މަރްޙަބާ ލޮބުވެތިވި ކުޑަކުދިން — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

60 ދުވަސް

މަރްޙަބާ ލޮބުވެތިވި ކުޑަކުދިން

9 މެއި 2013 0

 

ލޯބި މަދެން އެންމެވާ       އެންމެ މަދެން ލޯބިވާ

ޤައުމުގެ ކުދިވެރިންނަށް      މަދަދާއެކު ތަޙުނިޔާ

 

ދިވެހިން ޤައުމަށް ކުރާ      އުންމީދާ ގުޅިފަވާ

ތިޔައޭ ޤައުމުގެ ދަރިން      ހީވާގިވި ކުޑަކުދިން

 

ޅަފުރައިގެ އުމުރުފުރާ        ކައްޗާ ގެއްލުނަނުދީ

ވަޤުތަށް ޙުރުމަތް ހިތާ       ކިޔަވާށޭ ތިޔަ ކުދީން

 

ދުވަހޭ މީ ކުޑަކުދީން       އުފަލުން ހިނިތުންވެލާ

ގިނަގުނަ ކުޅިވަރުތަކާ       އެކުގައި ފާހަގަކުރާ

 

ދުވަހުގެ އާ ވިދުވަރާ        އެކުގައިވީ ހިތްވަރާ

ފައްޓާ ޖޯރާ އެކީ          ކިޔަވަން އާ އަޒުމުގާ            

 

ކުރަމާ ކުރަމާ ފިދާ       ދުވަހާ އެކުގާ މިއާ

  މިސްރާބުވެ ހަމަމަގަށް     އިޞްލާޙަށް ނަފްސުތައް

 

ކުރިމަގު އަލިވުން އަދާ      ކުރަމޭ ހެޔޮހާ ދުޢާ

ލޯތްބާއެކު ތިޔަކުދިން        ދުވަހާ ގުޅިގެން މިއާ

 

ލޮބުވެތިވީ ކުޑަކުދީން        ދުވަހަށް ހާސް ތަހުނިޔާ

ތަކުރާރުކޮށް ފަށްފަށުން      ކިޔުމާއެކު ޝުކުރިއްޔާ

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ