މައި ކަޕް 2018: ފައިނަލް މެޗަށް ނިކުންނަނީ ވަރަށް އުއްމީދާއެކު – އަކުރަމް — Ihavandhoo.com

މައި ކަޕް 2018: ފައިނަލް މެޗަށް ނިކުންނަނީ ވަރަށް އުއްމީދާއެކު – އަކުރަމް

20 ޑިސެމްބަރު 2018 0

ޖަންގަލް ޓީމުގައި އަކުރަމް އަންނަނީ މޮޅު ކުޅުމެއް ދައްކަމުން. އަކުރަމް ބުނީ މިރޭގެ މެޗަށް އޭނާގެ 100 ޕަސެންޓް ދޭނެކަމަށް.. ފޮޓޯ: އޭއެސްޕީ

ޖަންގަލް ޓީމުން ޖެހިޖެހިގެން ދެވަނަ ފަހަރަށް މައި ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލުމަށް މިރޭ މާރަންދޫ ޔޫތު ސޮސައިޓީއާ ދެކޮޅަށް ނިކުންނަނީ ފުރިހަމަ އުއްމީދާއެކު ކަމަށް ޤައުމީ ކެޕްޓަން އަދި ޖަންގަލް ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އަކުރަމް ޢަބްދުލްޣަނީ ބުނެފިއެވެ.

ފައިނަލް މެޗުގެ ކުރިން "އިހަވަންދޫ.ކޮމް"އާ ވާހަކަ ދައްކަމުން އަކުރަމް ބުނީ މެޗުން މޮޅުވުމަށް ވަރަށް ހިތްވަރާއެކު މަސައްކަތްކުރާނެ ކަމަށާއި އެކަން މިރޭ ދަނޑުމަތިން ފެންނާނެ ކަމަށެވެ. "އަހަރެމެންނަށް އޮތީ މަސައްކަތްކުރުން. ކާމިޔާބު ދެއްވާނީ ﷲ. އިރާދަކުރެއްވިއްޔާ އަހަރެމެން މިކުރާ މަސައްކަތުގަ ކާމިޔާބު މިންވަރު ކުރައްވާނެ" މިރޭ ކެޕްޓަން ބޭންޑު އަޅައިގެން ކުޅޭނެކަމަށްބެލެވޭ ކުޅުންތެރިޔާ ބުންޏެވެ.

މިރޭގެ ފައިނަލް މެޗުގައި ޖަންގަލް ޓީމުން މުޅި އިހަވަންދޫ ތަމްސީލުކުރުމަށް ނިކުންނައިރު ރަށުގެ ހުރިހާ ރައްޔިތުން ޖަންގަލް ޓީމަށް ސަޕޯޓުކޮށްދިނުމަށް ޤައުމީ ކެޕްޓަންވަނީ އެދިފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ