މަސްވެރިކަމުން އުފެދޭ ޕްލާސްޓިކް ކުނި ރިސައިކަލް ކުރުމަށް ޕާލޭއާ ހަވާލުކޮށްފި — Ihavandhoo.com

މަސްވެރިކަމުން އުފެދޭ ޕްލާސްޓިކް ކުނި ރިސައިކަލް ކުރުމަށް ޕާލޭއާ ހަވާލުކޮށްފި

17 ޑިސެމްބަރު 2017 0

ރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތުން އުފެދޭ ޕްލާސްޓިކް ކުނި އެއްކޮށް އެ ޕްލާސްޓިކުތައް އަލުން ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ "ޕާލޭ ފޮ ދަ އޯޝަން"އާ ހަވާލުކޮށްފި އެވެ.

ޕާލޭއާ އެމަސައްކަތް ހަވާލުކުރީ ހއ. އިހަވަންދޫގައި ރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ކަނޑަށްއަޅާ ކުނި ރައްކާތެރިގޮތެއްގައި ނައްތާލުމާއި އަލުން ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ޕާލޭއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ރޭ ވަނީ ސޮއިކޮށްފައެވެ.

އެ އެއްބަސް ވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީއެވެ. ޕާލޭ ގެ ފަރާތުން ސޮއިކުރެއްވީ މާވެލް ސިލްކެވެ.

ޕާލޭ ޖަމިއްޔާއިން ދިވެހިރާއްޖޭގައި މަސައްކަތް ކުރާތާ 2 އަހަރު ވެފައިވާއިރު، މިހާތަނަށް 700 ޓަނަށް ވުރެ ގިނަ އަދަދަކަށް އެ ޖަމްއިއްޔާ އިން ވަނީ ޕްލާސްޓިކް ރިސައިކަލްކޮށްފައެވެ.

 

މަސްވެރިންގެ ދުވަސް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ