މައި ކަޕް 2015: އެންވީކޭ ކަޓައިފި، ތުރާކުނަށް އިތުރު ހާސްކަން — Ihavandhoo.com

މައި ކަޕް 2015: އެންވީކޭ ކަޓައިފި، ތުރާކުނަށް އިތުރު ހާސްކަން

15 ޑިސެމްބަރު 2015 1

ސެން ސިޓީ އަދި މާރަންދޫ ޔޫތު ކޯޕަރޭޝަން ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ހަމީދު

މައި ކަޕް 9 ވަނަ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ދެމެޗުން ބަލިވެ އެންވީކޭ މުބާރާތުން ކަޓައިފިއެވެ. އަބަދުވެސް މުބާރާތުގެ ގުރޫޕް ސްޓޭޖަށްވުރެއް ދުރަށް ދަތުރުކުރާ އެންވީކޭ މުބާރާތުން ކެޓީ ރޭގެ ފުރަތަމަ މެޗުގައި މާރަންދޫ ޔޫތު ކޯޕަރޭޝަން އަތުން 1-0 ން ބަލިވެގެންނެވެ. މާރަންދޫ ޔޫތު ކޯޕަރޭޝަންގެ މުޙައްމަދު ރަމީޒު 11، މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި މިމެޗުގެ ހަމައެކަނި ލަނޑު މާރަންދޫ ޓީމަށް ކާމިޔާބުކޮށްދިނީ އެޓީމު ޙުސައިން ޝިޔާމް 17، އެވެ.

ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ އައި-ކުލަބާއި ތުރާކުނު އައިލެންޑް ޑިވްލޮޕްމެންޓް ސިސައިޓީ އެވެ. ފޯރިގަދަ ކުޅުމަކަށްފަހު 1-0 ން މެޗު ކާމިޔާބުކުރީ އައި-ކުލަބެވެ. އައި-ކުލަބުގެ ހަމައެކަނި ގޯލް މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މުޙައްމަދު ޝިފާޢު 9، އެވެ. މިމޮޅާއެކު އައި-ކުލަބަށް ކުއާޓަރ ފައިނަލްގެ އުއްމީދު އާވިއިރު ތުރާކުނަށްވަނީ ހާސްކަން ކުރިމަތިވެ ކުއާޓަރ ފައިނަލަށް ދިއުމަށް އިތުރު މަސައްކަތެއް ކުރަން ޖެހިފައެވެ.

ގުރޫޕް 1 ގެ ކޮންމެ ޓީމަކަށް އެއްމެޗު ބާކީ އޮތް އިރު، 4 ޕޮއިންޓާއެކު ގުރޫޕްގެ އެންމެކުރީގައި އޮތް އައި-ކުލަބު އަދި މާރަންދޫ ޔޫތު ކޯޕަރޭޝަންގެ ފަހުމެޗު އެއްވަރުކޮށްލައިގެން ކުއާޓަރ ފައިނަލުން ޖާގައެއް ކަށަވަރު ކުރެވޭނެއެވެ. މި ގްރޫޕްގެ މެޗެއް ދެން އޮންނާނީ މިމަހުގެ 17 ވާ ބުރާސްފައި ދުވަހުއެވެ. އެދުވަހު ހަވީރު އައި-ކުލަބު ނިކުންނާނީ ޕޮއިންޓެއް ނުލިބި މުބާރާތުން ކަޓައިފަވާ އެންވީކޭ އާ ދެކޮޅަށެވެ. އެދުވަހުގެ ރޭ ފުރަތަމަ މެޗުގައި ތުރާކުނު އައިލެންޑް ޑިވްލޮޕްމެންޓް ސޮސައިޓީ ނިކުންނާނީ މާރަންދޫ ޔޫތު ކޯޕަރޭޝަނާއި ދެކޮޅަށެވެ. ކުއާޓަރ ފައިނަލުން ޖާގައެއް ހޯދުމަށް މިމެޗުން ތުރާކުނަށް މޮޅެއް ބޭނުންވާއިރު މިމެޗުން ބަލިވާޓީމެއް މުބާރާތުން ކެޓުމުގެ ފުރުޞަތު އެބައޮތެވެ. އެހެންކަމުން މިމެޗަކީ ފޯރިގަދަ މެޗަކަށްވާނެކަމަށް ޤަބޫލުކުރެވެއެވެ.

މައިކަޕް 9 ވަނަ ފުޓްބޯޅަ މބާރާތުގައި އިއްޔެ ހަވީރު ބައްދަލުކުރީ ގްރޫޕް 4 ގެ ސެން ސިޓީ އަދި މާރަންދޫ ޔޫތު ސޮސައިޓީ އެވެ. 1-1 ން އެއްވަރުވެގެން ނިމުނު މިމެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ސެން ސިޓީ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މަޖުދާން ސޯލިޙް 15، އެވެ. މާރަންދޫ ޔޫތު ސޮސައިޓީއަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އެޓީމުގެ މޫސާ ޚަލީލް 17، ޖަހައިދިން ގޯލަކުންނެވެ.

މި މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާނީ ކުޅުނު ފުރަތަމަ މެޗުން ބޮޑު ތަފާތަކުން ބަލިވެފައި އޮތް އަރާދުވާ ކުރިމަގު އަދި ކޮފަލި އެވެ. މިމެޗުން ބަލިވާ ޓީމެއް މުބާރާތުން ކަޓާއިރު މިރޭގެ ފުރަތަމަ މެޗުގައި އަރާދުވާ އަދި ހޯރަފުށި އެޑްވާންސްމެންޓް ސޮސައިޓީ (ހޭސް) ބައްދަލްކުރާ މެޗުން މޮޅުވާޓީމަކަށް ކުއާޓަރ ފައިނަލުން ޖާގައެއް ލިބުމުގެ ފުރުސަތު ބޮޑެވެ. މިރޭގެ ފަހު މެޗުގައި އެފްސީ ބޮޑުމަގު އަދި ސެންސިޓީ ފޭންސް އެވެ. މިމެޗުން އެފްސީ ބޮޑުމަގު ބަލިވެއްޖެނަމަ މުބާރާތުން ކަޓާނެއެވެ. އަދި ސެންސިޓީ މޮޅުވެއްޖެނަމަ މުބާރާތުގައި އިތުރަށް ކުރިޔަށް ދިއުމުގެ ދޮރު އެޓީމަށް ހުޅުވިގެންދާނެ އެވެ.

މައިކަޕް 2015

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މައިކަޕް ގެ ފެންވަރު އެންއަހަރުން އަނެއް އަހަރަށް އަންނަނީ ދައްވަމުން․․ ސިޔާސީ ބޭނުމަކަށް ބާއްވާ މުބާރާތަކަށް މުބާރާތް ވަނީ ބަދަލުވެފައި․ ފުޓް ބޯޅަ ސިޔާސީ ކުރުމަކީ ފީފާ އެންމެ ރުޅިއަންނަ ކަންތައް ކަމުގައިވީނަމަވެސް މައިކަޕުން ފެނިގެންދަނީ ސިޔާސީ ނާޗަރަންގީތައް․ ކުރިއަށްވުރެ ރެފްރީންގެ ފެންވަރު ދައްވެއްޖެ․ ކުރިއަށްވުރެ ލަނޑުބޯޑުގެ ފެންވަރު ނެތިއްޖެ․ ބޯލް ބޯއީންނަށް ތުއްތު ކުޑަކުދިން ބޭއްތިބުމުގެ ސަބަބުން ދަންވަރުގެ މެޗްތަކުގައި އެކުދިން ތިބެނީ ނިދިފައި․ ހަމައެއް ލަމައެއްނެތި ޓީމްތަކަށް ބައިވެރިވުމުގެ ފުރުޞަތުއޮތުމުގެ ސަބަބުން ޓީމްތަކުގެ ފެންވަރުވަނީ ދައްވެފައި․

– 15 ޑިސެމްބަރު 2015 0