓީ އެވެއަރނެސް ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާއިން، ދެ ދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމުގައި އެ ރިސޯޓުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

 މިއަދު މިފެށި ޕްރޮގްރާމުގައި ކަނޑުމަތީގައި ދިމާވާ ހާދިސާތަކާ ގުޅޭ މަޢުލޫމާތާއި އެފަދަ ހާދިސާއެއް ދިމާވެއްޖެނަމަ ޢަމަލު ކުރާނެ ގޮތްތައް ދަސްކޮށްދިނުމުގެ އިތުރުން ސްވިމިންގ އަދި ރެސްކިއު ސްވިމިންގ ކުލާސްތައްވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

މިއީ ޖޭއޭ މަނަފަރު ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުން މެރިޓައިމް ސޭފްޓީއަށް އަހުލުވެރިކުރުމުގެ މަޤްޞަދުގައި ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާގެ އެމްއެންޑީއެފް ކޯސްޓްގާޑުގައި މަސައްކަތްކުރައްވާ ސިފައިންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ