މަންމަން ލޯބި — Ihavandhoo.com

މަންމަން ލޯބި

12 އޮގަސްޓު 2013 0

ފެނުމުން ލޮލަށް ފުރަތަމަ ފަހަރު އަސަރެއް މިހިތަކަށް ނުކުރިޔޭ

ފެނުމުން ދެވަނަ ފަހަރަށް މަގުން ހިތް ހީލިކަރުވާ ގޮތް ވިޔޭ

ތިންވަނަ ފަހަރު ފެނުމުން މަށަށް ހުއްޓުން އަރާގޮތްވެސް ވިޔޭ

ވިންދާ ހިތާ މޭގާ މަގޭ އެއްޗެއް ވިކާހެން ހީވިޔޭ

އަލިގަދަ އެ މޫނަށް ބަލަބަލާ ހުރެވުނު ހަތަރުވަނަ ފަހަރުގައި

ތަލި އަދި ދުލާ ކަރުތެރެ މުޅިން ހިކިގެން ފެނަށް ބޭނުންވިޔޭ

ފަސްވަނަ ފަހަރު ފެނުމާ އެކީ ހިތް މޭތެރޭ އޮބިނޯތުމުން

ރަސްރީތި މިތުރުގެ އަރިހުގައި ހާލަތު ބުނަން ބޭނުންވިޔޭ

ފެނުމުން ހަވަނަ ފަހަރަށް ލޮލަށް ވާވަރު ހިތަށް ބުނެވިއްޖެޔޭ

އެދުމުން ޖަވާބެއް ދެއްވުމަށް ހިނިތުންވެލައިފަ ހިނގައްޖެޔޭ

ހަތްވަނަ ފަހަރު ފެނުމުން އެމާ މިސްކިތްމަގުން ދަނިކޮށް ގެއަށް

އަތްފައި ހިމޭނުން ނޯވެގެން ފަހަތުން އެ އަތުގަ ހިފިއްޖެޔޭ

ބައްދަލުކުރަން އެދުމުން އަނާ ހިނިތުންވެ ބޮލުގެ އިޝާރަތުން

ބައްދަލުވުމަށް ގޭދޮރުމަތިން އެއްބަސްވެ ރުހިފަ ހިނގައްޖެޔޭ

އަށްވަނަ ދުވަހު ނަލަހެދި މަގޭ މުޅި ހަށިގަނޑުގަ ލައިގެން އަތަރު

އަށްގަޑި ބަޔަށް ދިޔައިރު އެމާ ގޭދޮށުގަ ހުއްޓަ ފެނިއްޖެޔޭ

އޮއްސާލުމާ އެކު ލޭފަވެތި ފޮނިފޮނި ޝުޢޫރުގެ ލަފުޒުތައް

އޮއްދާ މަގޭ މުޅި ހަށިގަނޑުން ދެންވީގޮތުން ހިއްލައިފިޔޭ

މިތުރާގެ ހިތުގެ ޝުޢޫރުތައް އެދުމުން ކިޔައިދިނުމަށް ދުލުން

މިތުރާގެ އަރުތެރެއިން ނިކުތް އަޑަކުން ދެލޯ ބޮޑު ވެއްޖެޔޭ

މާފުނުގަވާ އިހުސާސްތަކެއް ބޭރަށް ނެރެން ދިޔަޔަސް އެރޭ

ސާފުވެ ހަޤީޤަތް ނިއުޅުމުން ބިންގަނޑު ދެމޭހެން ހީވިޔޭ

ލަދުގަތްވަރުންނާ ވީދެރައިން އަދި ފަނޑުފުލުންދިޔުމުން ” ޕްލޭން “

ބަދުނާމު ނުވަނީސް ގޭދޮށަށް އާދެވުނު އިރު އަލިވެއްޖެޔޭ

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ