މަސްތުވާތަކެއްޗާއެކު އިހަވަންދޫއިން މީހަކު ހައްޔަރު ކޮށްފި — Ihavandhoo.com

މަސްތުވާތަކެއްޗާއެކު އިހަވަންދޫއިން މީހަކު ހައްޔަރު ކޮށްފި

29 މެއި 2019 0

އިހަވަންދޫ ޕޮލިސް ސްޓޭޝަން..

އިހަވަންދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މެއި 27 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނެއްގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗާއެކު އިހަވަންދޫން މީހަކު ހައްޔަރުކޮށްފިއެވެ.

ޕޮލިސް މީޑިއާއިން މަޢުލޫމާތު ދެއްވިގޮތުގައި މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށްގެނައި 21 އަހަރުގެ މީހާ ބަލައިފާސްކުރިއިރު މިމީހާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރޭގައި އޮތް ޝޭންޕޫ ފުޅިއެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 13 ސެލޯފިންކޮޅުވަނީ ފެނިފައެވެ.

މި މައްސަލަ މިހާރު ފުލުހުން ތަހުގީޤު ކުރަމުންދާއިރު އެމީހާގެ ބަންދަށް ހއ. ތުރާކުނު މެޖިސްޓްރޭޓް ކޯޓުން 10 ދުވަސް ޖަހައިދީފައިވާކަމަށް ފުލުސް މީޑިޔާއިން މައުލޫމާތު ދެއްވައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ